16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

އަލިތަކުރުފާނުގެ ޒިޔާރަތް: ހަށިކޮޅު ތަކަންދޫގައި، އިސްތަށިފުޅު ވަނީ ފުނަދޫގައި!

  • ތަކަންދޫގައި ޒިޔާރަތް ހުންަނަކަން އެނގެނީ ކިތައް ދިވެހިންނަށް
  • އެކަން ހިނގީ މީލާދީން 1572 ވަނަ އަހަރުގައި
  • ޢަލިތަކުރުފާނަކީ އުތީމް ހުސެއިން ޙަތީބު ތަކުރުފާނުގެ ދޮށީދަރިކަލުން

| | 11 ޖެނުއަރީ 2018 | ބުރާސްފަތި 04:41 | sampathmasiw | |



ޢަލިތަކުރުފާނު ޒިޔާރަތް -- ފޮޓޯ:މުހަންމަދު ވިސާމް

ހއ. ތަކަންދޫއަކީ ދިވެހި ރާއްޖޭގެ ތާރީޙާ ގުޅިފައިވާ ރަށެކެވެ. އެރަށް ހާއްސަ ވަނީ ދިވެހިންގެ މިނިވަންކަމާއި ގުޅިފައިވާ ރަށަކަށް ވުމުންނެވެ. ތާރީޙީ އެތައް ކަމެއް އެރަށުގައި ހިނގާފާއިވާއިރު، މިއަދު އެކަން އިނގެނީ ކިތައް ދިވެހިންނަށްތޯއެވެ. މި ދައްކަނީ ތޯތޯ ވާހަކައެއް ނޫނެވެ. އެރަށުގެ ފަސްގަނޑުން އެކަން ހެކިދެއެވެ. ތާރީހުގެ ސޮފުހާތަކުގައި އެރަށުގައި އެތައް ކަމެއް ހިނގާފައިވާކަން ލިޔެވިފައިވެއެވެ. އެއީ މީލާދީން 1570 ވަނަ އަހަރުގެ ތެރޭގައެވެ. އެ ދުވަސްވަރުގެ ހަނދާންތައް ގުޅިފައި ވަނީ ތަކަންދޫގައި ހުންނަ އަލިތަކުރުފާންގެ ޒިޔާރަތާއެވެ.

 

ޢަލިތަކުރުފާން ޒިޔާރަތް

ތަކަންދޫގައި ހުންނަ ޒިޔާރަތުގައި އަލިތަކުރުފާގެ ހަށިކޮޅު ވަނީ ފަސްދާނު ލެވިފައެވެ. އެ ޒިޔާރަތަކީ ޕޯޗްގީޒުން ޝަހީދުކުރި އުތީމު އަލިތަކުރުފާނުގެ ޒިޔާރަތެވެ. ޝަހީދުވި ޢަލިތަކުރުފާނަކީ އުތީމް ހުސެއިން ޙަތީބު ތަކުރުފާނުގެ ދޮށީދަރިކަލުންނެވެ. މައިކަނބަލަކީ މާރަންދޫ ކަމަނާއެވެ. މި ތަކުރުފާނުގެ ހަޔާތްޕުޅު ވޭތުކުރެއްވީ މީލާދީން 16 ވަނަ ގަރުނު ފެށުނުކޮޅުގެ އަހަރުތަކުގެ ތެރޭގައެވެ. އަލިތަކުރުފާނު ޝަޙީދު ކުރީ ޕޯޗްގީޒުން އަތްދަށުން ދިވެހި ރާއްޖެ ސަލާމްތްކުރުމަށް ކުރެވުނު ހަނގުރާމައިގައި މުހައްމަދު ތަކުރުފާނާއެކު އެ މަސައްކަތުގައި އުޅުއްވުމުގެ ތެރޭގައި ތަކަންދޫގައި ހުންނަވަނިކޮށް ފޯޗުގީޒުން ގެންގުޅުނު ދެކުނު އިންޑިޔާގެ (މަލާބާރި)  ހޮޅީންނެވެ.

ޢަލިތަކުރުފާން ޒިޔާރަތް

ހޮޅީން އަލިތަކުރުފާނު ޝަހީދު ކޮށްލުމަށް ފަހު އިސްތަށިފުޅު ހަށިކޮޅާ ވަކިކޮށްލިއެވެ. ނުވަތަ ބޯ ބުރިކޮށްލިއެވެ. އެތަކުރުފާނުގެ އިސްތަށިފުޅު ފަހުން މާލެ ގެނައެވެ. ތާރީޙީ ފޮތްތަކުގައިވާ ގޮތުން އަލިތަކުރުފާނުގެ އިސްތަށިފުޅު މާލެ ގެނައީ އޭރު މާލޭގައި ހުންނަ ހޮޅީންގެ ވެރިޔާއަށް ވެދުން ކުރުމަށެވެ. އެހެނަމަވެސް މާލޭގެ ބަޔަކު އެ އިސްތަށިފުޅު  ސިއްރިއްޔާތުގައި ނެގިއެވެ. ނައިގެން ގެންގޮސް މާލެ އަތޮޅު ފުނަދޫގައި ފަސްދާނުލީއެވެ. އަލިތަކުރުފާނުގެ ހަށިކޮޅު ތަކަންދޫގައި ފަސްދާނުލައިފައިވާއިރު އެ ތަކުރުފާނުގެ އިސްތަށިފުޅު  ވަނީ ކ. ފުނަދޫގައެވެ. އެހެން ނަމަވެސް ހިތާމައަކީ އަލިތަކުރުފާނަކީ އެ ހަނގަރުރާމައިގައި ޝަހީދުވި ފުތަރަމަ ބަތަލް ކަން ވެސް ތަކަންދޫގެ ގިނަ މީހުންނަން ނޭނގޭކަމެވެ. ތަކަންދޫގައި ޒިޔާރަތް ހުރި އިރު، އެކަން ހިނގީ މީލާދީން 1572 ވަނަ އަހަރުގައިކަން އިނގެނީ އެރަށުގެ ދުވަސްވީ މީހުންނަށެވެ. ޒުވާން ކުދިންނަށް އެކަންކަމެއް ނޭނގެއޭ ބުންޏަސް ދޮގަކަށް ނުވާނެވެ.

ކޮންމެއަކަސް ހ.އ އޮތޮޅަށް ކުރި ދަތުރެއްގެ ތެރޭގައި އަލިތަކުރުފާނުގެ ޒިޔާރަތް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ބަލާލުމުގެ ފުރުޝަތު އަޅުގަނޑަށް ލިބުނެވެ.

ޢަލިތަކުރުފާން ޒިޔާރަތް

ޒިޔާތަތުގެ ވާހަކަ އެރަށުގެ މީހުން ކައިރީގައި ދައްކާލުމުން ބުނީ ޒިޔާރަތް ބަލަން އެ އަތޮޅަށް ދިވެހިން މިހާރު ނާންނަ ކަމަށެވެ. އަދި އެ ޒިޔާރަތް ހިމާޔަތްކޮށް ބެލެހެއްޓުމުގެ ޒިންމާ ކޮންމެވެސް ބައެއްގެ ކޮޑުގައި ވަނީ އެޅިފައެވެ. މިއަދު އެކަން ކުރުމަށް ކަމާ ބެހޭ މުއައްސަސާތައް ވަނީ ނުކުޅެދިފައެވެ. މިއަދު އެ ޒިޔާރަތް ބަލަހައްޓަމުން ގެންދަނީ އެރަށުގެ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. ޒިޔާރަތުގެ ވަށާ ފާރެއް މިހާރު ލާފައިވާއިރު، އެ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމަށް މީހަކު ހަމަޖައްސައިފައިވެއެވެ. އެހެންނަމަވެސް މިހާ ހިސާބުން މިވާހަކަ ނިންމާލެވޭކަށް ނެތެވެ. ޒިންމާ އަދާކުރަން ތިބި މީހުންގެ ކޮޑުގައި އެޅިފައިވާ ޒިންމާ ފުއްދުނީ އަކީ ވެސް ނޫނެވެ އަންނަން އޮތް ޖީލުތަކަށް އެޒިޔާރަތަކީ ކޮބައިތޯ ކިޔާދެން ޖެހެއެވެ. ކޮންމެއަކަށް ރާއްޖޭގެ ކޮންމެ އަތޮޅަށް ބަލާލިއަސް ފެންނަނީ މިފަދަ ތަންތަން ވީރާނާވެ ނެތިގެންދާ ތަނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް