16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

އެސްޓީއޯ ސުޕަރމާޓުން އަނެއްކާ ވެސް ހުކުރު ދުވަހު ހިދުމަތް ދޭން ފަށަނީ

  • މިދިޔަ އަހަރުގެ މެދުތެރޭގައި އެސްޓީއޯ ސުޕަރމާޓުން ވަނީ ހުކުރު ދުވަސްތަކުގައި ހިދުމަތް ދިނުން މެދުކަނޑާލާފައި

| | 11 ޖެނުއަރީ 2018 | ބުރާސްފަތި 18:20 | sim_kamana | |އެސްޓީއޯ ސުޕަރމާޓް -- ފޮޓޯ:އާކައިވް

އެސްޓީއޯ ސުޕަރމާޓުން އަނެއްކާ ވެސް ކޮންމެ ހުކުރު ދުވަހަކު ހިދުމަތްދޭން ނިންމައިފިއެވެ.

މިދިޔަ އަހަރުގެ މެދުތެރޭގައި އެސްޓީއޯ ސުޕަރމާޓުން ވަނީ ހުކުރު ދުވަސްތަކުގައި ހިދުމަތް ދިނުން މެދުކަނޑާލާފައެވެ. އެހެން ނަމަވެސް މާދަމާ އިން ފެށިގެން ކޮންމެ ހުކުރު ދުވަހަކު ހިދުމަތްދޭން ނިންމާފައި ވަނީ ކަސްޓަމަރުންނަށް ވީހާ ވެސް ފަސޭހަ ގޮތެއް ހޯދައިދިނުމަށް ކަމަށް އެ ފަރާތުން ބުނެއެވެ.

އެސްޓީއޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާދަމާ އިން ފެށިގެން ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު 8.30 އިން 10.30 އަށް އެސްޓީއޯ ސުޕަރމާޓް ހުޅުވިފައި ހުންނާނެ ކަމަށެވެ. އަދި މީގެ އިތުރުން ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު 04.00 އިން ރޭގަނޑު 10.00 އަށް ވެސް ސުޕަރމާޓް ހުޅުވިފައި ހުންނާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 5:45 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ސުޕަރމާޓް ހުޅުވާފައި ހުންނާނެ ކަމަށެވެ.

ކޮންމެ ހުކުރު ދުވަހަކު ވެސް ސުޕަރމާޓް ހުޅުވަން ނިންމީ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށް އެސްޓީއޯ އިން ބުނެއެވެ.

  

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް