16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

ދަރިން ތަރުބިއްޔަތު ކުރުމަކީ ގައުމުގެ ބިންގާ ހަރުދަނާ ކުރުމަށް އެޅޭ ބާރެއް: ޚުތުބާ

  • ހުކުރު ޚުތުބާގެ މައުޟޫއަކީ "ދިރާސީ އާ އަހަރު"
  • ތައުލީމީ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ޚުތުބާގައި ގޮވާލާފައިވޭ

| | 12 ޖެނުއަރީ 2018 | ހުކުރު 12:58 | thahavahyd | |



އިސްލާމީ މަރުކަޒުގެ އެތެރެ -- ފޮޓޯ:ރާއްޖެ އެމްވީ

ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަރު ކުރުމަކީ ގައުމުގެ ބިންގާ ހަރުދަނާ ކުރުމަށް އެޅޭ ބާރެއް ކަމަށް ޚުތުބާގައި ބުނެފިއެވެ.

މި ހުކުރުގެ ޚުތުބާގެ ހާއްސަކޮށްފައި ވަނީ އަންނަ އާދީއްތަ ދުވަހު ފަށާ ދިރާސީ އާއަހަރަށެވެ. 

ޚުތުބާގައި ބުނެފައި ވަނީ ދަރިންނަށް އަދަބާއި އުޅުންތެރިކަން ދަސްކޮށްދިނުމަކީ ގައުމުގެ ބިންގާ ހަރުދަނާކުރުމަށް އެޅޭ ވަރަށް ބޮޑު ބާރެއް ކަމަށާއި އިސްލާމްދީން ބާރުއަޅަނީ އެއަމާޒަށް ވާސިލުވުމަށް ކަމަށެވެ.

ޚުތުބާގައި ބުނެފައިވަނީ ރަނގަޅަށް ދަރިން ތަރުބިއްޔަތު ކުރުމަކީ އިސްލާމްދީން އަންގަވާފައިވާ ގޮތުގައި އެކަމުގައި ގާއިމުވެ ތިބި މީހުންނަށް ސަވާބާއި ދަރުމަ ﷲ ދެއްވާ ކަމެއް ކަމަށެވެ.

"އެކަމަކީ އެމީހުންގެ ދަރިން ބަލައި ބޮޑުކުރުމަށާއި އަދަބުވެރިކުރުވާ، އުޅުންތެރިކަން ދަސްކޮށްދިނުމަށް މައިންބަފައިންނަށް ވަރަށް ބޮޑަށް ހިތްވަރު ލިބޭ ކަމެކެވެ،" ޚުތުބާގައި ބުނެފައިވެއެވެ.

ދިރާސީ އާ އަހަރަކަށް ކުރިމަތިލާއިރު ހެޔޮގޮތުގައި މިޗުއްޓީ ހޭދަކޮށް އާ އަހަރަކަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުންދާއިރު އިތުރު ކުރިއެރުމާއި ތަރައްގީ ލިބޭތޯ ކޮންމެ ކުއްޖަކު ވެސް އަޒުމް ކަނޑައަޅަންވާނެ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

"ލޮބުވެތި ދަރިވަރުންނޭވެ! މި ފެށޭ ދިރާސީ އާ އަހަރު ތިޔަކުދީންނަށް އިލްމީ ރޮނގުތަކުގައި އިތުރު ކުރިއެރުމާއި ތަރައްގީ ލިބޭތޯ މަސައްކަތް ކުރުމަށް އަޒުމް ކަނޑައަޅާށެވެ. އިތުރު ހަރަކާތްތަކުން ތިޔަކުދީންގެ މުޅި މާހައުލަށް ދިރުންދިނުމަށް އިސްނަގައި އިލްމީ މައިދާނަށް ނިކުންނާށެވެ." ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނެފައި ވަނީ ދަރިން ތަރުބިއްޔަތުކޮށް އިސްލާމްދީނަށާއި ގައުމަށް ވަފާތެރިބަޔަކަށް ހެދުމަށްޓަކައި ޓީޗަރުންގެ ދައުރު ބޮޑު ކަމަށެވެ. އެ ތަރުބިއްޔަތު ދަރިވަރުންނަށް ދެވޭނީ ކެތްތެރިކަމާއި ހިކުމަތްތެރިކަމާ އެކު ޓީޗަރުންގެ މަސްއޫލިއްޔަތު އަދާކޮށްގެން ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

"ތިޔަ އިއްޒަތްތެރި އެނދުރުން ކިޔަވައިދެއްވާ ކުދިންގެ ލޯތައް ހުއްޓިފައި ހުންނާނީ ތިޔަބޭފުޅުންގެ މައްޗަށްކަން ހަނދުމަކުރާށެވެ. އެކުދިންނަށް ރަނގަޅުކަމުގައި ފެންނާނީ ތިޔަ އެނދުރުން އެކުދިންނަށް ރަނގަޅުކަމުގައި ދެއްކި އެއްޗެކެވެ." ޚުތުބާގައި ވަނީ ބުނެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް