16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

ޓްރަމްޕަށް ހިދުމަތް ނުކުރެވޭނެ ކަމަށް ބުނެ އެމެރިކާ އިން ޕެނަމާ އަށް ކަނޑައަޅާފައިވާ ސަފީރު އިސްތިއުފާ ދެއްވަން ނިންމަވައިފި

  • ޖޯން މިއަހަރުގެ މާރޗް މަހުގެ 9 ވަނަ ދުވަހު އެ މަޤާމުން އިސްތިއުފާ ދެއްވާނެ

| | 12 ޖެނުއަރީ 2018 | ހުކުރު 23:36 | sim_kamana | |އެމެރިކާ އިން ޕެނަމާ އަށް ކަނޑައަޅާފައިވާ ސަފީރު ޖޯން ފިލޭ -- ފޮޓޯ:ރޮއިޓަރސް

ސްޓޭޓް ޑިޕާރޓްމަންޓުގައި ހުރެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހިދުމަތް ނުކުރެވޭނެ ކަމަށް ވިދާޅުވެ އެމެރިކާ އިން ޕެނަމާ އަށް ކަނޑައަޅާފައިވާ ސަފީރު ޖޯން ފިލޭ މަޤާމުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ޖޯން އިސްތިއުފާގެ ސިޓީގައި ބުނެފައިވަނީ ޖޫނިއަރ ފޮރިން އޮފިސަރެއްގެ ހައިސިއްޔަތުން އޭނާ ވަފާތެރިކަމާއި އިހުސާންތެރިކަމާއެކު ޤައުމުގެ ރައީސް އަށާއި އެޑްމިރޭޝަންސް އުސޫލުތަކަށް ތަބާވުމަށް ހުވާ ކުރައްވާފައިވާނެ ކަމަށެވެ. އަދި ރައީސްގެ ބައެއް ސިޔާސަތުތަކާއި އެއްކޮޅު ނުވިޔަސް އެ ހުވާ ކުރައްވާފައިވާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ވައިޓް ހައުސްގެ ފަރާތުންވެސް ވަނީ ޖޯން މަޤާމުން އިސްތިއުފާ ދެއްވުމަށް އެދި ހުށަހަޅާފައިވާކަން ކަށަވަރުކޮށް ދީފައެވެ. އަދި އެ ހުށަހެޅުމުގައި އޭނާ އަމިއްލަ ސަބަބުތަކާއި ހެދި އިސްތިއުފާ ދޭން ނިންމާފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް ވައިޓް ހައުސް އިން ބުންޏެވެ.

ޖޯން މިއަހަރުގެ މާރޗް މަހުގެ 9 ވަނަ ދުވަހު އެ މަޤާމުން އިސްތިއުފާ ދެއްވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް