16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

މާރުކޭޓް ގޮޅިތައް ޕީޕީއެމް އެމްޕީން އެދޭ ބަޔަކަށް ދޫކުރާނެ ކަމަށް ބުނާ ޗެޓް ލޮގެއް ލީކުވެއްޖެ

  • އެހެން ވިދާޅުވެފައިވަނީ ނިހާންގެ ނަމުގައި ކުރައްވާފައިވާ މެސެޖެއްގައި
  • އެކަމަށް މުއިއްޒުއަށާއި ރައީސް ޔާމީނަށް ޝުކުރު އަދާކުރައްވާފައިވޭ
  • މިޗެޓް ލޮގް ލީކުވެފައިވަނީ ޕީޕީއެމް މެންބަރުންނަށް ގޮޅި ދޫކުރާކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް

| | 9 ޖެނުއަރީ 2018 | އަންގާރަ 23:31 | dhonbandaara | |ޕީޕީއެމް ޕީޖީ ލީޑަރ ނިހާން: ޗެޓް ލޮގުގައި ވަނީ ނިހާން ކަމަށް ބެލެވޭ މީހެއްގެ މެސެޖެއް -- ފޮޓޯ:މުރުޝިދް އަބްދުލް ހަކީީމް

ދަތުރުވެރިންގެ މާރުކޭޓު ގޮޅިތައް ދިނުމުގައި ޕީޕީއެމްގެ އެމްޕީން އެދޭ ބަޔަކަށް ދޫކުރާނެ ކަމަށް ބުނާ ވައިބަރ ޗެޓް ލޮގެއް ލީކުވެއްޖެއެވެ.

ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ވައިބަރ ގުރޫޕެއް ކަމަށް ބެލެވޭ މި ވައިބަރ ޗެޓް ލޮގުން ހާމަވަނީ ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރ އަހުމަދު ނިހާން ކުރައްވާފައިވާ މެސެޖެކެވެ.

އެގުރޫޕްގައި ނިހާންގެ ނަމުގައި ކުރައްވާފައިވާ މެސެޖްގައި މެންބަރުންނާ މުޚާތަބު ކުރައްވާ ވިދާޅުވެފައިވަނީ ދަތުރުވެރިންގެ މާރުކޭޓަށް އެދިލެއްވި ހުރިހާ އެމްޕީއިންގެ ދާއިރާތަކުގެ މީހުންނަށް ހަމައަށް ގޮޅި ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީއިން ނިހާނަށް އަންގާފައިވާ ކަމަށެވެ. އަދި ހައުސިންގ މިނިސްޓަރ މުއިއްޒުއަށާއި ރައީސް ޔާމީނަށް ނިހާންގެ ނަމުގައި މެސެޖް ކުރައްވާފައިވާ ބޭފުޅާ ޝުކުރު އަދާކުރައްވާކަމަށް ވިދާޅުވެފައި ވެއެވެ.

ލީކުވި ޗެޓް ލޮގް

ރާއްޖެ އެމްވީއަށްވެސް ސްކރީން ޝޮޓެއްގެ ގޮތުގައި ލިބިފައިވާ މިޗެޓް ލޮގުގައި މިހެން ވިދާޅުވެފައިވާއިރު، މާލޭގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް އަންގާރަ ދުވަހުގެ ރޭ ރާއްޖެ ޓީވީގައި ވިދާޅުވީ މާރުކޭޓް ގޮޅިތަކާއި ގާޑިޔާތައްވެސް ދޫކުރަމުންދަނީ ޕީޕީއެމް މެންބަރުންނަށް ކަމަށެވެ. އަދި އެކަމުގައި އުޅުއްވަނީ މެޑަމް ފާތިމަތު އިބްރާހީމް ކަމަށާއި އެކަމުގެ ހެކިތަކާއެކު އެތައް ބަޔަކު މާލެ ސިޓީއާ އެވާހަކަތައް ހިއްސާކުރަމުންދާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ރ

6 ދުވަަސް ކުރިން

މީގެ ކޮބާ ޕީޕީއެމްގެ ދާއިރާތަށް ލިޔެފާ

1
4