16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

ޔާމީން ހުރީކީ އިންތިޚާބަކުން ވެރިކަން ބަދަލުކުރަން ޖާގަދޭކަށް ނޫން، ވެރިކަން ބަދަލުވުން ގާތީ ރައްޔިތުންގެ ބާރުން ހަޑިގޮތަކަށް: މަހްލޫފް

  • ފަހު ވަގުތާ ޖެހެންދެން އިންތިޚާބެއް ހޯދަން މަސައްކަތް ކުރާނަން
  • ސަރުކާރުން ވަނީ އިންތިޚާބުތަކާ ބެހޭ ޤާނޫނު ބަދަލުކުރުމަށް ނިންމާފައި
  • ބަންޑާރަނައިބު ވިދާޅުވީ މިއަހަރުގެ ފުރަތަމަ ދައުރުގައި ހުށަހަޅާނެ ކަމަށް

| | 11 ޖެނުއަރީ 2018 | ބުރާސްފަތި 23:31 | dhonbandaara | |މަހްލޫފް މީޑިޔާތަކަށް މައުލޫމާތު ދެއްވަނީ: ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވޭ -- ފޮޓޯ:ރާއްޖެއެމްވީ

ރައީސް ޔާމީން ހުންނެވީކީ އިންސާފްވެރި އިންތިޚާބަކުން ވެރިކަން ބަދަލުކުރަން ޖާގަދޭން ނޫން ކަމަށާއި މިވެރިކަން ބަދަލުވުން އެންމެ ގާތީ ރައްޔިތުންގެ ބާރުން ހަޑިގޮތަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން އިންތިހާބާ ބެހޭ ގާނޫނުތަކަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް ބަންޑާރަނައިބު މުހައްމަދު އަނިލް ވިދާޅުވެފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އަނިލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގާނޫނާއި އާންމު އިންތިހާބާ ބެހޭ ގާނޫނާއި ރިޔާސީ އިންތިހާބުގެ ގާނޫނަށް ބަދަލު ގެންނާނެ ކަމަށެވެ. އަދި އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެންނަ ބަދަލުތައް ހިމަނައިގެން ބިލް މިހާރު ތައްޔާރުކޮށްފައިވާ ކަމަށާއި މި އަހަރު މަޖިލީހުގެ ފުރަތަމަ ދައުރުގައި ބިލް މަޖިލީހަށް ފޮނުވާނެ ކަމަށެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Hassan

5 ދުވަަސް ކުރިން

Panama ge kureege raees Noriega ge verikan nimunu goi dhiraasa kurravva efadha plan akah dhiyun .noon ehen evves gotheh neh

0
0