14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ސިއްހަތު

ކޮންމެ ދުވަހަކު ބޯ ދޮވުން، އެއްގޮތަކަށް ވެސް ކަމުދާ ކަމެއް ނޫން..

  • ހަފްތާއަކު ތިން ފަހަރަށް ވުރެ ގިނަ އިން ބޯ ދޮވުން ރަނގަޅެއް ނޫން
  • މާ ގިނައިން ބޯ ދޮންނަ ނަމަ ބޮލުގެ ގުދުރަތީ އަސްލުކުލަ ގެއްލޭ
އަމިނަތް ނުޒުހާ | Nuzuha

| 10 ފެބުރުވަރީ 2018 | ހޮނިހިރު 10:02 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  5. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  6. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
  7. ވެލެޒިނީ ހައްޔަރު ކޮށްފި
  8. ބަޖެޓްގައި ފްލެޓް މަޝްރޫއުގެ ވާހަކައެއް ނެތް، ސަޕްލިމެންޓަރީ ބަޖެޓަކަށް ވިސްނަނީ!


ކޮންމެ ދުވަހަކު އާދަވެގެން ބޯ ދޮވެ ހަދާ ނަމަ އިސްތަށިގަނޑާއި، އިސްތަށީގެ ބުޑުގައި ހުންނަ ގުދުރަތީ ތެއުކަން ގެއްލިދޭ -- ގޫގުލް

ކޮންެމެ ދުވަހަކު ނުވަތަ ދުވާލު ދެ ފަހަރު ވެސް ބައެއް މީހުން ބޯ ދޮވުގެ އާދަ ގެންގުޅެފާނެއެވެ. ޖެހިޖެހިގެން ދެ ދުވަހު ބޯ ނުދޮވެ ހުންނަން އުނދަގޫ ވެސް ވެދާނެއެވެ. އަދި ކޮންމެ ދުވަހަކު ދޮންނަށް އާދަވެފައި ހުންނަ މީހާއަށް ނުދޮވެ ހުންނަން އިންތިހާއަށް އުނދަގޫ ވެސް ވާނެއެވެ .އެކަމަކު ވެސް ރަނގަޅު ވާހަކައެއް ބުނަން ހެއްޔެވެ؟ އެއީ އެއްގޮތަކަށް ވެސް ކުރަން ރަނގަޅު ކަމެއް ނޫނެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި އެންމެ އަވަހަށް ދޮންނަން ބޭނުން ނަމަވެސް ހަފްތާއަކު ތިން ފަހަރަށް ވުރެ ގިނަ ކުރުން ރަނގަޅެއް ނޫނެވެ. ނޫން ނަމަ ލިބޭ ގެއްލުން ވަރަަށް ބޮޑެވެ.

ކޮންމެ ދުވަހަކު ބޯ ނުދޮންނަންވީ ސަބަބުތައް:

ބޮލުގެ ގުދުރަތީ ތެތްކަން ނެތި ދިއުން

ކޮންމެ ދުވަހަކު އާދަވެގެން ބޯ ދޮވެ ހަދާ ނަމަ އިސްތަށިގަނޑާއި، އިސްތަށީގެ ބުޑުގައި ހުންނަ ގުދުރަތީ ތެތްކަން ގެއްލިދެއެވެ. މި ތެތްކަމަކީ ހަށިގަނޑުން އުފައްދައިދޭ، އިސްތަށިގަނޑަށް ކޮންމެހެން ބޭނުން ތެތްކަމެކެވެ. ކޮންމެ ދުވަހަކު ނުވަތަ ގިނަ އިން ބޯ ދޮންނަ ނަމަ ބޮލަށް ގުދުރަތީ ގޮތުން ލިބެމުން އަންނަ ފަރުވާއަށް ތިޔަ ހުރަސް އަޅަނީއެވެ. ނަތީޖާއަކަށް ވަނީ އިސްތަށިތަކުގެ ބުޑު އަދި އިސްތަށިގަނޑު ހިކި ހަލާކުވުމެވެ. ބަލިކަށިވުމެވެ.

ބޮލުގެ ގުތުރަތީ ކުލަ ގެއްލުން:

މާ ގިނަގިނަ އިން ބޯ ދޮންނަ ނަމަ ބޮލުގެ ގުދުރަތީ އަސްލުކުލަ ގެއްލެއެވެ. ބޮލުގައި ކުލަ ޖަައްސަން ބޭނުންވާ ފަރާތްތަކުންވެސް އެންމެ ރަނގަޅު ގޮތަކީ ހަފްތާއަކު ތިން ފަހަރު ބޯ ދޮވުމެވެ. ބޯ ތަތްވެފައި ހުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެއެވެ. އެހެންނަމަވެސް ހެއަރ އެކްސްޕާޓުން ވިދާޅުވާ ގޮތުގައި، ބޮލުގެ ގުދުރަތީ ތެތްކަމުގެ ސަބަބުން އިސްތަށިގަނޑު ސްޓައިލްކޮށްލަން ފަސޭހަވެއެވެ.

ހަރަދުވެސް ބޮޑުކަމެއް

އާދަވެ ކޮންމެ ދުވަހަކު ބޯ ދޮވެ ހެދުމަކީ ހަރަދު ވެސް ބޮޑު ކަމެކެވެ. ސަބަބަކީ އިސްތަށިގަނޑާ ގުޅޭ މޮޅު ޝޭމްޕޫއެއް ހޯދުމަކީ އުދަގޫ ކަމަކަށް ވެފައި ބްރޭންޑެޑް ޝޭމްޕޫ އަގުބޮޑުވުމެވެ. އަދި ގުޅޭ ކަންޑިޝަނަރތައް ވެސް އެހާމެ އަގުބޮޑުވުމެވެ. ބޯ ދޮވުން މަދުކޮށްލުމުން ޝޭމްޕޫ ޚަރދު ކުޑަވެ ފެނުގެ ޚަރަދު ވެސް ކުޑަވެއެވެ. އެއާ އެކު ކެމިކަލް ފަދަ މާއްދާތައް ބޭނުންކޮށްގެން އުފައްދާފައި ހުންނަ ޝޭމްޕޫ ބޭނުންކޮށްގެން ކޮންމެ ދުވަހަކު ބޯ ދޮވުމުން ބޮލަށް ލިބޭ ފައިދާ އަށް ވުރެ ލިބޭ ގެއްލުން މަ ބޮޑެވެ.

ބޯ ދޮވުމަށްފަހު ހިއްކުން:

ބޯ ދޮވުމަށް ފަހު ހިއްކުމަށް މިހާރު ގިނަ ބަޔަކު ބޭނުންކުރަނީ ހެއަރ ޑްރަޔަރއެވެ. އެކަމުގެ ސަބަބުން އިސްތަށިގަނޑާއި އިސްތަށިތަކުގެ ބުޑަށް ހޫނުވެ ނުހަނު ބޮޑަށް ގެއްލުން ލިބެއެވެ. ނަތީޖާއަކަށް ވަނީ ބޮލުގެ ގުދުރަތީ ތެތްކަން ގެއްލި، އޮފު ކެނޑި އިސްތަށިގަނޑު ހިކިވެ ދެކަފި ވުމެވެ. ހެއާރ އެކްސްޕާޓުން ލަފާދެއްވާ ގޮތުގައި ދުޅަހެޔޮ އިސްތަށިގަނޑަކަށް އެންމެ މުހިންމީ ގުދުރަތީ ކާނާ އާއި އެކު، އިސްތަށިގަނޑު ވެސް ރީއްޗަށް ބެލެހެއްޓުމެވެ. އެކަމަކު ކެމިކަލް އެކުލެވޭ ޝޭމްޕޫ އާއި ކޮންޑިޝަނާ ބޭނުންކޮށްގެން ކޮންމެ ދުވަހަކު ބޯ ދޮވެގެނެއް ނޫނެވެ. ފަރުވާތެރިކަމާ އެކު އިސްތަށިގަނޑަށް ދޭން ޖެހޭ ވަރަށް ސަމާލުކަންދީގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް