16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

އަދީބުގެ ބޭސްފަރުވާއާ ގުޅިގެން އެކި ފަރާތްތަކުން ޓްވީޓްކުރަނީ އަދީބު ވިދާޅުވެގެން ކަމަށް ތުހުމަތުކޮށް ގޮޅި ރެއިޑްކޮށްފި

  • ގޮޅިއަށް ފޯނެއް ވައްދައިގެން އެކި މީސްމީހުންނަށް ގުޅަމުންދާ ކަމުގެ ތުހުމަތުގައި
  • އެކި ފަރާތްތަކުން ދަނީ އަދީބަށް ބޭސްފަރުވާ ފޯރުކޮށްދިނުމަށް ގޮވާލަމުން
  • ގޮޅި ރެއިޑްކުރީ މާލެ އިން ދިޔަ ފޮރެންސިކް ޑިޕަރޓްމެންޓުގެ ފުލުހުންތަކެއް

| | 10 ޖެނުއަރީ 2018 | ބުދަ 08:43 | azmoon_ahmed | |



ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ދޫނިދޫއަށް ގެންދަނީ -- ފޮޓޯ:މުހައްމަދު ޝަރުހާން

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ފޯނެއް ގެންގުޅުއްވާ ކަމަށް ތުހުމަތުކޮށް، އެމަނިކުފާނު ބަންދުކޮށްފައިވާ ގޮޅި ބަލާފާސްކޮށްފިއެވެ.

ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ދޫނިދޫގައި އަދީބު ބަންދުކޮށްފައިވާ ގޮޅި ބަލާފާސްކޮށްފައި ވަނީ ހޯމަ ދުވަހުގެ ރެއެވެ.

މައުލޫމާތު ދިން ފަރާތުން ބުނި ގޮތުގައި، ގޮޅި ބަލާފާސްކޮށްފައި ވަނީ، އަދީބު ފޯނެއް ގެންގުޅުއްވަމުންދާ ކަމަށް ބުނެއެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި، ގޮޅިއަށް ވަގަށް ފޯނެއް ވައްދައިގެން އަދީބު ގެންދަވަނީ އެކި ފަރާތްތަކަށް ގުޅުއްވައި، ބޭސްފަރުވާގެ ކަންތައްތަކަކާ ގުޅިގެން ޓްވީޓްކުރުމަށް އިރުޝާދު ދެއްވަމުންނެވެ.

އެ ތުހުމަތާ ގުޅިގެން އަދީބުގެ ގޮޅި ރެއިޑް ކޮށްފައި ވަނީ މާލެއިން ދޫނިދޫއަށް ދިޔަ ފޮރެންސިކް ޓީމަކުންނެވެ. މީގެ ކުރިން، ދޫނިދޫ ގޮޅިތައް ރެއިޑް ކުރަނީ ދޫނިދޫގައި ތިބޭ ފުލުހުންނެވެ.

ހުކުމް ތަންފީޒު ކުރަމުންދާ އެހެން ގައިދީންނާ ޚިލާފަށް މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން އަދީބު ބަންދުކޮށްފައިވަނީ ދޫނިދޫގައެވެ. މާފުށީ ޖަލުގައި ބަންދުކޮށްފައިވަނިކޮށް، އަދީބު ދޫނިދޫ އަށް ބަދަލުކުރީ ހޯމް މިނިސްޓަރުގެ އަމުރެއްގެ ދަށުން، ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ކަމަށް ބުނެއެވެ.

އަދީބުގެ ސިއްހީ ހާލުކޮޅު ދެރަވެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ. އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވާއިރު ލޮލަށް ގްލޮކޮމާ ޖެހިފައިވާ ކަމަށާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް އާއިލާ އާއި ވަކީލުން ބުނެއެވެ.

އަދީބަށް އިތުރު ފަރުވާ ދިނުމަށް ވީހާ ވެސް އަވަހަކަށް ރާއްޖެ އިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ސަރުކާރުން ވަނީ އެ ހުއްދަ އަދީބަށް ނުދިނުމަށް ނިންމާފައެވެ. ސަރުކާރުން ބުނަމުން ދަނީ އަދީބު ފިއްލަވާފާނެ ކަމަށާއި، އަދީބު ފިއްލަވައިފި ނަމަ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ.

އަދީބަށް ފުރިހަމައަށް ބޭސްފަރުވާ ފޯރުކޮށްދިނުމަށް އެކި ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އާންމުންގެ އެތައް ބަޔަކު ވެސް ދަނީ ބޭސްފަރުވާގެ ހައްގުން އަދީބު މަހުރޫމް ނުކުރުމަށް ގޮވާލަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހެސްކިޔާފަ

6 ދުވަަސް ކުރިން

ހެސްކިޔާފަ މުއްސަންދި ވުމަކީވެސް އަސާސީ ހައްގެއް، ހުރަސް އަޅައިގެން ނުވާނެ

1
0