16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

ޕެޓްރޯލް އަޅާފައި ހުރި ކޮތަޅުތަކެއް އެމްޑީޕީ ހަރުގެއަށް އުކައިފި

  • ޕެޓްރޯލް ކޮތަޅުތައް އުކާފައިވަނީ އިރުއޮއްސި 6 ޖަހަން ކައިރިވެފައިވަނިކޮށް
  • އެމީހުން 5 ވަރަކަށް ޖޫސްޕެޓީ ކޮތަޅަށް ހަރުގެއާ ދިމާލަށް އުކާފައިވޭ
  • އެމީހުން ޕެޓްރޯލް އުކި ވަގުތުގައި އެމްޑީޕީ ހަރުގޭގައި ހުރި މީހެއްގެ ގައިގައި ޖެހުނު

| | 13 ޖެނުއަރީ 2018 | ހޮނިހިރު 01:20 | sim_kamana | |އެމްޑީޕީ ހަރުގެއަށް ޕެޓްރޯލް ކޮތަޅުތައް އުކާފައި -- ފޮޓޯ:ޓްވިޓަރ

ޕެޓްރޯލް އަޅާފައި ހުރި ކޮތަޅުތަކެއް އެމްޑީޕީ ހަރުގެ އަށް ހުކުރު ދުވަހު އުކައިފިއެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެ ޕެޓްރޯލް ކޮތަޅުތައް އުކާފައިވަނީ އިރުއޮއްސި 6 ޖަހަން ކައިރިވެފައިވަނިކޮށް ކަމަށާއި އެމީހުން 5 ވަރަކަށް ޖޫސްޕެޓީ ކޮތަޅަށް ހަރުގެއާ ދިމާލަށް އުކާފައިވާ ކަމަށެވެ.

އަނަސް ވިދާޅުވީ ބޮޑަށް ލަފާކުރެވެނީ ސައިކެލެއްގައި ދިޔަ ބަޔަކު ޕެޓްރޯލް އަޅާފައިހުރި ކޮތަޅުތައް އުކި ކަމަށެވެ. އަދި އެމީހުން ޕެޓްރޯލް އުކި ވަގުތުގައި އެމްޑީޕީ ހަރުގޭގައި ހުރި މީހެއްގެ ގައިގައި ޖެހުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުންނަށް އަދި ހުށަނޭޅި ނަމަވެސް ހޮނިހިރު ދުވަހު ހުށަހަޅަން ނިންމާފައިވާ ކަމަށް އަނަސް ވިދާޅުވިއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް