16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

ޖެނުއަރީގައި މިލާންއަށް އެއްވެސް ކުޅުންތެރިޔަކު ނުގެންނާނެ

  • މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި މިލާންއިން އެ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން 194 މިލިއަން ޔޫރޯ ހޭދަކުރި
  • މި ސީޒަން ފެށުމުގެ ކުރިން އެ ޓީމާއި އައު 11 ކުޅުންތެރިޔަކު ގުޅުނު
  • މިލާން މިވަގުތު އޮތީ އިޓާލީއަން ސެރީއޭގެ 11 ވަނައިގައި

| | 13 ޖެނުއަރީ 2018 | ހޮނިހިރު 01:29 | @Saaif80 | |



މި ސީޒަނުގެ ފުރަތަމަ އެގާރައިގެ ގޮތުގައި މިލާންއިން ބޭނުންކުރަމުން އަންނަ ޓީމު -- ފޮޓޯ:އޭޕީ

މިހާރު ހުޅުވިފައިވާ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓުގައި އިޓަލީގެ އެންމެ ކާމިޔާބު ކްލަބް ކަމަށްވާ އޭސީ މިލާންއަށް އައު ކުޅުންތެރިޔަކު ނުގެންނާނެ ކަމަށް އެ ކްލަބުން ހާމަކޮށްފިއެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި މިލާންއިން އެ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން 194 މިލިއަން ޔޫރޯ ހޭދަކޮށް އައު 11 ކުޅުންތެރިޔަކު ގެނައެވެ. އެގޮތުން ޕޯޗުގަލްގެ އުއްމީދީ ފޯވާޑް އަންދަރޭ ސިލްވާ އާއި ޔުވެންޓަސްއަށް ކުޅުނު އިޓަލީގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އެ ޓީމަށް ގެނައީ ބޮޑު އަގު ދިނުމަށްފަހުއެވެ. މި ޚަރަދުތަކާއެކު ވެސް އެ ޓީމަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މިކަމާއި ގުޅިގެން އެ ޓީމަށް އަންނަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން އެ ޓީމުގެ ސްޕޯޓިން ޑައިރެކްޓަރު މަސިމިލިއާނޯ މިރަބެލީ ބުނެފައިވަނީ ޔޫރަޕުގެ އެކި ގައުމުތަކުގައި ކުޅެމުން އަންނަ ކުޅުންތެރިން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި އެހެން ނަމަވެސް ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގައި އެއްވެސް ކުޅުންތެރިޔަކު އެ ޓީމަށް ނުގެންނާނެ ކަމަށެވެ. އޭނާ ބުނީ އެ ޓީމު ދޫކޮށް ބައެއް ކުޅުންތެރިން އެހެން ޓީމުތަކަށް ބަދަލުވާނެ ކަމަށާއި އޭގެތެރޭގައި ހިމެނޭނީ ޓީމުން ގަވާއިދުން ފުރުސަތު ނުލިބޭ ކުޅުންތެރިން ކަމަށެވެ.

އޭނާ ބުނީ 11 ކުޅުންތެރިން ގެނައުމަށްފަހު 12 ވަނަ ކުޅުންތެރިޔަކު މި މަހުގެ ތެރޭގައި ގެނައުން ވެގެންދާނީ ބުއްދިވެރިކަމަކަށް ނޫން ކަމަށާއި މިދިޔަ ޓްރާންސްފާ މާކެޓުގައި އެ ޓީމަށް ގެނައި ކުޅުންތެރިންނާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. ޓީމު އިތުރަށް ވަރުގަދަ ކުރަންޖެހޭނަމަ އެކަން ކުރަން ވަގުތު އެބައޮތް ކަމަށްވެސް މިރަބެލީ ބުނެފައިވެއެވެ. އޭނާ ބުނީ އެއްވެސް ކުޅުންތެރިޔެއްގެ ސޮއި ހޯދުމަށް ބޮޑު ފީއެއް އެ ޓީމުން ހުށަހެޅިކަމަށް ގަބޫލުނުކުރާ ކަމަށާއި ކުޅުންތެރިން ވިއްކާލައިގެން ފައިދާ ވެސް ހޯދޭނެ ކަމަށެވެ.

އޭނާ ބުނީ ގިނަ ކުޅުންތެރިން އަދިވެސް ޓީމަށް ނުހޭނޭ ކަމަށާއި އެހެން ނަމަވެސް އޭނާ ގަބޫލްކުރަނީ ހުރިހާ ކުޅުންތެރިންނަކީ ވެސް މިލާންއަށް ކުރިމަގުގައި ރަނގަޅު ނަތީޖާތަކެއް ހޯދައިދޭނެ ކުޅުންތެރިން ކަމަށެވެ. ކުޅުންތެރިން ގެނައުމުގެ އިތުރުން ޓީމުގައި ތިބި މުހިންމު ކުޅުންތެރިންގެ ކޮންޓްރެކްޓް ވެސް އައުކޮށްފައިވާނެ ކަމަށް ވެސް މިރަބެލީ ހާމަކުރިއެވެ. އޭނާ ބުނީ ޒުވާން ކުޅުންތެރިންނަށް ޓީމުން ފުރުސަތު ލިބޭ މިންވަރު އިތުރުވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އެ ޓީމުގެ ކޯޗުކަށް ނިމިގެންދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އައްޔަނުކުރި އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޖެނާރޯ ގަޓޫސޯގެ މަސައްކަތާއި މެދު ހިތްހަމަޖެހޭ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މި ސީޒަނުގައި މިލާން ކުޅުނު 20 މެޗުގެ ތެރެއިން އެ ޓީމު މޮޅުވީ އެންމެ އަށް މެޗުންނެވެ. ދެ މެޗުން ބަލިވިއިރު ބާކީ އަށް މެޗުން ބަލިވީއެވެ. މިވަގުތު އެ ޓީމު އޮތީ އިޓާލިއަން ސެރީއޭގެ ޕޮއިންޓް ތާވަލުގެ 11 ވަނައިގައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް