19 ޖުލައި 2018 | ބުރާސްފަތި | 05 ފުސް
06 ޛުލްޤަޢިދާ 1439
އިޝާ 19:41
މަޣްރިބް 18:24
އަސްރު 15:38
މެންދުރު 12:16
އިރުއަރާ 06:01
ފަތިސް 04:44

ރާއްޖޭގެ ސިޔާސީ މަސްރަހު

ސިޔާސީ ވެރިންގެ ހަތިޔާރަކަށް އަނެއްކާ ވެސް ދީނާއި ގައުމިއްޔަތުގެ ކާޑު!

 • ދެކޮޅު ޖަލްސާތަކުން ވެސް އިވެނީ ތަކުބީރުގެ އަޑު
 • ދެފަޅީގައި ވެސް ތިބީ އިސްލާމްކަންމަތީ ތިބި ދިވެހިން
 • ދީނަކީ ސިޔާސީ ވެރިންގެ އަތްމަތީ ކާޑެއް
އަލީ ޔޫސުފް | AliYooosuf

| 9 ފެބުރުވަރީ 2018 | ހުކުރު 23:22 | |

މަގުބޫލް

 1. އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި
 2. ފައިރޫޒް ރާއްޖެ ޓީވީ އާއި އަލުން ގުޅިއްޖެ
 3. ޤައުމަށްޓަކައި ކުރައްވާ މަސައްކަތް ނުކުރެއްވޭ ގޮތަށް ބައްޕަ މިނިވަންވާކަށް ނޭދެން: އިމްރާންގެ ދަރިކަނބަލުން
 4. ސަލްމާން ކޫރޫއިންގެ ކުރިމަތީގައި ޖާންވީ ލަދުގަންނަވާލި ގޮތް ކިޔައިދީފި
 5. އެސްއޯ ފުލުހުންތަކެއް އިހަވަންދޫއަށް އަރައި، ހިންގި ހަމަނުޖެހުމެއްގައި ބަޔަކަށް އަނިޔާ ވެއްޖެ
 6. އިމްރާންއާ ޑީލް ހަދަން ސަރުކާރުން މީހަކު ފޮނުވައިފި: މަހްލޫފް
 7. އެސްއޯ ފުލުހުންގެ އަމަލުތަކުން އަނިޔާ ލިބުނު ވެއިޓަރު އިތުރު ފަރުވާއަށް ދިއްދޫއަށް ފޮނުވާލައިފި
 8. ބޮޑުވަޒީރަކަށް ރައީސް ޔާމީން ގެނެސް، ދިގު ދައުރަކަށް ބެހެއްޓިދާނެ: ނިހާން


"މަގޭ ދީނާ މަގޭ ގައުމާ ނުކުޅެއްޗޭ"ގެ ނަމުގައި ޕީޕީއެމުން ބޭއްވި ޖަލްސާ -- ރައީސް އޮފީސް

ދީނާއި ގައުމިއްޔަތަކީ ކޮންމެ ގައުމެއްގައި ވެސް މުހިންމު އެއްޗެކެވެ. ދީނާއި ގައުމިއްޔަތުގެ ނަމުގައި ވަރަށް ގިނަ ގައުމުތަކެއްގައި ބޮޑެތި ހަނގުރާމަތައް ކޮށްފައި ވެއެވެ. މިހާރު ވެސް ބޮޑެތި ހަމަނުޖެހުންތައް ހިނގާފައިވެއެވެ. ދީނީ ސިޔާސަތާއި ގައުމިއްޔަތުގެ ނަމުގައި އާންމު ރައްޔިތުމީހާގެ ސިކުނޑިއަށް ވެރިވެގަތުމަކީ ފަސޭހަ ކަމެކެވެ. އެކަން ސިޔާސީ ފަރާތްތަކަށް ވެސް އެނގެއެވެ. ރާއްޖޭގައި ވެސް މިކަން އޮތީ މިހެންނެވެ. ދީނާއި ގައުމިއްޔަތުގެ ކާޑަކީ ސިޔާސީ ފަރާތްތަކުން ވަރަށް ހާއްސަ ދަނޑިވަޅުތަކުގައި ވަރަށް މޮޅަށް ބޭނުންކުރައްވާ ކާޑެކެވެ. މި ދުވަސްވަރަކީ ވެސް އަނެއްކާ އެ ދެކާޑުގެ ބޭނުން ނުހަނު ފުރިހަމަ ގޮތުގައި ސިޔާސީ ފަރާތްތަކުން ހިފަމުންދާ ދުވަސްވަރެކެވެ.

"މަގޭ ދީނާއި މަގޭ ގައުމާ ނުކުޅެއްޗޭ" ބުނެލާ ކޮންމެ ފަހަރަކު ހިތަށް ޝުއޫރުތަކެއް ވެރިވެގެން ދަނީ އެއީ ކޮންމެހެން ތިމާ މާބޮޑު ދީންވެރިންއަކަށް ނުވަތަ ގައުމިއްޔަތުން ފުރިވެގެންވާ މީހަކަށް ވާތީއެއް ނޫނެވެ. އެއީ އިންސާނާގެ ސިކުނޑި އަށް ގުދަރަތީ ގޮތުން ވެސް އަސަރުކުރުވާ ކަމަކަށް ވީތީއެވެ. އޭގެ ހެއްކަކަކީ ތިމާގެ ވަނާތައް ހާމައަށް ދައްކަމުން ވެސް ދީން ރައްކާތެރިކުރުމަށް ޕޯޑިއަމްތަކުގައި ގޮވާލާ އަޑާ އެކު އަތްތިލަބަޑީގެ އަޑު ގަދަވެގެންދާ ކަމެކެވެ. ސިޔާސީ ވެރިންނަށް މިކަން ވަރަށް ރަނގަޅަށް އެނގެއެވެ.

ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު ރާއްޖޭގެ ސިޔާސީ ތިލަފަތް އެއްކޮޅުން އަނެއްކޮޅަށް ބަދަލުވެގެން ދިޔައިރު ސަރުކާރު ކުޑަކަކޫ މައްޗަށް ޖެހުނު ވަގުތު އެންމެ ބޮޑު ބޭނުމެއް ހިފަން ފެށީ ވެސް ދީނާއި ގައުމިއްޔަތުގެ ކާޑެވެ. ދެގަޑިން ދެގަޑިން ކާ ބޭހެއް ހެން ނިއުސް ކޮންފަރެންސްތައް ބާއްވައި މިވެނި ގޮތަކަށް ވެއްޖެ ނަމަ ރާއްޖެ އިން އިސްލާމް ދީނު ފޮހެވިގެންދާނެ ކަމަށް ބުނެ ސިޔާސީ ވެރިން ވާހަކަ ދައްކަމުން ގެންދިޔައެވެ. ދިވެހިންނަށް ވިސްނައިދެމުން ގެންދަނީ މި ނޫން ސަރުކާރެއް އަތުވެއްޖެ ނަމަ ގާދޫ ކޮލުން އިސްލާމް ދީން ބޭރުވެގެންދާނެ ވާހަކައެވެ.

މި ވާހަކަތައް މި ގޮތުގައި އޮއްވައި އިދިކޮޅު އެންމެ ވަރުގަދަ ލީޑަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓަކާ އެކު ސަރުކާރުގެ ވެރިންނަށް ހީވީ އީދު އައިހެންނެވެ. ރައީސް ނަޝީދުގެ ޓްވީޓުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މިނިވަންކުރުމަށް ބޭރުއެޅުމަށްޓަކައި، އިންޑިޔާގެ އަސްކަރިއްޔާއިން ބެކްކުރާ މަންދޫބަކު ފޮނުވަން ގޮވާލައްވާފައިވެ އެވެ. 

އެ ވާހަކައާ އެކު ސަރުކާރުން އެކަން ތަރުޖަމާ ކުރީ، އަބަދުވެސް ސަރުކާރުން ކަންކުރާ ސްޓައިލްގައި ޓްވިސްޓްކޮށްލައިގެންނެވެ. ސަރުކާރުގެ ތަރުޖަމާއަކީ ރައީސް ނަޝީދު ވިދާޅުވީ ބޭރުގެ ސިފައިން ރާއްޖެ އައިސް ރާއްޖެ އަޅުވެތިކުރުމުގެ ވާހަކައިގެ ގޮތުގަ އެވެ. ސަރުކާރުގެ ސަޕޯޓަރުންނަށް މި ވާހަކަ ކަމުދިޔަ އެވެ. 

ސަރުކާރުން ބާއްވާ ޖަލްސާތައް އަމާޒުކޮށްފައި ވަނީ އިސްލާމް ދީނާއި ގައުމުތަކުގެ ވާހަކައަށެވެ. ދިވެހިންގެ ހިތްތަކަށް އަސަރުކުރާނެ ހެން ދީނޭ ގައުމިއްޔަތޭ ކިޔައިގެން، ދޫހެލޭ ބޭފުޅުން ލައްވައި ދަނީ ވާހަކަ ދައްކަވަމުންނެވެ. މާޒީގައި ގައުމު އަޅުވެތި ދުވަސްތަކުގެ ވާހަކަ ދައްކައި މާތް ﷲ ގެ ކުޅަދުންވަންތަކުމުގެ ވާހަކަތައް ދަނީ ހަނދާން ކޮށްދެމުންނެވެ. ޚުދު ރައީސް އަބްދުﷲ ޔާމީންގެ ވާހަކަފުޅު ވެސް ބައްޓަންކުރައްވަނީ އެފަދަ ގޮތަކަށެވެ. ނަމަވެސް ހަގީގަތަކީ ދީނާއި ގައުމިއްޔަތުގެ ކާޑަކީ ސިޔާސީ ކާޑެއް ކަމެކެވެ. އިދިކޮޅުފައި ވެސް ސަރުކާރުގައި ތިބި ފަދަ ދިވެހި ރައްޔިތުންނެވެ. އިސްލާމްދީން ގަބޫލުކޮށްގެން ތިބި މީހުންނެވެ. ދީނީ އިލްމުވެރިންނެވެ. އިދިކޮޅުގައި ލާދީނީ މީހުން ތިބި ނަމަ ސަރުކާރު ފަޅީގައި ވެސް ފާފަވެރިން އެބަ ތިއްބެވެ. ދެ ފަޅީގައި ވެސް ވަގުން އެބަ ތިއްބެވެ. ތިލަފަތަކުން ކިރާލައިފި ނަމަ ފަހަރުގައި ކޮންމެ ވެސް އެއްފަޅިއަކަށް މީހުން ގިނަ ވެދާނެއެވެ. ނަމަވެސް މާތް ރަސްކަނލާންގެ ކޯފާ ފޮނުއްވަނީ ނުވަތަ ސަވާބާއި އަޒާބު ދެއްވަނީ ޑިމޮކްރަސީގައި އޮންނަ ފަދައިން މެޖޯރިޓީއަކަށް ބަލައިގެންނެއް ނޫނެވެ. ނުވަތަ މާތް ﷲ ވޮޑިގެން ވަނީ އެއިރެއްގައި އޮންނަ ސަރުކާރަކާ އެކުގައި ކަމަށް ބުނުމަކީ ވެސް ހަމަޖެހޭ ކަމެއް ނޫނެވެ.

ޕީޕީއެމްއިން ނުބުނި ނަމަވެސް، ކަންކަން ތަގުދީރުކުރައްވަނީ މާތް ﷲ ކަން އެނގެ އެވެ. ފެބްރުއަރީ 1 އެއީ ރޭވުމެއް ކަމަށްވާ ނަމަ އެ ރޭވުން ރޭވުމުގައި ވެސް ބަޔަކު ވާގި އެދޭނީ ﷲ ގެ ކިބައިންކަން ޔަގީނެވެ. ހަމަ އެހެންމެ ބާރުގެ ބޭނުންކޮށް އެ ރޭވުން ރައީސް ނާކާމިޔާބު ކޮށްލުމުގައި ވެސް ވާގި އެދޭނީ މާތް ﷲ ގެ ކިބައިންކަން އެއީ ނޭނގޭ ކަމެއް ނޫނެވެ. ސުޕްރީމް ކޯޓްގެ އަމުރަށް ތަބާނުވެ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ސުޕްރީމް ކޯޓްގެ ދެ ފަނޑިޔާރުންނާއި ކުރީގެ ރައީސް މައުމޫނު ހައްޔަރުކުރެވުމަކީ ބަޣާވާތް ރޫޅާލެވުން ކަމަށް ގަބޫކުކޮށް، އަދި އެކަން އެގޮތަށް ހިނގީ ﷲ ގެ ތަގްދީރުން ކަމަށް ގަބޫލުކުރާނަމަ، ސުޕްރީމް ކޯޓްގެ އަމުރަކީ ވެސް ތަގުދީރުން މިންވަރުކުރެއްވި ގޮތް ކަމަށް ރައީސް ޔާމީން ގަބޫލުކުރައްވަންޖެހޭނެ އެވެ. 

އެހެންކަމުން ދީނާއި ގައުމުތަކުގެ ކާޑަކީ ވަކި ބަޔަކަށް އޮތް އެއްޗެ ނޫނެވެ. ސަރުކާރާ އެކުގައި ވެސް ތިބީ ދިވެހި ރައްޔިތުންނެވެ. ހަމަ އެފަދައިން އިދިކޮޅުގައި ވެސް ތިބީ ގައުމިއްޔަތު ހިތުތެރޭގައި ކެކިކެކި އަރައި ތިބި ދިވެހިންނެވެ. އިސްލާމްދީނުގެ މަތީގައި ތިބި ދިވެހިންނެވެ. އޭގެ ހެއްކަކީ އިދިކޮޅު އެއްވުންތަކުގައި ވެސް ހޫރަނީ ފެއްސާއި ރަތާއި ހުދުގެ ދިދަ ކަމެވެ. ދުއާކުރަނީ މާތް ﷲ ކަމެވެ. ކިޔަނީ ހަމަ އެ އާޔަތްތައް ކަމެވެ. ގުގުމަނީ ﷲ އަކްބަރުގެ އަޑެވެ. ވަކި ބަޔަކު ވެރިކަމަށް އައުމުން ގާދޫ ކޮލުން ދީން ބޭރުވެ ދިވެހިންގެ ހިތުން ގައުމިއްޔަތު ގެއްލި ބޭރުގެ އަޅުވެތިކަމަށް ދާނެ ކަމަށް ގަބޫލުކުރުމަކީ މޮޔަ ހިޔާލެކެވެ. އިދިކޮޅުގައި ވެސް ތިބީ ވެރިކަން ކޮށްފައި ތިބި ފަރާތްތަކެވެ. އެފަރާތްތަކުގެ ވެރިކަމުގައި ވެސް ދީން ދެއްކީ އިސްލާމްދީން ހިމާޔަތްކުރުމުގެ ވާހަކައެވެ. ގައުމިއްޔަތު ދިފާއުކުރުމުގެ ޝިއާރުތަކެވެ. އެހެންކަމުން ދީނީ ކާޑަކީ ވަގުތީ ކާޑެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް