22 މެއި 2018 | އަންގާރަ | 03 ރޯނު

ކުރީގެ ރައީސް މުހައްމަދު ނަޝީދ

އިންޑިއާ އަކީ އިސްތިއުމާރު ކުރާނެ ބައެއް ނޫން، ކަންކަން ހައްލު ކުރާނެ ބައެއް: ނަޝީދު

  • 1988 ވަނަ އަހަރު އިންޑިއާ ސިފައިން ރާއްޖެ އައިސް އެ މައްސަލަ ހައްލު ކުރުމަށް ފަހު އެނބުރި ދިޔައީ ކަމަށް ވިދާޅުވި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 7 ފެބުރުވަރީ 2018 | ބުދަ 12:12 | |ކުރީގެ ރައީސް މުހައްމަދު ނަޝީދު -- އޭޕީ

އިންޑިއާއަކީ އިސްތިއުމާރު ކުރާނެ ބައެއް ނޫން ކަމަށާއި ކަންކަން ހައްލު ކުރާނެ ބައެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ބުދަ ދުވަހުގެ ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އުފެދިފައިވާ މައްސަލަތައް އެތެރެއިން ހައްލު ކުރަން ބުނުމަކީ އިތުރަށް ގޯސް ހެދުން ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ހާލަތު ގޯސްވެގެން ދާނެ ކަމަށެވެ.

މިހާރު ރާއްޖެ އަށް ކުރިމަތިވެފައިވާ މައްސަލަ ހައްލުކުރުމުގައި އިންޑިއާގެ އެހީތެރި ކަމަށް މީގެ ކުރިން ވެސް ގޮވާލައްވާފައިވާ ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ދާހިލީ ކަންކަމުގައި އިންޑިއާގެ ދައުރު ރާއްޖެއިން ނަގަނީ ރަނގަޅު ގޮތުގައި ކަމަށެވެ. އަދި 1988 ވަނަ އަހަރު އިންޑިއާ ސިފައިން ރާއްޖެ އައިސް އޭރު އޮތް މައްސަލަ ހައްލު ކުރުމަށް ފަހު އެނބުރި ދިޔައީ ކަމަށާއި ރާއްޖެ އިން އިންޑިއާ އަށް ބަލަނީ އެހެން ވެގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އޭރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިންޑިއާ ސިފައިންގެ އެހީތެރިކަން ވަނީ ލިބިފައެވެ. 

 

ރައީސް ނަޝީދު ކުރިން ކުރެއްވި ޓްވީޓެއްގައި ވަނީ އަސްކަރިއްޔާއާ އެކު އިންޑިއާގެ މަންދޫބެއް ރާއްޖެ އައުމަށް ގޮވާލައްވާފައެވެ. އަދި އެމެރިކާ ބޭންކްތަކުން ރާއްޖެއާ ދެމެދު ހިންގާ ހުރިހާ މާލީ މުއާމަލާތުތަކެއް ހުއްޓާލުމަށް ވެސް ގޮވާލައްވާފައި ވެއެވެ. ރައީސް ނަޝީދު މިކަން ކަމަށް ގޮވާލައްވާފައި ވަނީ ދިވެހި ރައްޔިތުންގެ ނަމުގައެވެ.

 މީގެ އިތުރުން އަންގާރަދުވަހު ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން މަސައްކަތް ކުރައްވަނީ އެންމެހާ ދިވެހި ރައްޔިތުން އަނދަވަޅަކަށް ވައްޓާލުމަށް ކަމަށާއި ރައްޔިތުންނަށް ބިކަ ހާލު ދިމާވާނެ އެންމެހާ ގޮތްތަކަށް އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް