16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

ސަރުކާރުން ޝެއިޚް އިމްރާނަށް އެކި ޑީލްތައް ހުށައަޅާ، އެކަމަކު ޑީލަކަށް ނުގުޑޭނެ: ޝިދާތާ

  • އިމްރާން ޖަލުގައި ހޭދަކުރައްވާ ކޮންމެ ވަގުތަކީ ރައްޔިތުންނަށްޓަކައިވާ ވަރަށް ބޮޑު ގުރުބާނީއެއް
  • ޝެއިހް އިމްރާނަކީ ރައީސް ޔާމީންގެ ޑީލްއަކަށް ގުޑާލާނެ މީހެއް ނޫން

| | 12 ޖެނުއަރީ 2018 | ހުކުރު 17:55 | DeNaseer | |އަދާލަތު ޕާޓީގެ ރައީސް ޝްއިޚް އިމްރާން އަބްދުﷲ - އޭނާއަށް ސަރުކާރުން ޑީލްތައް ހުށައަޅާކަމަށް ސިދާތަ ވިދާޅުވި -- ފޮޓޯ:ރާއްޖެއެމްވީ

ސަރުކާރުން، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އަށް އެކި ޑީލްތައް ހުށައަޅަމުން އަންނަ ކަމަށް އެ ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ މުޤައްރިރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އދ. މާމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިދާތާ ވިދާޅުވީ ޝެއިޚް އިމްރާން ޖަލުގައި އިންނެވުމަކީ ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ އެއް ރަމްޒުކަމަށެވެ. އަދި ފާރިސް މައުމޫން ޖަލުގައި އިންނެވުމާއި، ޤާސިމް އިބްރާހިމް ޤައުމުން ބޭރުގައި ހުންނެވުމަށް މަޖުބޫރުވުމަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަން ހާމަވާކަމެއް ކަމަށް ޝިދާތާ ވިދާޅުވި އެވެ.

ޝެއިޚް އިމްރާން ޖަލުގައި އިންވާތާ 900 އަށްވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކޮށް ޝިދާތާ ވިދާޅުވީ އިމްރާން ޖަލުގައި ހޭދަކުރައްވާ ކޮންމެ ވަގުތަކީ ރައްޔިތުންނަށްޓަކައިވާ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށެވެ. ޖަލުގައި އިންނަވާ އިންނެވުމަކީ އިމްރާންގެ އަޒުމާއި ހިތްވަރަށް އެއްވެސް ބަދަލެއް ނާންނެ ކަމެއް ނޫން ކަމަށް ވެސް ޝިދާތާ ވިދާޅުވި އެވެ.

 

"ބޯކޮށް ޑީލްތައް ހަދަން މަސައްކަތް ކުރިޔަސް، ބޯކޮށް ޑީލްތައް ހުށައަޅަން މަސައްކަތް ކުރިޔަސް ޝެއިޚް އިމްރާނަކީ ރައީސް ޔާމީންގެ ޑީލްއަކަށް ގުޑާލާނެ މީހެއް ނޫން." އޭނާ ވިދާޅުވި އެވެ.

 

ޝިދާތާ ވިދާޅުވި ގޮތުގައި މާމިގިލީ ޖަލްސާއިން ރައީސް ޔާމީނަށް ފެނިވަޑައިގަންނަވާނީ 2018 ވަނަ އަހަރުގެ ބޮޑު މަންޒަރެވެ، އަދި ޖަލްސާއަށް ވަޑައިގެން ތިއްބެވި ބޭފުޅުން ތިއްބެވީ އެއްވެސް މަޖުބޫރީ ހާލަތެއްގައެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ސިދާތާ

4 ދުވަަސް ކުރިން

އަޅެ ތިހާ ހިއްވަރެއް ހުރިއްޔާ ހުށެއެޅި ޑީލެއް ބުނެބަލާ. ތިހެން ޑީލް ހުށަ އެޅިއޭ ބުނި މީޙަކު ސުވާލު ކުރީމާ ބުނީ އެއީ ޖުހާގެ ވާހަކައިން ބައެއް ކަމަށް. އަނގައެއް އޮތީތީ ހަވާނީ އޭ ތި ތިބެގެން.

1
3