16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

ސިޔާސީ ލީޑަރުން ހައްޔަރުކޮށްގެން މޮޅެއް ނުލިބޭ، ފެންނަނީ ސަރުކާރު ރޭރުވާތަން!

  • ހައްޔަރު ކުރުމުގެ ޝަގާފަތް ނިމުމަކަށް ގެންނަންޖެހޭ
  • ސިޔާސީ މީހުން ހައްޔަރުކުރާވަރަކަށް ސަރުކާރު އިތުރު ޕްރެޝަރުތަކާއި ކުރިމަތިލާންޖެހޭ
  • އިދިކޮޅު ހުރިހާ ސިޔާސީ ފަރާތްތަކަށް ވަނީ އެކިއެކި ދައުވާތައް އުފުލާފައި

| | 10 ޖެނުއަރީ 2018 | ބުދަ 15:32 | @hirigaahusham | |ރައީސް މުހައްމަދު ނަޝީދު - އެމަނިކުފާނަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި -- ފޮޓޯ:އާކައިވް

ސިޔާސީ ލީޑަރުން ޖަލުގެ ކުޑަގޮޅީގައި ބަންދު ކުރުމުގެ ޝަގާފަތަކީ އެއްކޮށް ދޫކޮށްލަން ޖެހޭ ޝަގާފަތެއް ކަމަށް ފުރަތަމަ ވިދާޅުވީ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ. އެއީ ވަރަށް ގިނަ ސަބަބުތައް އެކަމުގެ ފަހަތުގައި އޮވެގެންނެވެ. 

ރައީސް މައުމޫނަކީ ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް އިބުރާހިމް ނާސިރުގެ ވެރިކަމުގައި ޖަލުގައި ބަންދު ކުރެއްވިއެވެ. ބުނެވޭ ގޮތުގައި އެއީ 1974 ވަނަ އަހަރެވެ. ޖަލުގައި 50 އެތައް ދުވަހަކު ރައީސް މައުމޫނު ހޭދަކުރެއްވުމުން ރައީސް ނާސިރަށް އެވަގުތައް ކޮންމެސް ވަރެއްގެ ހިތްހަމަ ޖެހިވަޑައިގަތުމެއް އޮވެދާނެއެވެ. 

ރައީސް ނާސިރުގެ ވެރިކަން ނިމި ރާއްޖޭގެ ވެރިކަމަށް ވަޑައިގަތީ ރައީސް މައުމޫނު އަބުދުލްގައްޔޫމެވެ. އެއީ ދިވެހިން ނިންމި ގޮތެވެ. ޖަލުގެ ކުޑަގޮޅީގެ ބިއްދޮށުގައި ދުވަސްތައް ހޭދަކުރެއްވިޔަސް ރައްޔިތުން މަގާމަކަށް އިންތިހާބު ކުރާ ވަގުތު ޖެހުމުން އެކަން ﷲގެ ވާގިފުޅާއެކު އެގޮތަށް ނިމިދިޔައީއެވެ. 

ރައީސް ނަޝީދު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެތައް ފަހަރަކު ޖަލުގެ ކުޑަގޮޅީގައި ބަންދު ކުރެއްވިއެވެ. އެއީ ރައީސް މައުމޫނުގެ ވެރިކަމުގައެވެ. އެތައް އަނިޔާއެއް ލިބިވަޑައިގެންނެވިއެވެ. ރައީސް މައުމޫނުގެ ވެރިކަން ނިމި ރާއްޖޭގެ ވެރިކަމުގެ މަގާމަށް ވަޑައިގަތީ ރައީސް މުހައްމަދު ނަޝީދެވެ. 

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މިހާރު ވެރިކަމުގައި ހުންނެވި ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމު ޖަލުގެ ކުޑަގޮޅީގައި ބަންދެއް ނުކުރައްވައެވެ. އެހެން ނަމަވެސް ރައީސް ޔާމީނު ވެސް އެހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައެވެ. 

ނަމަވެސް މިއަދު ސަލާމަތުން ހުންނެވި ސިޔާސީލީޑަރެއް ނުފެނެއެވެ. ކޯޓު ހުކުމެއް ނޫނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފައިމިވަނީ ރައީސް ޔާމީނުގެ ވެރިކަމުގައެވެ. 

ރައީސް ޔާމީނު ސަރުކާރުން އަމަލުތައް ބެހެއްޓި ގޮތުގެ ނަތީޖާއަކީ ރައީސް ޔާމީނު ސިޔާސީ ގޮތުން ބަލި ކުރަން އިދިކޮޅު ހުރިހާ ސިޔާސީލީޑަރުން އެކައްޗެއް ކިޔަމުން ދިޔުމެވެ. ރައީސް ޔާމީނު އިންތިހާބުން ބަލި ކުރުމަށް ކޮންމެ ގުރުބާނީއެއް ވުމަށް ވެސް ތައްޔާރަށް ތިއްބެވުމެވެ. 

ރައީސް ނަޝީދު އެދުވަހު އެވިދާޅުވީ ތެދުފުޅެކެވެ. ސިޔާސީ ލީޑަރުން ހައްޔަރުކޮށްގެން އަނދަގޮނޑިޖަހާ ހައްޔަރުކޮށްގެން ސިޔާސީ ގޮތުން ހޯދޭނެ އެއްވެސް ތާއީދެއް އަދި ނުފެނެއެވެ. ރައީސް ޔާމީނުގެ ފަހަތްޕުޅުގައި ސިޔާސީ ބުރަދަނެއް ހުރި ހަމަ އެންމެ ބޭފުޅެއްވެސް ނުފެނެއެވެ. އެހެނެއް ނޫނެވެ. މޮޔަ ގޮވާ ނަން މަޝްހޫރު މަދު ބޭފުޅުން ކޮޅެއް އެބަތިއްބެވިއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މާލޭ މުޙައްމަދު

4 ދުވަަސް ކުރިން

ރޭރުވާ މީހުން

0
0