16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

ކުޓީނިއޯގެ ސަބަބުން ފުރަތަމަ އެގާރައިގެ ޖާގަ ނުގެއްލޭނެ: އިނިއެސްޓާ

  • ގިނަ ބަޔަކު ދެކޭ ގޮތުގައި ކުޓީނިއޯ ބާސާއަށް ގެނައީ އިނިއެސްޓާގެ ބަދަލެއްގެ ގޮތުގައި
  • އަނިޔާގެ ސަބަބުން އިނިއެސްޓާއަށް ވަނީ ދަތިތަކަކާއި ކުރިމަތިވެފައި
  • އިނިއެސްޓާގެ މުޅި ކެރިއަރު ވޭތުކޮށްފައިވަނީ ބާސާގައި

| | 13 ޖެނުއަރީ 2018 | ހޮނިހިރު 01:00 | @Saaif80 | |ބާސާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ -- ފޮޓޯ:ގެޓީ އިމޭޖާސް

ލިވަޕޫލް ދޫކޮށް ބާސެލޯނާއަށް ބަދަލުވި ބްރެޒިލްގެ ހުނަރުވެރި މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯގެ ސަބަބުން ފުރަތަމަ އެގާރިގެ ޖާގަ ނުގެއްލޭނެ ކަމަށް އެ ޓީމުގެ ކެޕްޓަން އަންދަރޭސް އިނިއެސްޓާ ބުނެފިއެވެ.

ލިވަޕޫލް ދޫކޮށް 142 މިލިއަން ޕައުންޑްގެ ފީއަކަށް ބާސާއަށް ކުޓީނިއޯ ބަދަލުވީ މި ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓުގައެވެ. އޭނާ ބާސާއަށް ގެނައީ އިނިއެސްޓާގެ ބަދަލެއްގެ ގޮތުގައި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އުމުރުން ދުވަސްވުމުގެ ސަބަބުންނާއި އަނިޔާގެ ސަބަބުން ވޭތުވެދިޔަ ދެ ސީޒަނުގައި އިނިއެސްޓާއަށް ގިނަ މައްސަލަތަކާއި ވަނީ ކުރިމަތިވެފައެވެ.

ކެޓަލޯނިއާގެ ރޭޑިއޯ ސްޓޭޝަނަކާއި ވާހަކަ ދައްކަމުން އުމުރުން 33 އަހަރުގެ އިނިއެސްޓާ ބުނީ އޭނާއަކީ މިވަގުތު ބާސާގެ ކުޅުންތެރިޔެއް ކަމަށާއި ބާސާގެ ސްކޮޑުގައި ހިމެނޭނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިން ކަމަށެވެ. އަދި ކުޓީނިއޯ އެ ޓީމާއި ގުޅުމުން ވެސް ރަމްޒުކޮށްދެނީ އޭނާއަކީ ވެސް އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެއް ކަމަށާއި ބާސާއަކީ ކުޓީނިއޯގެ ހުނަރުތައް ކުރިއެރުވުމަށް އެންމެ ރަނގަޅު ކްލަބް ކަމުގައި ދެކޭ ކަމަށެވެ.

އޭނާ ބުނީ ބާސާއިން އޭނާ ބޭރުކޮށްލެވޭނެ ނުވަތަ އޭނާ ރިޓަޔާ ކުރެވޭ ފެންވަރުގެ އެއްވެސް ކުޅުންތެރިޔަކު އެ ކްލަބަށް ނާންނާނެ ކަމަށާއި ކުޓީނިއޯ އެ ޓީމާއި ގުޅުނީ ކްލަބް އިތުރު ހަރުފަތަކަށް ގެންދިޔުމަށް ކަމަށެވެ. ކުޓީނިއޯއަކީ އޭނާ ކުޅޭ މަގާމަށް ކުޅުމުގެ ހުނަރު ލިބިފައިވާ ކުޅުންތެރިންގެ ތެރެއިން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅުންތެރިޔެއް ކަމަށާއި އެކަމާއި ވަރަށް ހިތްހަމަޖެހޭ ކަމަށްވެސް ކުޓީނިއޯ ހާމަކުރިއެވެ.

ކުޓީނިއޯއަކީ ހަލުވި ހުނަރުހުރި ކުޅުންތެރިޔެއްކަން ފާހަގަކުރަމުން އިނިއެސްޓާ ބުނީ އޭނާ ހޯދުމަށް ބާސާއިން ހޭދަކުރި އަދަދަކީ އެހެންކަމެއް ކަމަށެވެ. މިއަދުގެ މާކެޓުގައި ހުރިހާ ކުޅުންތެރިންގެ އަގުވެސް ބޮޑުވާނެ ކަމަށާއު އުފާކުރަންވީ އެހެން ޓީމަކާއި ގުޅުމުގެ ބަދަލުގައި އޭނާ ބާސާއަށް ސޮއިކުރުން ކަމަށް ވެސް އިނިއެސްޓާ ބުނެފައިވެއެވެ.

ބާސާގެ ކެޕްޓަންކަން ކުރަމުން އަންނަ އިނިއެސްޓާއަކީ ކުޑައިރުއްސުރެ ވެސް އެ ޓީމުގެ ކުޅުންތެރިޔެކެވެ. ބާސާގެ އެންމެ ކާމިޔާބު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ އިނިއެސްޓާ ވަނީ އެ ޓީމަށް 651 މެޗު ކުޅެދީ އެ ޓީމާއެކު 33 ތައްޓެއް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް