16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

އެމްއެންޑީއެފް އިން ހޯދަމުންދިޔަ ނޫރު ދޯނީގެ ހަބަރެއްވެއްޖެ

  • ދޯނި ނިކުތީ 11 މީހުންނާއެކީ މަސްވެރިކަމަށް
  • ދޯނީގެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބޭ

| | 13 ޖެނުއަރީ 2018 | ހޮނިހިރު 00:07 | sim_kamana | |



އެމްއެންޑީއެފް ކޯސްޓަ ގާޑްގެ އުޅަނދެއް މަގުމަތީގައި ހަރަކާތްތެރިވަނީ -- ފޮޓޯ:އެމްއެންޑީއެފް

މަސްވެރިކަމަށް ނުކުތް ފަހުން ޚަބަރެއް ނުވެގެން މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަމުން ދިޔަ "ނޫރު" ދޯނި ފެނިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ އެގާރަ މީހުންނާއެކު މަސްވެރިކަމަށް ނުކުތް ދޯންޏާއި ބުރާސްފަތި ދުވަހުގެރޭ 09:00 ހާއިރު ގުޅުނު އިރު އެ ދޯނި އޮތީ ކ. ދިއްފުށީ ބޮޔާ ހިސާބުގައި ކަމަށެވެ. އަދި މި ދޯނިން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށާއި މި ދޯންޏާއި ނުގުޅުނީ ބޭރުގައި މަސްވެރިކަން ކުރަން އުޅުމުގެ ސަބަބުން ކަމުގައި ދޯނީގެ ކެޔޮޅު އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ދިވެހިރާއްޖޭގެ ހުރިހާ އޮޑިވެރިންނާއި ކެޔޮޅުންނާއި އަދި ފަޅުވެރިންނާއި ޖުމްލަކޮށް ހުރިހާ މަސްވެރިން، އެމީހުން މަސްވެރިކަމުގައި ހޭދަކުރާ ވަގުތު އާއިލާއަށް ގުޅައި އެމީހުންނަށް ޚަބަރުތައް ހިއްސާކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އިލްތިމާސް ކޮށްފައެވެ.

ހަމަ އެހެންމެ ޚަބަރެއް ނުވެ ފާއިތުވެގެންދާ ދުވަސްތަކަކީ އާއިލާއަށް ވަރަށް ބޮޑެތި އުނދަގޫތައް ތަހައްމަލު ކުރަންޖޭ ވަގުތުތަކަކަށް ވާތީވެ، މަސްވެރިންނާއި އޮޑިވެރިންނާއި ކެޔޮޅުން އެމީހުންގެ އާއިލާތަކަށް ނުތަނަވަސްކަން ތައްހައްމަލުވިޔަ ނުދީ އެހީތެރި ވެދެއްވުމަށްވެސް އެމްޑީއެފް އިން އިލްތިމާސް ކުރިއެވެ.

މަސް ދޯނިފަހަރު ޚަބަރެއް ނުވުމުގެ މަސައްލައަކީ އެމްއެންއެންޑީ އެފް ކޯސްޓްގާޑުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން ގެންދާ ކަމެއް ކަމަށާއި އުޅަނދެއް ޚަބަރެއް ނުވެގެން ހޯދުމަށްޓަކައި އެމްއެންޑީއެފުން ކުރާ މަސައްކަތްތަކުގައި ވަރަށް ގިނަ ވަސީލަތްތަކެއް ބޭނުންކުރަން ޖެހޭ ކަމަށް އެ ފަރާތުން ވަނީ ހާމަކޮށްފައެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް