16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

އެފްރިކާ އާއި އެމެރިކާ ސަރަހައްދުގެ ފަގީރު ގައުމުތަކަށް ނިސްބަތް ކުރައްވާ ބަދު ބަސްތަކެއް ވިދާޅުނުވާ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

  • ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ "އެމަނިކުފާނު އެ ވިދާޅުވާ ބަސްމަގު ބޭނުން ނުކުރައްވާ ކަމަށް"

| | 12 ޖެނުއަރީ 2018 | ހުކުރު 19:58 | IamAhmedAnoosh | |



ރައީސް ޓްރަމްޕް -- ފޮޓޯ:އާކައިވް

އެފްރިކާ އާއި އެމެރިކާ ސަރަހައްދުގެ ފަގީރު ގައުމުތަކަށް ނިސްބަތްކުރައްވާ ބަދު ބަސްތަކެއް ވިދާޅުވެފައިވާ ނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

 

އެގައުމުތަކަކީ ދަށްފަންތީގެ ގައުމުތަކެއްގެ ގޮތުގައި ނުވަތަ އެގައުމުތަކާ މެދު ބަދު ބަސްތަކެއް ރައީސް ޓްރަމްޕް ވިދާޅުވި ކަމަށް މީޑިއާ ތަކުގައި ރިޕޯޓު ކުރެވިފައިވާ އިރު ރައީސް ޓްރަމްޕް އާ މެދު މިފަދަ ވާހަކަތަކެއް ދެކެވެން ފެށީ އެމެރިކާގެ އިމިގްރޭޝަން ގާނޫނުތަކަށް އިސްލާހު ގެނައުމަށް ކޮންގްރެސް މެމްބަރުންނާއިއެކު ކުރެވޭ މަޝްވަރާތަކުގެ ތެރެއިން އޯވަލް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ޓްރަމްޕް ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ. 'އޯފް ދަ ރެކޯޑް' ގައި ޓްރަމްޕް ދެއްކެވި ވާހަކަފުޅެއްނަމަވެސް، މިވާހަކަތައް މީޑިއާއަށް ތިލަވެ، ޓްރަމްޕް ވަނީ އާދައިގެ މަތިން ހޫނުފެނަށް ވެއްޓިފައެވެ. ޓްރަމްޕް އެ ބައްދަލުވުމުގައި އެއްސެވިކަމަށްވަނީ ދަށް ފެންވަރުގެ ގައުމުތަކުން އެމެރިކާއަށް މީހުން ގެންނަނީ ކީއްކުރަންތޯއެވެ. އަދި ނޯވޭފަދަ ޤައުމުތަކުން އެމެރިކާއަށް މީހުން ގެންނަން ތާޢިދުކުރައްވާ ޓްރަމްޕް ވާހަކަ ދެއްކެވިއެވެ.

 

ރައީސް ޓްރަމްޕް އާ މެދު ދެކެވޭ ވާހަކަތައް ދޮގު ކުރައްވާ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އެމަނިކުފާނު އެ ވިދާޅުވާ ބަސްމަގު ބޭނުން ނުކުރައްވާ ކަމަށާއި" އެހެންނަމަވެސް "ވަރުގަދަ" ބަސްމަގެއް ބޭނުން ކުރެއްވި ކަމަށެވެ. 

 

ޓްރަމްޕްގެ ވާހަކަތަކަށް ފާޑުކީ ގިނަ ފަރާތްތަކުން އެމަނިކުފާނުގެ ވާހަކަތައް ސިފަކޮށްފައިވަނީ ނާޒީ ޖަރުމަނުވިލާތުގެ ހިޓްލަރުގެ ވާހަކަތަކާއެވެ. ހިޓްލަރާއި ނާޒީން ޤަބޫލުކުރި ގޮތުގައި އެންމެ 'ތާހިރު' ދަރިކޮޅަކީ ޖަރުމަންވިލާތާއި ނޯވޭގެ ދޮން މީހުންނެވެ. 

 

 

އެފްރިކަން ޔޫނިއަންއިންވެސް ވަނީ ޓްރަމްޕްގެ ވާހަކަތަކާއިމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން ރައީސް ޓްރަމްޕް ގެ ވާހަކަފުޅާ މެދު އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ހައިކޮމިޝަނަރުގެ އޮފީހުން ބުނީ ޓްރަމްޕްގެ ވާހަކަފުޅަކީ ގައުމުތަކަށް ބުނާ ބަދު ބަހެއްގެ އިތުރުން، ނަސްލީ ތަފާތުކުރުންތަކަށް ހިތްވަރު ލިބޭ ވާހަކަތަކެއްކަމަށެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް