23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ދިވެހިބަހުގެ ބައިތައް

ދިވެހިބަހުގެ ބައިތައް

  • ދިވެހިބަސް އެކުލެވިގެން ވަނީ 8 ބައެއްގެ މައްޗަށް
އަހްމަދުﷲ ޖަމީލް | adjameel

| 17 ޖެނުއަރީ 2018 | ބުދަ 11:28 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ދިވެހިބަސް އެކުލެވިގެން ވަނީ 8 ބައެއްގެ މައްޗަށް -- ރާއްޖެއެމްވީ ފޮޓޯ : އަހްމަދުﷲ ޖަމީލް

(މިއީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 2004 ޖުލައިގައި ޗާޕުކޮށް ނެރިފައިވާ "ދިވެހި ބަހުގެ ޤަވާޢިދު 1،2،3،4" އިން ނަގާފައިވާ ލިޔުމެކެވެ.)

 

ދިވެހިބަހުގެ ބައިތައް

ދިވެހިބަސް އެކުލެވިގެން ވަނީ 8 ބައެއްގެ މައްޗަށެވެ. ބަސްތައް ބައިބަޔަށް ބެހެނީ ޖުމްލައިގައި އެލަފުޒެއް، ކޮށްދޭ މަސައްކަތަކާ ގުޅޭ ގޮތުންނެވެ. އެބައި ތަކަކީ:

  1. ނަން
  2. ކަން
  3. ނަންއިތުރު
  4. ކަންއިތުރު
  5. މަސްދަރު
  6. ނަން އިތުރުގެ ނަން
  7. އިތުރު
  8. އަކުރު
  1. ނަން
    ނަމަކީ އެބަހަކުން އެއީ މީހެއްކަން، ތަނެއްކަން، ނުވަތަ އެއްޗެއްކަން، އަންގައިދޭ ކޮންމެ ބަހެކެވެ.
    މިސާލު: ބުޅާ، ހުސައިން، ކަމަނަ، ފޮތް، މަގު، އަތިރިމަތި.
  2. ކަން
    ކަމަކީ ވޭތުވެދިޔަ ޒަމާނުގައި ހިނގައިފައިވާ ކަމެއް، ނުވަތަ މިހާރު ހިނގާކަމެއް، ނުވަތަ އަންނަން އޮތް ޒަމާނުގައި ހިނގާނެ ނުވަތަ ހިނގާފާނެ ކަމެއް ދޭހަކޮށްދޭ ކޮންމެ ބަހެކެވެ.
  3. މިސާލު: ބުނެފި، ހިނގައްޖެ، ކަނީ، ކުޅެނީ، ދާނެ، އަންނާނެ، މޮލުވެދާނެ، ޖަހާފާނެ.
  4. ނަންއިތުރު
    ނަންއިތުރަކީ، ނަމަކަށް އިތުރު ސިފައެއް، ނުވަތަ ބަޔާނެއް، ގެނެސްދޭ ކޮންމެ ބަހެކެވެ.

މިސާލު: ރީތި މަންޒަރެއް، ހަރުދަނާ މީހެއް، ކުޑަ ކުއްޖެއް، ބޭނުންތެރި ފޮތެއް.

މި މިސާލު ތަކުގައި "މަންޒަރެއް"، "މީހެއް"، "ކުއްޖެއް"، "ފޮތެއް"، މިއިން ކޮންމެ ލަފްޒަކީ ނަމެކެވެ. އެނަން ތަކަށް އިތުރު ސިފަތަކެއް ނުވަތަ އިތުރު ބަޔާންތަކެއް ގެނެސްދެނީ ރީތި، ހަރުދަނާ، ކުޑަ، ބޭނުންތެރި މިބަސްތަކެވެ. ވީމާ މިއިން ކޮންމެ ބަހަކީ ނަންއިތުރެކެވެ.

  1. ކަންއިތުރު
    ކަންއިތުރަކީ، ހިނގި، ހިނގާ، ހިނގާނެ، ނުވަތަ ހިނގާފާނެ ކަމަކަށް އިތުރު ސިފައެއް ނުވަތަ ބަޔާނެއް ގެނެސްދޭ ކޮންމެ ބަހެކެވެ. މިސާލު: މަޑުން ފަލިޖަހައިފި، މީރުކޮށް ކައްކައިގެން، ބާރަށް ދުވަމުން، އަވަހަށް އަންނާނެ.
    މި މިސާލުތަކުގައި "ފަލިޖަހައިފި"، "ކައްކައިގެން"، " ދުވަމުން"، " އަންނާނެ"، މި އިން ކޮންމެ ބަހަކީ ކަމެކެވެ. އެކަންތައް އިތުރު ސިފައެއް ނުވަތަ އިތުރު ބަޔާނެއް ގެނެސްދެނީ، މަޑުން، މީރުކޮށް، ބާރަށް، އަވަހަށް، މިބަސްތަކެވެ. ވީމާ މިއިން ކޮންމެ ބަހަކީ ކަންއިތުރެކެވެ.
  2. މަސްދަރު
    މަސްދަރަކީ، ކަން އުފެދުމުގެ އަސްލެވެ. މިސާލަކަށް: އައުން، ކިޔުން، ނެށުން މިއެވެ.
    މިތިން މަސްދަރަކީ، އާދޭއޭ، ކިޔައޭ، ނަށައޭ، މިކަންކަން އުފެދުމުގެ އަސްލެވެ.
  3. ނަންއިތުރުގެ ނަން

ނަންއިތުރުގެ ނަމަކީ، ނަންއިތުރަކުން އުފައްދާފައިވާ ނަމަކެވެ. މިސާލަކަށް: ހޫނުކަން، އަލިކަން، ރީތިކަން މިއެވެ.
މިތިން ބަހަކީ "ހޫނު"، "އަލި". "ރީތި"، މިތިން ނަންއިތުރުން އުފައްދާފައިވާ ތިންންމެކެވެ.

  1. އިތުރު
    އިތުރަކީ، ނަންއިތުރަކަށް ނުވަތަ ކަންއިތުރަކަށް އިތުރު ސިފައެއް ނުވަތަ ބަޔާނެއް ގެނެސްދޭ ކޮންމެ ބަހެކެވެ.
    މިސާލަކަށް: ވަރަށް، ހާދަ، ނުހަނު، ނުލާހިކު.

            އޭނާއަކީ ވަރަށް ރަނގަޅު މީހެކެވެ.

            ރޮކެޓަކީ ހާދަ ބާރަށް ދަތުރުކުރާ އެއްޗެކެވެ.

            ޔޫސުފަކީ ނުހަނު އިޚްލާސްތެރި ކުއްޖެކެވެ.

            އަހަރެން އޭނާއަށް ނުލާހިކު ސާފުކޮށް ކިޔައިދިނީމެވެ.

އެއްވަނަ ޖުމްލައިގައި "ވަރަށް" ދޭހަކޮށްދެނީ އޭނަގެ ހުރި ރަނގަޅު ކަމުގެ ދަރަޖައެވެ. ތިންވަނަ ޖުމްލައިގައި "ނުހަނު" ދޭހަކޮށްދެނީ ޔޫސުފުގެ ހުރި އިޚްލާސްތެރި ކަމުގެ ދަރަޖައެވެ. މި ދެ ޖުމްލައިގައި "ވަރަށް، ނުހަނު" މިދެބަސް ކޮށްދޭ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް