16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

ޖަޕާނުގެ ޕްރޮފެޝަނަލް 3 ކުޅުން ތެރިން އެއް ކޮޅުން، އަނެއް ކޮޅުން 100 ކުޑަ ކުދިން – މެޗު ބޮޑު ހިޓަކަށް

  • މެޗުގައި ޕްރޮފެޝަނަލް ކުޅުންތެރިންގެ ހުނަރު ވަރަށް ރަނގަޅަށް ދައްކާލި

| | 12 ޖެނުއަރީ 2018 | ހުކުރު 21:37 | raajje.mv | |



ޖަޕާނުގެ ޕްރޮފެޝަނަލް 3 ކުޅުން ތެރިންނާއި 100 ކުޑަ ކުދިން ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ:ޓްވިޓަރ

ޖަޕާނުގެ ޕްރޮފެޝަނަލް 3 ކުޅުންތެރިން، 100 ކުޑަ ކުދިންނާ ބައްދަލު ކުރި މެޗު ބޮޑު ހިޓަކަށް ވެއްޖެއެވެ.

އައު އަހަރުގެ މުނާސަބަތުގައި ކުޅުނު މި މެޗުގެ ޓުވިޓަރ ވީޑިއޯ އަށް 1.3 މިލިއަނަށް ވުރެ ގިނަ ވިއުސް މިހާތަނަށް ލިބިފައި ވެއެވެ.

މެޗުގައި ބައްދަލު ކުރި ކުޑަކުދިންގެ ޓީމު ކުޅުނީ 30 - 30  – 30 – 10 ގެ ފޯމޭޝަނަށެވެ.

ގޯލު ބެލެހެއްޓުމަށް 10 ކުޅުންތެރިން އަންގި ލައްވައިގެން ތިއްބެވެ.

ޕްރޮފެޝަނަލް ކުޅުންތެރިނަށް ބޯޅަ ލިބުމުން ބޮޑު އައިނެއް އަންނަ ގޮތައް ކުޑަކުދިންތައް ބޯޅަ އާ ދިމާލަށް އަންނަތަން މެޗުގައި ފެނިގެން ދިޔައެވެ.

ރަނގަޅަށް 10 ކުދިން ވެގެން ގޯލު ބަލަހައްޓަމުން ދަނިކޮށް މެޗުގެ ލަނޑު ފެނުނީ އެކުދިންގެ އިސްކޮޅަށް ވުރެ މާ މަތިން ސީނިއަރ ކުޅުންތެރިއަކު ބޮލުން ފޮނުވާލި ބޯޅަ އެއް ގޯލުގެ ތެރެއަށް ވަދެގެންނެވެ.

މެޗުގެ ކުޅުމަށް ބަލާއިރު ދެ ޓީމުންވެސް މެޗު ވަރަށް ސީރިއަސް ކޮށް ނަގާފައިވާކަން ފާހަގަ ކުރެވެއެވެ. މެޗުގައި ޖަޕާންގެ ޕްރޮފެޝަނަލް ކުޅުންތެރިންގެ ހުނަރު ވަރަށް ރަނގަޅަށް ދައްކަމުން ދިޔައިރު ބޯޅަ ޖެހުމުގައާއި ޕާސް ކުރުމުގައި ކުއްޖަކަށް އަނިޔާއެއް ނުވާނެ ގޮތައް ކުޅެމުން ދިޔަތަން ފެނުނެވެ.

މެޗުގައި ޕްރޮފެޝަނަލް ކުޅުންތެރިން ޖެހި ގޯލާ އެކު އެމީހުން އުފާފަޅު ކުރަމުން ދިޔައިރު ގޯލު ވަނުމުން ބައެއް ކުދިން ވަރަށް ދެރަވެފައި ތިބި މަންޒަރުވެސް ފެނިގެން ދިޔައެވެ.

މި މެޗުގައި ޕްރޮފެޝަނަލް ކުޅުންތެރިންގެ ގޮތުގައި ނުކުތް ޓީމުގައި ހިމެނޭ ތިން ކުޅުންތެރިންނަކީ ހޮޓާރޫ ޔަމަގޫޗީ އާއި ހިރޯޝީ ކިޔޮޓާކޭ އާއި ޔޮސޫކޭ އިޑެގޫޗީ އެވެ.

މެޗުގައި ލަނޑު ޖެހީ އިޑެގޫޗީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: ދެލިކޮޕީ


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް