16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

ބޮސްޓަން މިއުޒިއަމް އޮފް ފައިން އާޓްސްއިން ކުއްތާއަކަށް ވަޒީފާ ދީފި

  • ރައިލީ މަސައްކަތްކުރާނީ މިއުޒިއަމްގައި އުޅޭ ސޫފާސޫފި ހޯދުމަށް
  • ރައިލީއަށް ތަމްރީނުދޭނީ މިއުޒިއަމްގެ ޑައިރެކްޓަރ އޮފް ޕްރޮޓެކްޓިވް ސަރވިސަސް، ނިކީ ލުއޮންގޯ
  • ބޮސްޓަން މިއުޒިއަމް އޮފް ފައިން އާޓްސް އަކީ އެމެރިކާގައި 4 ވަނައަށް އެންމެ ބޮޑު އާޓް މިއުޒިއަމް

| | 12 ޖެނުއަރީ 2018 | ހުކުރު 19:22 | @IxmaealNaail | |ބޮސްޓަން މިއުޒިއަމް އޮފް ފައިން އާޓްސްއިން ވަޒީފާދިން ކުއްތާ، ރައިލީ -- ފޮޓޯ:ފޭސްބުކް

އެމެރިކާގެ ބޮސްޓަންގައި ހުންނަ ބޮސްޓަން މިއުޒިއަމް އޮފް ފައިން އާޓްސްއިން ކުއްތާއަކަށް ވަޒީފާދީފިއެވެ.

ރައިލީ ނަމަކަށް ކިޔާ މި ކުއްތާއަށް ވަޒީފާ ދިންކަން ހާމަކުރުމަށް އެ މިއުޒިއަމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުއްތާ ދައްކާލާފައިވާއިރު، މިއުޒިއަމްއިން ބުނީ ރައިލީ މަސައްކަތްކުރާނީ މިއުޒިއަމްގައި ހުރި އެކި ކުރެހުންތަކާއި ފަންނީ އެހެން ދައްކާލުންތަކަށް ގެއްލުންދޭފަދަ އެކި ކަހަލަ ސޫފާދޫފި މިއުޒިއަމްގެ ތެރެއިން ހޯދުމަށް ކަމަށެވެ.

އެ މިއުޒިއަމްއިން ބުނީ ރައިލީ ޚާއްސަވާނީ ލަކުޑި އާއި ފޮތީގެ އިތުރުން ކިސަޑު ފަދަ ތަކެއްޗަށް ގެއްލުންދޭ ދިރޭތަކެތި ހޯދުމަށް ކަމަށެވެ. މިއުޒިއަމްގައި މިހާރުވެސް އެފަދަ ސޫފާސޫފި ހޯދުމަށް ސިސްޓަމްތައް ޤާއިމް ކޮށްފައިވާއިރު، ރައިލީގެ ސަބަބުން މިއުޒިއަމްގައި ހުރި އެކި ކުރެހުންތަކާއި ފަންނީ އެހެން ދައްކާލުންތަކަށް ސަލާމަތީ އިތުރު ފަށަލައެއް ލިބިގެން ދާނެ ކަމަށެވެ.

އުމުރުން 3 މަހުގެ ރައިލީއަށް މިއުޒިއަމްއިން ވަޒީފާ ދިން ނަމަވެސް، އެ ކުއްތާ މިއުޒިއަމްގައި ވަޒީފާ އަދާކުރަން ފަށާނީ މަސައްކަތަށް އަހުލުވެރި ކުރުވުމުގެ ގޮތުން އެ ކުއްތާއަށް ހިންގާ ޚާއްސަ ތަމްރީނު ޕްރޮގްރާމަކަށް ފަހުއެވެ. މި ޓްރެއިންގ ޕްރޮގްރާމްގައި ރައިލީ ތަމްރީނު ކުރާނީ އެ މިއުޒިއަމްގެ ޑައިރެކްޓަރ އޮފް ޕްރޮޓެކްޓިވް ސަރވިސަސް، ނިކީ ލުއޮންގޯއެވެ.

1870 ވަނަ އަހަރު ޤާއިމްކުރި ބޮސްޓަން މިއުޒިއަމް އޮފް ފައިން އާޓްސް އަކީ އެމެރިކާގައި 4 ވަނައަށް އެންމެ ބޮޑު އާޓް މިއުޒިއަމްއެވެ. އެ މިއުޒިއަމްގައި 450،000 އަށްވުރެ ގިނަ ކުރެހުމާއި ފަންނީ އެހެން ދައްކާލުންތަކަށް ހުރިއިރު 2016 ވަނަ އަހަރުގެ ނިޔަލަށް ބޮސްޓަން މިއުޒިއަމް އޮފް ފައިން އާޓްސް ލިސްޓުކުރެވިފައިވަނީ ދުނިޔޭގައި އެންމެ ގިނައިން މީހުން ޒިޔާރަތްކުރާ މިއުޒިއަމްތަކުގެ ލިސްޓުގެ 43 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް