16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

ޗައިނާ އިން އިޒްރޭލާ ދެކޮޅަށް ނެރުނު ޓްރެވަލް އެޑްވައިޒަރީ އުވާލައިފި

  • ޗައިނާ އިން އިޒްރޭލާ ދެކޮޅަށް ޓްރެވަލް އެޑްވައިޒަރީ ނެރުނީ ރައީސް ޓްރަމްޕް އިޒްރޭލުގެ ވެރިރަށަކީ ޖެރޫސަލަމް ކަމަށް ގަބޫލުފުޅު ކުރެއްވުމާ ގުޅިގެން

| | 12 ޖެނުއަރީ 2018 | ހުކުރު 17:17 | IamAhmedAnoosh | |



ޖެރޫސަލަމްގެ މަންޒަރެއް - ޖެރޫސަލަމް އަކީ އިޒްރޭލުން ފޭރިގަނެފައިވާ ސިޓީއެއް -- ފޮޓޯ:ދި ޓެލެގްރާފް

އެމެރިކާ އިން ޖެރޫސަލަމް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ގަބޫލު ކުރާކަން އިއުލާން ކުރުމާ ގުޅިގެން ޗައިނާ އިން އިޒްރޭލާ ދެކޮޅަށް ނެރުނު ޓްރެވަލް އެޑްވައިޒަރީ އުވާލައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ އިޒްރޭލުގެ ފޮރިން މިނިސްޓްރީ ގެ ޑިޕިއުޓީ ޑައިރެކްޓާ-ޖެނެރަލް ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް ޖިލަޑް ކޯހެން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ކޯހެން ވިދާޅުވީ ރައީސް ޓްރަމްޕް ޖެރޫސަލަމް އާ މެދު ނިންމި ނިންމުމުގެ ސަބަބުން އިޒްރޭލާ ދެކޮޅަށް އެކި ގައުމުތަކުން ޓްރެވަލް އެޑްވައިޒަރީ ނެރުނު ކަމަށާއި މިކަމުގެ ސަބަބުން އިޒްރޭލުގެ ވިޔަފާރި އަށާއި ފަތުރުވެރިކަމަށް ވަރަށް ގެއްލުންވަމުންދާ ކަމަށެވެ.

2017 ވަނަ އަހަރު ޗައިނާގެ 500،122 ފަތުރުވެރިން އިޒްރޭލަށް ޒިޔާރަތްކޮށްފައިވާއިރު މިއީ 2016 ވަނަ އަހަރު އިޒްރޭލަށް ޒިޔާރަތްކުރި ޗައިނާ ފަތުރުވެރިންނަށް ވުރެ 45 އިންސައްތަ އިތުރު އަދަދެކެވެ.

ޗައިނާ އިން އިޒްރޭލާ ދެކޮޅަށް ނެރުނު ޓްރެވަލް އެޑްވައިޒަރީ ގައި ބުނެފައި ވަނީ އިޒްރޭލަށް ދަތުރު ކުރާ "ފަތުރުވެރިން ސަމާލުވުމަށް އެދޭ ކަމަށެވެ." އަދި ޗައިނާގެ ރައްޔިތުން ހާއްސަ ކޮށް އިޒްރޭލާ-ފަލަސްތީނުގެ "ހަމަނުޖެހުން އުފެދިފައިވާ ސަރަހައްދުތަކަށް ޒިޔާރާތްކުރުމުގައި އިތުރަށް ސަމާލުވުމަށް" ވެސް އެޑްވައިޒަރީ ގައި ބުނެފައިވެއެވެ.

އިޒްރޭލާ ފަލަސްތީނާ ދެމެދު ސުލްހައިގެ މަގެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގައި އެންމެ ނާޒުކު އަދި އުނދަގޫ މައްސަލައަކަށް ޖެރޫސަލަމްގެ މައްސަލަވެފައި އޮއްވާ، އެމެރިކާ އިން ޖެރޫސަލަމް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ގަބޫލު ކުރާކަން އިއުލާން ކުރުމުން މައްސަލަ އިތުރަށް މިވަނީ ގޯސްވެފައެވެ. އެމެރިކާގެ މި ނިންމުމާއެކު މައްސަލައެއް ހައްލެއް ހޯދުމަށް އެމެރިކާ އިން އަދާކުރަމުން ދިޔަ މެދުވެރިއެއްގެ ދައުރުވެސް މިވަނީ ނިމުމަކަށް އައިސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް