16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

އީޔޫގެ ވަފުދާ، ރައީސް ޔާމީނާއި އުއްތަމަ ފަނޑިޔާރު ބައްދަލެއް ނުކުރެއްވި!

  • ވަފުދުން ކުރި ދަތުރަކީ އިންތިހާބަށްފަހު ހުށައެޅި ރިކޮމެންޑޭޝަންތައް ތަންފީޒުކުރަމުންދާ މިންވަރު ވަޒަންކުރުމަށް ކުރި ދަތުރެއް
  • ބައެއް އިދާރާތަކުގެ އިތުރުން ސިޔާސީ ޕަޓީތަކާއި ބައްދަލުކޮށްފައިވޭ
  • އެ ފަރާތަށް ފާހަގަކުރެވުން ކަންތައްތަކުގެ ފުރިހަމަ ރިޕޯޓެއް ހަފްތާއެއްގެ ތެރޭގައި ހާމަކުރާނެ

| | 12 ޖެނުއަރީ 2018 | ހުކުރު 17:18 | DeNaseer | |



އީޔޫގެ ވަފުދާއެކު ބަންޑާރަ ނައިބާއި ހޯމް މިނިސްޓަރު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ:ޓްވިޓަރ

މި ހަފުތާގައި ރާއްޖެއަށް ޒިޔާރަތްކުރި ޔޫރަޕިއަން ޔޫނިއަންގެ ވަފުދުގެ ބޭފުޅުންނާ، ރައީސް އަބްދުﷲ ޔާމީނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ބައްދަލުނުކުރެއްވި ކަމަށް އެ ވަފުދުން ބުނެފި އެވެ.

މި މަހުގެ 8 ވަނަ ދުވަހު 11 އަށް އީޔޫއިން ރާއްޖެއަށް ކުރި ދަތުރަށް ފަހު އާންމުކުރި ބަޔާނުގައި ބުނެފައިވަނީ މި ދަތުރަކީ 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު، ހުށަހެޅި ރިކޮމެންޑޭޝަންތައް ތަންފީޒުކުރަމުންދާ މިންވަރު ވަޒަންކުރުން ކަމަށެވެ. އެ އިންތިހާބަށްފަހު އީޔޫއިން ހުށަހެޅި 22 ރިކޮމެންޑޭޝަންގެ ތެރެއިން ތަންފީޒްކޮށްފައިވާ މިންވަރާއި، ކުރިއަށް އޮތް އިންތިހާބުތަކަށް އިންތިހާބީ ނިޒާމަށް ގެންނައިސްފައިވާ އިސްލާހުތައް ދިރާސާކޮށް މައުލޫމާތު ހޯދުމަކީ މި ދަތުރުގެ ބޭނުން ކަމަށް އީޔޫގެ ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް އަބްދުﷲ ޔާމީނާއި އުއްތަމަ ފަނޑިޔާރު ބައްދަލު ނުކުރެއްވި ނަމަވެސް، އީޔޫގެ ވަފުދުން ވަނީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލާއި ހޯމް މިނިސްޓަރު އަޒުލީނާ ބައްދަލުކޮށްފަ އެވެ. މި ވަފުދުން ސިޔާސީ ޕަޓީތަކާއި ބޭރުގެ ބައެއް ޑިޕްލޮމެޓުންނާވެސް ބައްދަލުކޮށްފައިވެ އެވެ.

ފަސް މެމްބަރުންގެ މައްޗަށް ހިމެނޭ މިވަފްދުގެ އިސްވެރިއަކަށް ހުންނެވީ ރާއްޖެއަށް އީޔޫ އިން ކަނޑައަޅާފައިވާ "އިލެކްޝަން އޮބްޒަވޭޝަން މިޝަން"ގެ ކުރީގެ އިސް އޮބްޒާވަރު، މެމްބަރ އޮފް ޔޫރަޕިއަން ޕާލަމަންޓް (އެމްއީޕީ) އެޑުއާޑް ކުކަން އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް