16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކޮށްފި

  • އެ ލިސްޓް އާންމުކޮށްފައިވަނީ ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލުގެ ދަށުން

| | 10 ޖެނުއަރީ 2018 | ބުދަ 22:14 | DeNaseer | |



މޯލްޑިވްސް އިންލޭންޑް ރެވެނިއު އެތޯރިޓީ (މީރާ) - ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް ވަނީ ހާމަކޮށްފަ -- ފޮޓޯ:މުހައްމަދު ޝަރުހާން

ނިމުނު އަހަރުގެ 3 ވަނަ ކުއާޓާގައި މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކޮށްފި އެވެ.

 

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އެތޯރިޓީ (މީރާ) އިން އާންމުކޮށްފައިވަނީ ނިމުނު އަހަރުގެ ތިން ވަނަ ކުއާޓާގައި ޓެކްސް ނުދައްކާ ފަރާތްތަކުގެ ލިސްޓެވެ. މީރާއިން ބުނެފައިވަނީ އެ ލިސްޓް އާންމުކޮށްފައިވަނީ ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލުގެ ދަށުން ކަމަށެވެ.

 

މިރާއިން އާންމުކޮށްފައިވާ ލިސްޓުގައި ވަނީ މާލެ، ހުޅުމާލެ އަދި ވިލިނގިލިން ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތަކެވެ. އޭގެއިތުރުން ޓޫރިޒަމް ދާއިރާއިން ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް ވެސް ހިމެނެ އެވެ.

 

މީރާއިން އާންމުކޮސްފައިވާ ލިސްޓުގައި ފެނަކައަށް ޑޮލަރު ދިނުމުގެ ނަމުގައި ހިންގި މުއާމަލާތްތަކުގައި ހިމެނޭ ޝަރޫ ލޯންޗު ސާރވިސްވެސް ހިމެނެ އެވެ.

 

ދައުލަތުގެ ޓެކްސް އިދާރާއިން ކޮންމެ ކުއާޓާއެއްގައި ވެސް ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް