19 ޖުލައި 2018 | ބުރާސްފަތި | 05 ފުސް
06 ޛުލްޤަޢިދާ 1439
އިޝާ 19:41
މަޣްރިބް 18:24
އަސްރު 15:38
މެންދުރު 12:16
އިރުއަރާ 06:01
ފަތިސް 04:44

ދީޕިކާ ޕަދުކޯން

ދީޕިކާ އޭނާގެ ބައްޕައަށް އާ ކާރެއް ގަނެދީފި

  • ދީޕިކާ އޭނާގެ ބައްޕައަށް ގަނެދިނީ "ސްވެންކީ" އާ ކާރެއް
  • ދީޕިކާ ބުނެފައި ވަނީ އޭނާގެ ބައްޕައަކީ "ލެޖެންޑް"އެއް ކަމަށް
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 9 ފެބުރުވަރީ 2018 | ހުކުރު 11:08 | |

މަގުބޫލް

  1. އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި
  2. ފައިރޫޒް ރާއްޖެ ޓީވީ އާއި އަލުން ގުޅިއްޖެ
  3. ޤައުމަށްޓަކައި ކުރައްވާ މަސައްކަތް ނުކުރެއްވޭ ގޮތަށް ބައްޕަ މިނިވަންވާކަށް ނޭދެން: އިމްރާންގެ ދަރިކަނބަލުން
  4. ސަލްމާން ކޫރޫއިންގެ ކުރިމަތީގައި ޖާންވީ ލަދުގަންނަވާލި ގޮތް ކިޔައިދީފި
  5. އެސްއޯ ފުލުހުންތަކެއް އިހަވަންދޫއަށް އަރައި، ހިންގި ހަމަނުޖެހުމެއްގައި ބަޔަކަށް އަނިޔާ ވެއްޖެ
  6. އިމްރާންއާ ޑީލް ހަދަން ސަރުކާރުން މީހަކު ފޮނުވައިފި: މަހްލޫފް
  7. އެސްއޯ ފުލުހުންގެ އަމަލުތަކުން އަނިޔާ ލިބުނު ވެއިޓަރު އިތުރު ފަރުވާއަށް ދިއްދޫއަށް ފޮނުވާލައިފި
  8. ބޮޑުވަޒީރަކަށް ރައީސް ޔާމީން ގެނެސް، ދިގު ދައުރަކަށް ބެހެއްޓިދާނެ: ނިހާން


ދީޕިކާއާއި އޭނާގެ ބައްޕަ -- ގެޓީ އިމޭޖާސް

ބޮލީވުޑްގެ ތަރި ދީޕިކާ ޕަދުކޯން އޭނާގެ ބައްޕައަށް އާ ކާރެއް ގަނެދީފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދީޕިކާ ދާދި ފަހުން ބުނެފައި ވަނީ އޭނާއަކީ މުޅިދުނިޔެއަށް ސުޕަސްޓާރަކަށް ވެދާނެ ކަމަށާއި އެހެން ނަމަވެސް އޭނާގެ އާއިލާއާ ދޭތެރޭ ބަހައްޓާ ގުޅުމަށް އޭގެ އިން ބަދަލެއް ނާންނާނެ ކަމަށެވެ. ދީޕިކާ ވަނީ އޭނާގެ ބައްޕަ ޕްރަކާޝް ޕަދުކޯން އަށް ދާދިފަހުން  ބެޑްމިންޓަން އެސޯސިއޭޝަން އޮފް އިންޑިއާ އިން ދިން ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހަފްލާއަށް ވެސް ގޮސްފައެވެ.

ޚަބަރުތައް ބުނާ ގޮތުގައި ޕްރަކާޝްއަށް ލިބުނު މި ކާމިޔާބީއާ އެކު އެކަން ފާހަގަ ކުރުމަށް ދީޕިކާ އޭނާގެ ބައްޕައަށް ވަނީ "ސްވެންކީ" އާ ކާރެއް ދީފައެވެ. މީގެ ކުރިން ވެސް ދީޕިކާ އޭނާގެ އާއިލާއަށް އިންޑިއާގެ ބެންގަލޫރުން ފްލެޓެއް ގަނެދީފައިވާ ކަމަށް ވަނީ އަޑުތައް ފެތުރިފައެވެ. ޚަބަރުތައް ބުނާ ގޮތުގައި ދީޕިކާ އޭނާގެ އާއިލާއަށް ފްލެޓް ގަނެދިނީ 40 ކުރޯޑް ރުޕީސްއަށެވެ.  

ދީޕިކާ ބުނެފައި ވަނީ އޭނާގެ ބައްޕައަކީ "ލެޖެންޑް"އެއް ކަމަށެވެ. އޭނާގެ ބައްޕަގެ ފަރާތުން ކާމިޔާބު މީހަކަށް ވުމަށް ދަސްވި ކަމަށާއި ކާމިޔާބީގައި އުޅެންޖެހެނީ ކިހިނެއް ކަން ދަސްވި ކަމަށް ދީޕިކާ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް