23 ފެބުރުއަރީ 2018 | ހުކުރު | ހިޔަވިހާ 11

ޔުނައިޓެޑާ ގުޅުނީ ހުރިހާ މުބާރާތެއް ކާމިޔާބުކުރަން: ސަންޗޭޒް

  • ސަންޗޭޒް ޔުނައިޓެޑަށް ބަދަލުވީ މި ނިމުނު ފިނި މޫސުމުގެ ޓްރާންސްފާ މާކެޓްގައި
އަހްމަދު ސާއިފް ޝިޔާދް | @Saaif80

| 10 ފެބުރުވަރީ 2018 | ހޮނިހިރު 12:48 | |ސަންޗޭޒް ޔުނައިޓެޑްގެ ޖާރޒީގައި -- ވީޑިއޯ: ރާއްޖެ ޓީވީ

މެންޗެސްޓާ ޔުނައިޓެޑާ ގުޅުނީ ހުރިހާ މުބާރާތެއް ކާމިޔާބުކުރަން ކަމަށް ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް ބުނެފިއެވެ.

ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި މެންޗެސްޓާ ސިޓީއަށް ބަދަލުވާން ސަންޗޭޒް ނިންމި ނަމަވެސް ސިޓީ އިން ހުށަހެޅި މުސާރަ ކުޑަވުމުގެ ސަބަބުން އެފަހަރު އޭނާ އާސެނަލްގައި މަޑުކުރިއެވެ. އެހެން ނަމަވެސް މި ނިމުނު ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގައި އޭނާ ވަނީ އާސެނަލް ދޫކޮށް މެންޗެސްޓާގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ޔުނައިޓެޑަށް ބަދަލުވެފައެވެ.

ޔުނައިޓެޑަށް ބަދަލުވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސަންޗޭޒް ބުނީ މެންޗެސްޓާ ޔުނައިޓެޑަކީ އިނގިރޭސިވިލާތުގެ އެންމެ ބޮޑު ޓީމު ކަމަށާއި އެކަމާއި ދެބަސްވެވެން ނެތް ކަމަށެވެ. ސަންޗޭޒް ބުނީ އޭނާގެ ކެރިއަރުގައި ވަރަށް ބޮޑު ޓީމުތަކަށް ކުޅުމުގެ ފުރުސަތު ލިބުނު ކަމަށާއި އޭގެ ތެރޭގައި އާސެނަލް ވެސް ހިމެނޭ ކަމަށެވެ. އޭނާ ބުނީ ޔުނައިޓެޑްގެ ލޯގޯ އިން ވެސް އެ ޓީމަކީ ހުރިހާ މުބާރާތެއް ކާމިޔާބުކުރަން ޖެހޭ ޓީމެއް ކަން އެނގިގެންދާ ކަމަށެވެ.

ސަންޗޭޒް ބުނީ އާސެނަލް ދޫކޮށްލީ ކުޅުންތެރިއެއްގެ ގޮތުގައި ހާސިލްކުރަން ޖެހޭ ކަންކަން ހާސިލްކުރަން ކަމަށާއި އާ ކްލަބެއް ތަޖުރިބާ ކުރުމުގެ އުއްމީދުގައި ކަމަށެވެ. އޭނާ ބުނީ ޔުނައިޓެޑާ އެކު ހުރިހާ ތަށްޓެއް ކާމިޔާބުކުރަން ބޭނުންވާ ކަމަށާއި ޔުނައިޓެޑްއަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ބޮޑު ޓީމެއް ކަމަށެވެ. އޭނާ ބުނީ ތަށި ހޯދަން ބޭނުންނުވާ ނަމަ އޭނާ ގުޅޭނީ އެހެން ޓީމަކާ ކަމަށެވެ.

ޔުނައިޓެޑްގެ މަޝްހޫރު ހަތް ނަމްބަރު ޖާޒީ ބޭނުންކުރަމުން އަންނަ ސަންޗޭޒް އަންނަނީ އެ ޓީމަށް ބަދަލުވުމަށް ފަހު މޮޅު ކުޅުމެއް ދައްކަމުންނެވެ. މިދިޔަ ހަފްތާގައި ހަޑާސްފީލްޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ ޔުނައިޓެޑަށް ފުރަތަމަ ލަނޑު ޖަހައިދީފައެވެ.

ސްޕެއިންގެ ބާސެލޯނާ އިން 2014 ވަނަ އަހަރު 30 މިލިއަން ޕައުންޑްގެ ފީއަކަށް އާސެނަލް އަށް ބަދަލުވުމަށް ފަހު އެ ޓީމުގައި ސަންޗޭޒް މޮޅު ކުޅުމެއް ދެއްކިއެވެ. މިދިޔަ ސީޒަނުގައި ވެސް 30 ލަނޑާއެކު އާސެނަލްއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔަކީ ސަންޗޭޒްއެވެ. ކުރިޔަށް އޮތް އަހަރުތަކުގައި ޔުނައިޓެޑަށް ކާމިޔާބު ހޯދައިދިނުމުގައި ސަންޗޭޒް މުހިންމު ރޯލެއް އަދާކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް