16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

ވިލިނގިލީގައި އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތަށް ކުޑަކުއްޖަކާ އެކު މީހަކު ހައްޔަރުކޮށްފި

  • އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައީ އެ ރަށުގެ އާންމުން

| | 12 ޖެނުއަރީ 2018 | ހުކުރު 09:35 | hucenhassan | |ގއ. ވިލިނގިލި: ދެ މީހުން ހައްޔަރު ކުރީ ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން -- ފޮޓޯ/ ރާއްޖެއެމްވީ -- ފޮޓޯ:ޙުސައިން ޙަސަން

ގއ. ވިލިނގިލީގައި އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތަށް ކުޑަކުއްޖަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައިގެ ތުހުމަތަށް ކުޑަކުއްޖަކާ އެކު އިތުރު މީހަކު ވިލިނގިލިން ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރާނެއެވެ.

ފުލުހުން އެ މައްސަލައާ ގުޅޭ ތަފްސީލެއް ނުދެއެވެ.

މިއަހަރުގެ މިހާތަނަށް ފުލުހުންނަށް ވަނީ ޖިންސީ މައްސަލަތަކާ ގުޅޭ ނުވަ މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލަތަކުގައި ބައެއް މީހުން ހައްޔަރުކޮށް ތަހުގީގު ހިންގަމުންދާއިރު، މިދިޔަ އަހަރު ވެސް ފުލުހުންނަށް ޖިންސީ މައްސަލަތަކާ ގުޅޭ 417 މައްސަލަ ހުށަހަޅާފައިވެއެވެ. އެ މައްސަލަތަކުގެ ތެރޭގައި ގަދަކަމުން ޖިންސީ އަމަލު ހިންގުމާއި އޮރިޔާންކާޑު އުފެއްދުމާއި ކުޑަކުދިންނާ މެދު ޖިންސީ އަމަލު ހިންގުމާއި އެއްޖިންސުން ގުޅުން ހިންގުމާއި ޖިންސީ ފުރައްސާރައިގެ ގިނަ މައްސަލަތައް ހިމެނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް