16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

އައިކްލައުޑް އެކައުންޓުތައް ޗައިނާ ކުންފުންޏަކުން އޮޕަރޭޓްކުރާ ގޮތަށް ހަމަޖައްސައިފި

  • އައިކްލައުޑްގެ ޑޭޓާ ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން ޓްރާންސްފަ ކުރެވޭނެ

| | 11 ޖެނުއަރީ 2018 | ބުރާސްފަތި 13:26 | sim_kamana | |ޗައިނާ މީހުން އައިފޯނާއި ކުޅެނީ -- ފޮޓޯ:ގެޓީ އިމޭޖާސް

އެޕަލްގެ އައިކްލައުޑް އެކައުންޓުތައް މި އަންނަ މަހުން ފެށިގެން ޗައިނާގެ ކުންފުންޏަކުން އޮޕަރޭޓް ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

އެޕަލްގެ ފަރާތުން ވަނީ ޗައިނާގައި ތިބި ކަސްޓަމަރުންނަށް ގުޅައި އައިކްލައުޑް އެކައުންޓުގެ އައު އުސޫލުތަކާއި ޤަވާއިދުތައް ބެލުމަށް އިލްތިމާސް ކޮށްފައެވެ.

ދެ ކުންފުނީގެ ދެމެދުގައި ހަދާފައިވާ އެއްބަސްވުމުގެ މާއްދާއެއް ބުނާގޮތުން އައިކްލައުޑްގައި ރައްކާ ކުރެވިފައިވާ ހުރިހާ ޑޭޓާއަކަށް އެކްސެސްވުމުގެ ހުއްދަ ދެ ފަރާތަށް ވެސް ލިބިގެންވާނެއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ޗައިނީޒް ސެކިއުރިޓީ ސައިބަރ ރޫލްޒް އިން ކަނޑައެޅި އުސޫލެއް  ބުނާ ގޮތުން ހުރިހާ ކުންފުންޏަކުން ޑޭޓާތަކެއް ޗައިނާގައި ރައްކާ ކުރެވެންވާނެއެވެ.

އައިކްލައުޑްގެ ޑޭޓާ ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން ޓްރާންސްފަ ކުރެވިގެންދާނެ ކަމަށް އެޕަލް ކުންފުނިން ބުނެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް