19 ޖުލައި 2018 | ބުރާސްފަތި | 05 ފުސް
06 ޛުލްޤަޢިދާ 1439
އިޝާ 19:41
މަޣްރިބް 18:24
އަސްރު 15:38
މެންދުރު 12:16
އިރުއަރާ 06:01
ފަތިސް 04:44

ކެންސަރު

ކެންސަރުގެ 8 ބާވަތް ދެނެގަނެވޭ ލޭގެ ޓެސްޓެއް އީޖާދު ކޮށްފި

  • މި ޓެސްޓުގެ ސަބަބުން ބަލީގެ އަލާމާތް ފެނުމުގެ ކުރިން ބަލި ދެނެގަނޭވެނެ ކަމަށް ސައިންސްވެރިން ބުނޭ
ރާއްޖެ އެމްވީ | raajje.mv

| 22 ޖެނުއަރީ 2018 | ހޯމަ 14:13 | |

މަގުބޫލް

  1. އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި
  2. ފައިރޫޒް ރާއްޖެ ޓީވީ އާއި އަލުން ގުޅިއްޖެ
  3. ޤައުމަށްޓަކައި ކުރައްވާ މަސައްކަތް ނުކުރެއްވޭ ގޮތަށް ބައްޕަ މިނިވަންވާކަށް ނޭދެން: އިމްރާންގެ ދަރިކަނބަލުން
  4. ސަލްމާން ކޫރޫއިންގެ ކުރިމަތީގައި ޖާންވީ ލަދުގަންނަވާލި ގޮތް ކިޔައިދީފި
  5. އެސްއޯ ފުލުހުންތަކެއް އިހަވަންދޫއަށް އަރައި، ހިންގި ހަމަނުޖެހުމެއްގައި ބަޔަކަށް އަނިޔާ ވެއްޖެ
  6. އިމްރާންއާ ޑީލް ހަދަން ސަރުކާރުން މީހަކު ފޮނުވައިފި: މަހްލޫފް
  7. އެސްއޯ ފުލުހުންގެ އަމަލުތަކުން އަނިޔާ ލިބުނު ވެއިޓަރު އިތުރު ފަރުވާއަށް ދިއްދޫއަށް ފޮނުވާލައިފި
  8. ބޮޑުވަޒީރަކަށް ރައީސް ޔާމީން ގެނެސް، ދިގު ދައުރަކަށް ބެހެއްޓިދާނެ: ނިހާން


ލޭގެ ޓެސްޓެއް ހެދުމަށް ސާމްޕަލެއް ލޯޑު ކުރަނީ -- ބްލޫމްބާރްގް

އަށް ބާވަތުގެ ކެންސަރު ދެނެގަނެވޭ ލޭގެ އައު ޓެސްޓެއް އީޖާދު ކޮށްފިއެވެ.

"ކެންސަރސީކް" ގެ ނަން ދީފައިވާ މި ޓެސްޓުން، ކެންސަރު ސެލްތަކުން ލޭގެ ތެރެއަށް ފޮނުވާ ޑީއެންއޭ ދެނެގަނެވޭ ކަމަށް މި ޓެސްޓުގެ ދިރާސާތައް ކުރި ފަރާތުން ހާމަކޮށްފައިވެއެވެ. މީގެ އެހީގައި އޯވޭރިއަން، ލިވަރ، ސްޓޮމަކް، ޕެންކްރިއެޓިކް، އީސޮފީޖަލް، ބަވަލް، ލަންގް، ބްރެސްޓް ކެންސަރ ދެނެގަނެވޭނެއެވެ.

އަލަށް އީޖާދު ކުރި ޓެސްޓުގެ އެހީގައި ކެންސަރުގެ އެއްވެސް އަލާމާތެއް ނުފެންނަނީސް ބަލީގެ ވަރަށް ކުރީކޮޅު ބަލި ހުރިކަން ދެނެގަތުމަށް މަގު ފަހިވާނެއެވެ. އެހެން ކަމުން ބައްޔަށް ފަރުވާކުރުމަށް ވަރަށް ބޮޑުތަން ފަސޭހަ ވެގެން ދާނެ ކަމަށް ވެސް ދިރާސާ ކުރި ފަރާތުން ހާމަކޮށްފައިވެއެވެ.

މިހާތަނަށް ބައެއް ބާވަތުގެ ކެންސަރަކީ ބަލީގެ އަލާމާތްތައް ފެނުމުގެ ކުރިން ދެނެގަނެވޭ އެއްޗެއް ނޫނެވެ. މީގެ އިތުރުން ބައެއް ބާވަތުގެ ކެންސަރ ސްކްރީނިންގ އަކީ ހަށިގަނޑަށް އެހާ ލުއި ގޮތަކަށް ކުރެވޭ ކަމެއް ވެސް ނޫނެވެ.

މި ޓެސްޓަކީ ކޮލެސްޓްރޯލް ފަދަ ޓެސްޓުތައް ހެދުމަށް ލޭ ޓެސްޓް ކުރާ އިރު ހެދިދާނެ ޓެސްޓެކެވެ. ނަމަވެސް ކްލިނިކް ތަކުގައި ޓެސްޓް ހެދޭވަރަށް ޓެކްނޮލޮޖީ ފުރިހަމަ ކުރުމަށް އަދިވެސް އަހަރު ތަކެއް ނަގާނެ ކަމަށް ވެއެވެ.

ޖޯން ހޮޕްކިން ޔުނިވަސިޓީ އާޢި އޮސްޓްރޭލިއާގެ ވޯލްޓަރ އެންޑް އެލީޒާ ހޯލް އިންސްޓިޓިއުޓްގެ ސައިންސްވެރިން ގުޅިގެން އީޖާދު ކުރި މި ޓެސްޓުގެ މައުލޫމާތު ޝާއިއު ކޮށްފައިވަނީ މިހިނގާ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ސައިންސް މަޖައްލާގައެވެ.

އަލަށް އީޖާދު ކުރި މި ޓެސްޓުގެ އަޖުމަ ބެލުމުގެ މަސައްކަތްތައް އެމެރިކާގައި ކުރިއަށް އެބަދެއެވެ. މި ގޮތުން އެތައް ހާސް ބަޔަކަށް އަޖުމަ ބެމުމުގެ ޓެސްޓް ހެދުމުގެ ފުރުސަތު ވަނީ ތަނަވަސް ކޮށްދީފައެވެ.

ޓެސްޓުތައް ހެދުމަށް ފަށައިގަންނަ އިރު ޓެސްޓުގެ އަގަށް ހާހެއްހާ ޑޮލަރު ވާނެ ކަމަށް ވަނީ ލަފާ ކުރެވިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް