21 އޯގަސްޓު 2018 | އަންގާރަ | 12 މާ
10 ޛުލްޙިއްޖާ 1439
އިޝާ 19:31
މަޣްރިބް 18:18
އަސްރު 15:25
މެންދުރު 12:13
އިރުއަރާ 06:01
ފަތިސް 04:48

ސުޕްރީމް ކޯޓު އަމުުރު

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

 • 15 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު
 • ރައީސްގެ ނިންމުން އިއުލާންކުރެއްވީ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ
 • ސްޓޭޓް އޮފް އެމަޖެންސީގައި ވެސް ބައެއް މާއްދާތައް ސަސްޕެންޑެއް ނުކުރެވޭނެ
ޙުސައިން ޙަސަން | hucenhassan

| 5 ފެބުރުވަރީ 2018 | ހޯމަ 20:00 | |

މަގުބޫލް

 1. އިބޫއަށް ކުރުނބާ އުފުލައިދިން ޕިކަޕް ޑްރައިވަރަށް ވީގޮތުގެ ވާހަކަ
 2. ސަލާމަތީ ސަބަބުތަކަށްޓަކާ ރައީސްގެ ފްލައިޓުން މެމްބަރު ރިޔާޒު މާލެ ނުގެންނެވި!
 3. އުފަން ރަށުގެ ހޫނު މަރުޙަބާއިން ފައިސަލް އުފަލުން ރޮވިއްޖެ
 4. އަންހެންނަށް ކުޑައިމީސްވާ ފަދަ ބަސްފުޅެއް ރައީސް ޔާމީން ވިދާޅުވެއްޖެ!
 5. އިބޫގެ ބެނަރ ހަރުކުރުމަށް އެޗްޑީސީއާއި ފުލުހުން ހުރަސްއަޅައިފި
 6. އިބޫ ބޫޓާ އެކު ވެންނެވި ތަނަކީ ވީރާނާވާން ދޫކޮށްލާފައިވާ ކުރީގެ މިސްކިތެއް!
 7. ފިޔާތޮށި ކުލަ އެއްވެސް ފަރާތަކަށް ބޭނުން ނުކުރެވޭނޭ ކަމަށް ބުނެފި
 8. ބުދު ގެލެރީ އަދިވެސް ނުނަގާ، އަދިވެސް ބަރާބަރަށް އިޝްތިހާރު ކުރަނީ!


ސިފައިން -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ގާނޫނުއަސާސީގެ ބޭނުން ކެނޑިގެންދާނެ ކަމަށް ގަބޫލު ކުރެވިގެން ކަމަށް ބުނެ، މުޅި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު 15 ދުވަހަށް ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވައިފިއެވެ.

ދައުލަތުގެ މީޑިއާ މެދުވެރިކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރެވެ. 

ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުގައި ގާނޫނުއަސާސީގެ 20 މާއްދާއަކުން ރައްޔިތުންނަށް ކަށަވަރުކޮށް ދޭ ހައްގުތަކާއި މުއައްސަސާތަކަށް ލިބިގެންވާ ބާރުތައް ވަނީ ހިފަހައްޓާފައެވެ. ހިފަހައްޓާފައިވާ ހައްގުތަކުގެ ތެރޭގައި ޒާތީ ދިރިއުޅުމުގެ ހައްގާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާއި އެއްވެ އުޅުމުގެ ހައްގާއި ސުޕްރީމް ކޯޓުގެ ބާރުތައް ހިފެހެއްޓުން ހިމެނެއެވެ.

ކުއްލި ނުރައްކަލުގެ ގަރާރުން ހިފެހެއްޓި މާއްދާތައް:
މާއްދާ 24: ޒާތީ ދިރިއުޅުން
މާއްދާ 29: މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިނިވަންކަން
މާއްދާ 31: ހަޅުތާލުކުރުމުގެ ހައްގު
މާއްދާ 32: އެއްވެއުޅުމުގެ މިނިވަންކަން
މާއްދާ 43: އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައްއެޅުން
މާއްދާ 44: ޝަހްސީ ޒިންމާ
މާއްދާ 45: ގާނޫނާ ހިލާފަށް ހައްޔަރުނުކުރުމާއި ބަންދުނުކުރުން
މާއްދާ 46: ހައްޔަރުކުރުމާއި، ބަންދުކުރުމުގެ ބާރު
މާއްދާ 47: ހިފެހެއްޓުމާއި ފާސްކުރުމާއި މުދާ އަތުލުން
މާއްދާ 49: ކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަންކުރުން
މާއްދާ 50: އަވަހަށް މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރުން
މާއްދާ 56: އިސްތިއުނާފުކުރުމުގެ ހައްގު
މާއްދާ 58: ބަދަލު ލިބިދިނުން
މާއްދާ 65: ހައްލުހޯދުމަށްޓަކައި ދައުވާކުރުމުގެ ހައްގު
މާއްދާ 99: ރައްޔިތުން މަޖިލީހަށް މީހުން ހާޒިރުކުރުން
މާއްދާ 100: ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުން
މާއްދާ 101: ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓް
މާއްދާ 113: ސުޕްރީމްކޯޓުގެ ނިންމުން
މާއްދާ 228: ޕްރޮސިކިއުޓާ ޖެނެރަލް މަގާމުން ވަކިކުރުން
145 ވަނަ މާއްދާގެ (ނ): ގާނޫނުއަސާސީ އާއި ގާނޫނު މާނަކުރުމުގައި، އަދި ށަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމްކޯޓުން ނިންމާ ނިންމުމަކީ އެންމެފަހުގެ ނިންމުން

މިއީ ރައީސް ޔާމީންގެ ވެރިކަމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ދެ ވަނަ ފަހަރެވެ. 

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު 48 ގަޑިއިރުގެ ތެރޭގައި އެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ. ގާނޫނުއަސާސީގެ 257 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާ ވަގުތަކީ މަޖިލީހުގެ ދައުރެއް ހިނގަމުންނުދާ ވަގުތެއް ނަމަ ބަންދު ދުވަސްތައް ވެސް ހިމަނައިގެން ސާދަ ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް އެއްކޮށް އެ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް