16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

ޝެރީލް ސޭންޑްބާގް: ފޭސްބުކް ބޯޑު މެމްބަރަކަށް ހޮވުނު ފުރަތަމަ އަންހެނާ !

  • ފޭސްބުކް ކުންފުނީގައި މަސައްކަތް ކުރުމުގެ ދޮރު ޝެރީލް އަށް ހުޅުވިގެންދިޔައީ 2007 ވަނަ އަހަރު
  • ޝެރީލް އަށް ފޭސްބުކްގެ ޗީފް އޮޕަރޭޓިންގް އޮފިސަރގެ މަޤާމު ލިބުނުކަން ރަސްމީކޮށް ފޭސްބުކްގެ ފަރާތުން އިއުލާންކޮށްފައިވަނީ 2012 ވަނަ އަހަރު
  • އެމެރިކާގެ ޓައިމް މެގަޒިނުން ލިސްޓުކުރާ އެންމެ ނުފޫޒުގަދަ އަންހެނުންގެ ތެރޭގައި ޝެރީލްގެ ނަން ހިމެނުނު

| | 10 ޖެނުއަރީ 2018 | ބުދަ 18:42 | sim_kamana | |ފޭސްބުކްގެ ޗީފް އޮޕަރޭޓިންގް އޮފިސަރ ޝެރީލް ސޭންޑްބާގް -- ފޮޓޯ:ފޭސްބުކް

ފޭސްބުކް ކުންފުނީގައި މަސައްކަތް ކުރަން ލިބުމުން އެ ފުރުސަތަށް ނޫނެކޭ ބުނާނީ ކާކުތޯ؟ އެ ކުންފުންޏަކީ މުޅި ދުނިޔޭގައި މަޤްބޫލުކަން ހޯދާފައިވާ ކުންފުންޏެކެވެ. މިހާރުވެސް 20,658 ވުރެ ގިނަ މުވައްޒަފުންނާއިއެކު ފޭސްބުކް ކުންފުނި ދަނީ ހިންގަމުންނެވެ.

http://cdn.raajje.mv/posts-thumbnails/1515591692.jpg

ޝެރީލް ސޭންޑްބާގް އަށްވެސް ފޭސްބުކް ކުންފުނީގައި މަސައްކަތް ކުރުމުގެ މަގު ހުޅުވި، ފޭސްބުކްގައި މަސައްކަތް ކުރުމުގެ ޝަރަފު ލިބިގެން ދިޔައެވެ. އޭނާ އަށް އެ ފުރުސަތު ލިބިގެން ދިޔައީ 2012 ވަނަ އަހަރުގެ ޖޫން މަހު ފޭސްބުކްގެ އޭރުގެ ޑިރެކްޓަރުންގެ ބޯޑުން އޭނާ އެ ކުންފުނީގެ ޗީޕް އޮޕަރޭޓިންގް އޮފިސަރގެ މަޤާމަށް އައްޔަންކުރަން ނިންމުމާއި ގުޅިގެންނެވެ. މި ޝަރަފާއެކު އޭނާ އަށް އެހެން ޝަރަފެއް ވެސް ލިބިގެން ދިޔައެވެ. އެއީ ފޭސްބުކްގެ ބޯޑު މެމްބަރެއްގެ ގޮތުގައި ފުރަތަމަ ހިދުމަތް ކުރާ އަންހެންނަކަށްވުމުގެ ޝަރަފެވެ.

ފޭސްބުކް ކުންފުނީގައި މަސައްކަތް ކުރުމުގެ ދޮރު ޝެރީލް އަށް ހުޅުވިގެންދިޔައީ 2007 ވަނަ އަހަރު އޭނާގެ ރައްޓެއްސެއް ބޭއްވި ކްރިސްމަސް ޕާޓީއެއްގެ ތެރެއިންނެވެ. އެ ޕާޓީގެ ތެރެއިން އޭނާ އަށް ފޭސްބުކްގެ ފައުންޑަރ އަދި ސީއީއޯ މާކް ޒަކަބާރގް އާއި ދިމާވިއެވެ. އޭރު މާކް ފޭސްބުކް އަށް ސީއޯއޯ އެއް ރަސްމީކޮށް ހޯދަމުން ނުދިޔަ ނަމަވެސް ޝެރީލް އާއި ބައްދަލުވުމަށް ފަހު އެއީ އެ މަޤާމަށް އެންމެ ޤާބިލް މީހާ ކަމަށް އޭނާ ޤަބޫލުކުރެވުނެވެ. އަދި އެހިސާބުން އެ ވަޒީފާ ޝެރީލްއަށް ދޭން ނިންމިއެވެ. ޝެރީލް އަށް ފޭސްބުކްގެ ޗީފް އޮޕަރޭޓިންގް އޮފިސަރގެ މަޤާމު ލިބުނުކަން ރަސްމީކޮށް ފޭސްބުކްގެ ފަރާތުން އިއުލާން ކުރީ 2012 ވަނަ އަހަރުއެވެ.

ޝެރީލް ފޭސްބުކް އާ ގުޅުމަށް ފަހު އެންމެ ފުރަތަމަ ފެއްޓި މަސައްކަތަކީ ފޭސްބުކް ކުންފުނިން ލިބޭ ފައިދާތައް އިތުރުކުރާނެ ގޮތެއް ހޯދުމެވެ. އޭނާ ކުންފުންޏަށް ވަނުމުގެ ކުރިން ކުންފުނީގެ ވިސްނުން ހުރީ ހަމައެކަނި "ކޫލް" ސައިޓެއް މެދުވެރިކޮށް އާންމުގެ މަޤްބޫލުކަން ހޯދުމެވެ. ފޭސްބުކް އިން ބުނީ ޝެރީލް އެ ކުންފުނީގެ ބިޒްނަސް އޮޕަރޭޝަންތަކުގެ އިތުރުން ސޭލްސް، މާރކެޓިންގް، ބިޒްނަސް ޑިވަލޮޕްމަންޓް، ހިއުމަން ރިސޯސަސް، ޕަބްލިކް ޕޮލިސީ އަދި ކޮމިއުނިކޭޝަންސްގެ އޮޕަރޭޝަންސްތައް ބަލަހައްޓަމުންގެންދާ ކަމަށެވެ.

 
ޝެރީލް ވަނީ އެންމެ ނުފޫޒުގަދަ އަންހެނުންގެ ތެރޭގައި ލިސްޓް ކުރެވިފައެވެ. އަދި މުއްސަނދި މީހުންގެ ތެރެއިން ޝެރީލް އަކީ ފާހަގަކޮށްލެވޭ ފަރާތެކެވެ. އެގޮތުން އެމެރިކާގެ ޓައިމް މެގަޒިނުން ލިސްޓުކުރާ އެންމެ ނުފޫޒުގަދަ އަންހެނުންގެ ތެރޭގައި ޝެރީލްގެ ނަން 2012 ވަނަ އަހަރު ހިމެނިގެން ދިޔައެވެ. މީގެ އިތުރުން 2015 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޝެރީލްގެ މިލްކިއްޔާތުގައި އެއް ބިލިއަން އަށް ވުރެ ގިނަ ޔޫއެސް ޑޮލަރު އެބަހުއްޓެވެ. އަދި 2014 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޭނާގެ މުސާރަ އަކީ 15.5 މިލިއަން ޔޫއެސް ޑޮލަރެވެ.

މިހާރު އުމުރުން 48 އަހަރުވެފައިވާ ޝެރީލް އެންމެ ފުރަތަމަ ކައިވެނިކުރީ އުމުރުން 24 އަހަރުގައެވެ. އެހެން ނަމަވެސް އެ ކައިވެނި މާގިނަ ދުވަސްތަކެއް ނުވެ ވަނީ ރޫޅިފައެވެ. އެ ކައިވެނި ރޫޅުމަށް ފަހު ދެން ޝެރީލް ކައިވެނިކޮށްފައިވަނީ 2004 ވަނަ އަހަރުއެވެ.

http://cdn.raajje.mv/posts-thumbnails/1515591747.jpg

އެ ކައިވެނިވެސް ރޫޅުނުތާ ދުވަސްކޮޅެއް ފަހުން ޝެރީލް ސާރވޭ މަންކީގެ ސީއީއޯ ޑޭވް ގޯލްޑް ބާގްއާ ކައިވެނި ކުރިއެވެ. އެމީހުންގެ ކައިވެންޏަށް 11 އަހަރު އަހަރުގެ ތެރޭގައި ޑޭވް ކުއްލި ގޮތަކަށް މަރުވިއެވެ. ޑޭއިވް މަރުވީ 2015 ވަނަ އަހަރުގެ މެއި މަހު އަންހެނުންނާއި ދަރިންނާއެކު ޗުއްޓީ ހޭދަކުރަން ގޮސް އުޅެނިކޮށެވެ. އޭރު އެމީހުން ޗުއްޓީ ހޭދަކުރަމުން ދިޔައީ މެކްސިކޯގައި ހުންނަ ފޯ ސީޒަންސް ރިސޯޓުގައެވެ. އޭރު އޭނާގެ މަރާއި ގުޅިގެން ގިނަ ބަޔަކު ބުނަމުން ދިޔައީ އޭނާ ކުއްލި ގޮތަކަށް މަރުވީ ކަސްރަތު ކުރަމުން ދަނިކޮށް ޓްރެޑްމިލް އިން ވެއްޓުމުގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް ފަހުން ޕޯސްޓްމޯޓަމް ރިޕޯޓްތައް ދެއްކި ގޮތުން އޭނާގެ މަރުވީ ހިތުގެ މައްސަލައަކާ ގުޅިގެންނެވެ. ޝެރީލް އާއި ޑޭވްގެ ދިހަ އަހަރުވީ ކައިވެންޏަށް ވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ލިބިފައެވެ.

http://cdn.raajje.mv/posts-thumbnails/1515591719.jpg

ފިރިމީހާގެ ކުއްލި މަރާއި ގުޅިގެން ޝެރީލް އަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާ އަށް އެންމެ އުނދަގޫވީ ދަރިން ކައިރީގައި އެ ކުދިންގެ ބައްޕަ މަރުވި ވާހަކަ ބުނުމަށް ކަމަށް އޭނާ ވަނީ ބުނެފައެވެ. އެ ދުވަހަކީ ދުވަހަކު ވެސް ހަނދާނުން ނުފިލާނެ ދުވަހެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ. ފިރިމީހާ ދެކެވާ ލޯތްބާއި ފިރިމީހާ އެކުގައި ނެތް ނަމަވެސް އޭނާ މަތިން ހަނދާންވާ މިންވަރު ޝެރީލް ދިޔައީ ޑޭވް މަރުވުމަށްފަހު ވެސް ސޯޝަލް މީޑިއާގެ އެކި ޕޯސްޓުތައް މެދުވެރިކޮށް ހިއްސާ ކުރަމުންނެވެ.

ޝެރީލް އަކީ ހިތްވަރުގަދަ ކުޅަދާނަ އަންހެނެއްގެ އިތުރުން މޮޅު ލިޔުންތެރިއެކެވެ. އޭނާ ލިޔެފައިވާ އެކި ވާހަކަތަކުގެ މިލިއަނަކަށް ވުރެ ގިނަ ކޮޕީތައް ވަނީ ވިކިފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް