16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

ކޮޕަ ޑެލް ރޭ: ސެލްޓަ ވީގޯ ބަލިކޮށް، ކުއާޓަރ ފައިނަލްގެ ފަހު ޖާގަ ބާސެލޯނާ ހޯދައިފި

  • އަމިއްލަ ދަނޑުގައި ސެލްޓަ ވީގޯގެ މައްޗަށް ބާސާ ކުރިހޯދީ 5-0 އިން

| | 12 ޖެނުއަރީ 2018 | ހުކުރު 04:42 | @MohamedZaahir | |



ސެލްޓަ ވީގޯ ކޮޅަށް ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ -- ފޮޓޯ:ގެޓީ އިމޭޖާސް

ސްޕެނިޝް ކޮޕަ ޑެލް ރޭގެ ދެވަނަ ބުރުގައި ފަސޭހަކަމާ އެކު ސެލްޓަ ވީގޯ ބަލިކޮށް، މުބާރާތުގެ ކުއާޓަރ ފައިނަލުން ބާސެލޯނާ ޖާގަ ހޯދައިފިއެވެ.

ކޮޕަ ޑެލް ރޭގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ބުރާސްފަތި ދުވަހުގެ ރޭ، އަމިއްލަ ދަނޑުގައި ސެލްޓަ ވީގޯގެ މައްޗަށް ބާސެލޯނާ ކުރި ހޯދީ 5-0 އިންނެވެ. ސެލްޓަ ވީގޯގެ ދަނޑުގައި މި ދެ ޓީމް ކުޅުނު ފުރަތަމަ ލެގު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ވުމާއެކު، މުބާރާތުގެ ކުއާޓަރ ފައިނަލްގެ ޖާގަ ބާސެލޯނާ އަށް ކަށަވަރުވީ، 6-1ގެ އެގްރިގޭޓުން ކުރި ލިބިގެންނެވެ.

ބާސެލޯނާގެ ދަނޑު ކޭމްޕް ނޯގައި ކުޅުނު މިމެޗުގެ 13 ވަނަ މިނިޓުގައި އެޓީމަށް ކުރި ހޯދައިދިނީ އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީއެވެ.

އޭގެ ދެ މިނިޓް ފަހުން ބާސެލޯނާ އަށް ލީޑު ފުޅާކޮށްދިނީ ވެސް މެސީއެވެ. މެސީގެ ދެ ލަނޑު ވެސް ޖަހާފައި ވަނީ ޖޯޑީ އަލްބާ ދިން ބޯޅައަކުންނެވެ.

ބާސެލޯނާގެ ތިން ވަނަ ލަނޑު، މެޗުގެ 28 ވަނަ މިނިޓުގައި ޖަހައިދިނީ ޖޯޑީ އަލްބާއެވެ.

އޭގެ ތިން މިނިޓް ފަހުން، ބާސެލޯނާގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އުރުގުއާއީގެ ފޯވާޑް ލުއިސް ސުއަރޭޒްއެވެ.

މި ނަތީޖާގައި އޮވެ މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނުއިރު، ދެވަނަ ހާފްގައި ބާސެލޯނާ އަށް ޖެހުނީ އެންމެ ލަނޑެކެވެ.

މެޗު ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ބާސެލޯނާގެ ފަސްވަނަ ލަނޑު ޖަހައިދިނީ ކްރޮއޭޝިއާގެ މިޑްފީލްޑަރ އިވާން ރަކިޓިޗްއެވެ.

ބާސެލޯނާގެ އިތުރުން ކޮޕަ ޑެލް ރޭގެ ކުއާޓަރ ފައިނަލުން ޖާގަ ކަށަވަރުކޮށްފައި ވަނީ ރެއާލް މެޑްރިޑް، އެޓްލެޓިކޯ މެޑްރިޑް، ވެލެންސިއާ، ލެގާނޭސްގެ އިތުރުން އަލާވޭސް އަދި އެސްޕަނިޔޯލް އާއި ސެވިއްޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް