16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

ސައުދީގައި ފުޓްބޯޅަ ބަލަން ފުރަތަމަ ފަހަރަށް އަންހެނުނަށް ދަނޑަށް ވަނުމުގެ ހުއްދަ ލިބިއްޖެ

  • ސައުދީގައި މިހާތަނަށް އަންހެނުން ފުޓްބޯޅަ ބަލަން ޖެހެނީ ގޭތެރޭގައި ތިބެގެން ޓީވީ އިން

| | 12 ޖެނުއަރީ 2018 | ހުކުރު 14:42 | raajje.mv | |



ސައުދީ ގައި އަންހެނުންނަށް ދަނޑަށް ވަދެވޭ ގޮތް ވުމަކީ ތާރީޚީ ނިންމުމެއް -- ފޮޓޯ:ޑެއިލީޕާކިސްތާން.ކޮމް

2018 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 12 ވީ ހުކުރު ދުވަހަކީ ސައުދީ އަރަބިއްޔާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ފުޓްބޯޅަ ބަލަން ދަނޑަށް ވަދެވޭ ދުވަހެވެ. އާއްމު ގޮތެއްގައި ސައުދީ އަރަބިއްޔާގެ އެންމެ ވާދަވެރި ދެ ކްލަބް ކަމުގައިވާ އަލް ހިލާލް އާއި އަލް އިއްތިހާދު ބައްދަލު ކުރާ މެޗުތައްވެސް ބައިނަލް އަގްވާމީ މިންގަނޑުން ރޭންކު ކުރެވެނީ މާ ފޯރިއެއް ނުހުންނަ އާދައިގެ މެޗްތަކެއްގެ ގޮތުގައެވެ. އެކަމަކު އުއްމީދު ކުރެވެނީ ހުކުރު ދުވަހު ކިންގް ފަހްދު އިންޓަރނޭޝަނަލް ސްޓޭޑިއަމް ގައި އަލް އަހްލީ އާއި އަލް ބަތިން ބައްދަލު ކުރާ މެޗުގެ މަންޒަރު މުޅިން ބަދަލު ވެގެން ދާނެ ކަމަށެވެ. ފިރިހެނުންނެކޭ އެއްގޮތައް އަންހެނުންވެސް އެމީހުންގެ ފޭވަރިޓް ކްލަބްތަކަށް ސަޕޯޓު ކުރަން ދަނޑަށް ވަންނާނެއެވެ.

ފުޓްބޯޅަ އަށް ފޯރި ހުންނަ އަންހެނުންނަށް މީގެ ކުރިން ސައުދީ އަރަބިއްޔާގައި އޮތް ހަމަ އެކަނި ފުރުސަތަކީ ގޭތެރޭގައި ތިބެގެން ޓީވީ އިން މެޗު ބެލުމެވެ. ދަނޑަށް ވަންނަން އަންހެނަކު އުޅެފި ނަމަ އެމީހަކު ފުލުހުން ހައްޔަރު ކުރެއެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހު ސައުދީ ސަރުކާރުން އިއުލާނު ކުރި އިސްލާހީ އެޖެންޑާގެ ދަށުން މިހާރު އަންހެނުންނަށް ފުޓްބޯޅަ ބަލަން ތިން ސްޓޭޑިއަމް އަކަށް ވަދެވޭނެއެވެ. ވެރިރަށް ރިޔާދް، ޖިއްދާ އަދި ދައްމާމްގައި ވާ 3 ސްޓޭޑިއަމް އެއްގައި މިހާރުވަނީ އާއިލާ ތަކަށް ޚާޢްސަ ކޮށް އަންހެނުންނަށް މެޗު ބަލަން ވަދެވޭ ގޮތައް ދަނޑުގައި ވަކި ސެކްޝަންތައް ކަނޑައަޅާފައެވެ.

އިސްލާހީ އެޖެންޑާގެ ދަށުން 2018 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ސައުދީ އަރަބިއްޔާގައި އަންހެނުންނަށް ފުރަތަމަ ފަހަރަށް ޑްރައިވިންގ ލައިސަންސް ވެސް ލިބިގެން ދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: ދެލިކޮޕީ


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް