16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

އިންދިރާ ގާނދީގެ ބައޮޕިކްގައި ވިދްޔާ

  • ވިދްޔާ ވަނީ "އިންދިރާ: އިންޑިއާސް މޮސްޓް ޕަވަފުލް ޕްރައިމް މިނިސްޓަރ"ގެ ރައިޓް ވެސް ގަނެފައި
  • އެ ފޮތް ނެރުނީ ނޫސްވެރިއެއް ކަމަށްވާ ސާގަރިކާ ގޯސް

| | 12 ޖެނުއަރީ 2018 | ހުކުރު 10:49 | thahavahyd | |އިންދިރާ ގާނދީ -- ފޮޓޯ:ޓްވިޓަރ

އިންދިރާ ޕްރިޔަދަރްޝިނީ ގާންދީ (އިންދިރާ ގާންދީ) އަކީ އިންޑިއާގައި މިހާތަނަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ނުފޫޒު ގަދަ އެއް ބޮޑުވަޒީރެވެ.

މިދިޔަ އަހަރުގެ ތެރޭގައި އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ ސާގަރިކާ ގޯސް ވަނީ އިންދިރާ ގާންދީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ފޮތެއް ނެރެފައެވެ. "އިންދިރާ: އިންޑިއާސް މޮސްޓް ޕަވަފުލް ޕްރައިމް މިނިސްޓަރ" ގެ ނަމުގައި ސާގަރިކާ ނެރުނު ފޮތަށް ފިލްމެއް ހެދުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ސާގަރިކާ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އިންދިރާގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމުގައި ވިދްޔާ ބާލަން ފެންނާތީ އުފާވާ ކަމަށެވެ. ވިދްޔާ ވަނީ "އިންދިރާ: އިންޑިއާސް މޮސްޓް ޕަވަފުލް ޕްރައިމް މިނިސްޓަރ"ގެ ރައިޓް ވެސް ގަނެފައެވެ.

ވިދްޔާ ބުނެފައި ވަނީ އޭނާ ހުރީ ވަރަށް އުފަލުން ކަމަށެވެ. އޭނާ ހުރީ އިންދިރާ ގާނދީގެ ބައި ކުޅޭ ހިތުން ކަމަށާއި އެއީ އޭނާގެ ހުވަފެނެއް ކަމަށް ވިދްޔާ ވަނީ ބުނެފައެވެ. ވިދްޔާ ބުނީ އޭނާ މި ވާހައަކަށް ހަދާނީ ފިލްމެއް ކަމެއް އަދި ސީރީޒްއެއް ކަމެއް ނޭނގޭ ކަމަށެވެ. އަދި އެކަމަށް ވަގުތު ނަގާނެ ކަމަށް ވިދްޔާ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް