21 އޯގަސްޓު 2018 | އަންގާރަ | 12 މާ
10 ޛުލްޙިއްޖާ 1439
އިޝާ 19:31
މަޣްރިބް 18:18
އަސްރު 15:25
މެންދުރު 12:13
އިރުއަރާ 06:01
ފަތިސް 04:48

ފާރިސްގެ މައްސަލަ

ފާރިސްގެ މައްސަލައިގައި ދޮގު ހެކި ބަސް ދިނުމަށް އެދި ރިޝްވަތު ހުށަހަޅާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ

  • ޝާފިއު ކަމަށް ބެލެވޭ މީހާ ހެކި ބަސް ދީފިނަމަ ވަޒީފާ ދޭނެ ކަަމަށް ބުނެފައިވޭ
  • ޕީޕީއެމް އިން ރަގަޅު މަގާމެއް ލިބޭނެ ކަމަށް ބުނެފައިވޭ
  • މިލިއަނެއްގެ ޑީލެއްގެ ވާހަކަ ދައްކާ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 8 ފެބުރުވަރީ 2018 | ބުރާސްފަތި 21:55 | |

މަގުބޫލް

  1. އިބޫއަށް ކުރުނބާ އުފުލައިދިން ޕިކަޕް ޑްރައިވަރަށް ވީގޮތުގެ ވާހަކަ
  2. ސަލާމަތީ ސަބަބުތަކަށްޓަކާ ރައީސްގެ ފްލައިޓުން މެމްބަރު ރިޔާޒު މާލެ ނުގެންނެވި!
  3. އުފަން ރަށުގެ ހޫނު މަރުޙަބާއިން ފައިސަލް އުފަލުން ރޮވިއްޖެ
  4. އަންހެންނަށް ކުޑައިމީސްވާ ފަދަ ބަސްފުޅެއް ރައީސް ޔާމީން ވިދާޅުވެއްޖެ!
  5. އިބޫގެ ބެނަރ ހަރުކުރުމަށް އެޗްޑީސީއާއި ފުލުހުން ހުރަސްއަޅައިފި
  6. އިބޫ ބޫޓާ އެކު ވެންނެވި ތަނަކީ ވީރާނާވާން ދޫކޮށްލާފައިވާ ކުރީގެ މިސްކިތެއް!
  7. ފިޔާތޮށި ކުލަ އެއްވެސް ފަރާތަކަށް ބޭނުން ނުކުރެވޭނޭ ކަމަށް ބުނެފި
  8. ބުދު ގެލެރީ އަދިވެސް ނުނަގާ، އަދިވެސް ބަރާބަރަށް އިޝްތިހާރު ކުރަނީ!


ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ފުލުހުން ހައްޔަރު ކޮށްގެން ގެންދަނީ -- ރާއްޖެއެމްވީ ފޮޓޯ : ފާތިމަތު ޝަނާ މުހައްމަދު

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނުގެ މައްސަލާގައި ދޮގު ހެކި ބަސް ދިނުމަށް މީހަކަށް ރިޝަވަތު ހުށަހަޅާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެއެވެ.

ލީކުވެފައިވާ އޯޑިއޯގައި ބުނަނީ ފާރިސްއާ ދެކޮޅަށް ދޮގު ހެކި ބަސް ހުށަހަޅައިފި ކަމުގައިވާނަމަ، ޕީޕީއެމްގެ އިސް ސަފުގައި ގުނާލެވޭ ވަރުގެ މީހަކަށް ވެގެންދާނެ ކަމަށެވެ.

"އަބްދުއްރަހީމްގެ ވެސް އެކި ކޮޅުތައް ހުންނާނެ. އަހަރެމެންނަަށް އެއްވެސް ޕްރޮމިސްއެއް ނުދެވޭނެ ރަށުކޮޅުގައި ވަރުގަދަ ކުރާކަށް. އެކަމަކު އަހަރެމެންނަށް މިކޮޅުގައި މީހެއްގެ ގޮތުގައި ވަރުގަދަ ކުރެވިދާނެ (ބެލެވެނީ ލަންކާ ކަމަށް). މިއީ މަށާ މުންދުއާ ދެ މީހުން ނަގާ ޑިޒިޝަނެއް. ކެމްޕެއިންގައި އެއް ލީޑާރަޝިޕެއް. އަހަރެމެންގެ އިންނާނެ ފަސް ޖަގަހަ. އެއީ ދިވެހިން ދިރިއުޅޭ އެންމެ ވަރުގަދަ ފަސް ސަރަހައްދު،" އޯޑިއޯގައި ބުނެފައިވެއެވެ.

އޯޑިއޯގައި ވަނީ ސަރުކާރުން، ހެކި ހުށަހަޅާނެ ކަމަށާއި ހެކި ހުށަހެޅި ނަމަވެސް ގާޒީއަށް ވެސް ހެކި ދެނީ ކާކުކަން ވެސް ނޭނގޭނެ ކަމަށެވެ.

"މީގެ އިންނަނީ ސަރުކާރުގެ ފަރާތުން ވެސް ހެއްކެއް ހުށަހަޅަމޭ. ދައުލަތުގެ ފަރާތުން ހެކި ހުށަހަޅަމޭ. އެގޮތުގެ މަތިން ހުށަހަޅަނީ ބަޔާން ދިނުމަށް ވަކި ބަޔަކު ގެންނާށޭ. މީތި އަހަރުން ކުރާނީ ވެސް ދަންވަރު ފްލައިޓަށް. އޭރުން ދަންވަރު މިކަންތައް ކުރެވޭނެ،" އޯޑިއޯގައި ވާހަކަދައްކާ ފަރާތުން ބުނެއެވެ.

މިކަން ކުރަނީ ޓޫރިޒަމް މިނިސްޓަރުގެ ބެލުމުގެ ދަށުން ކަމަށް ވެސް އޯޑިއޯގައި ބުނެއެވެ.

މިކަން މިގޮތަށް ކޮށްފިނަމަ، ލަންކާ އެމްބަސީން 3000 ޑޮލަރުގެ މަހު މުސާރައާ އެކު ޕްރައިވެޓް ކާރެއްވެސް ހަމަޖައްސައިދޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި ޑިޕްލޮމެޓިކް ޕާސްޕޯޓް ވެސް ލިބޭނެ ކަމަށް ބުނެފައިވެއެވެ.

މި އޯޑިއޯގައި ހެކި ބަސް ދޭނެ ގޮތާއި، ރިޝްވަތުގެ ގޮތުގައި ހިފާނެ ވަރާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކޮށްފައިވެއެވެ. އެގޮތުން ފަސް ލައްކަ އާއި އެއް މިލިއަނަށް ވެސް ހެދިދާނެ ކަމަށް އޯޑިއޯގައި ވާހަކަ ދެއްކި ފަރާތުން ބުނެފައިވެއެވެ.

ބެލެވޭ ގޮތުގައި މި އޯޑިއޯގައި ރިޝްވަތު ދިނުމަށް ވާހަކަ ދައްކާފައި ވަނީ ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ އަހުމަދު ޝާފިއު އާއެވެ. އަދި އޭނާއާ މިވާހަކަތައް ހިއްސާކުރަނީ މަންތު ނަމަކަށް ކިޔާ މީހެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި މަސައްކަތްކުރާ މީހެކެވެ.

މީގެ ކުރިން ރާއްޖެއެމްވީއަށް އަހުމަދު ޝާފިއު ދިން އިންޓަރވިއުއެއްގައި އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ޕެޓިޝަނުގައި ސޮއިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެފައެވެ.

އެ ދައުވާގެ ލިޔެކިޔުންތަކުގައި ބުނާ ގޮތުގައި ފާރިސް ރިޝްވަތު ދެއްވީ އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އިބްރާހިމް (ގާރީ) އަށެވެ.

އަހުމަދު ރަޝީދު އެދިވަޑައިގެންނެވީ ފާރިސް ވިދާޅުވެގެން ތިން ލައްކަ ރުފިޔާ ހަވާލުކުރި ކަމަށް ބުނެ ޝާފިއު ބަޔާން ދިނުމަށެވެ. ޝާފިއު ބުނާ ގޮތުގައި އެއީ ކަނޑައެޅިގެން ދޮގެކެވެ. އެގޮތަށް އަހުމަދު ރަޝީދު ބަޔާން ދެއްވީ ކުރިމަތިވެވަޑައިގެންނެވި ޕްރެޝަރުގެ ސަބަބުން ކަމަށް ޝާފިއު ގަބޫލުކުރެއެވެ.

މި މައްސަލައާ ގުޅިގެން ޖުލައި މަހުގެ 4 ވަނަ ދުވަހުގެ ރޭ ޝާފިއު ހައްޔަރުކުރިއެވެ. އެހެންނަމަވެސް އޭނާ ބަންދުގައި ބަހައްޓަންޖެހޭ ވަރުގެ ހެއްކެއް ހުށަހެޅިފައިނުވާ ކަމަށް ބުނެ އޭގެ ފަސް ދުވަސް ފަހުން، ޖުލައި މަހުގެ 9 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލިއެވެ. ކްރިމިނަލް ކޯޓުގެ އަމުރު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ހުކުމް ކޮށްފައިވަނީ ޝާފިއު ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: މުޙައްމަދު ޒާހިރު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް