24 އޭޕުރިލް 2019 | ބުދަ | 04 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

އިދިކޮޅު އިއްތިހާދު

އިދިކޮޅު އިއްތިހާދު: އަހަރުގެ ފުރަތަމަ ޖަލްސާ މާމިގިލީގައި، ތައްޔާރީތައް ފޯރިއާއިއެކުގައި

  • ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭ
  • ޖަލްސާގައި ޕާޓީތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފަ
  • ބަނދަރުގައި ޕާޓީތަކުގެ ފޮތިތައް ދެމުމާއި، ޖަލްސާ ބާއްވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެ ރަށު ރައްޔިތުން އަންނަނީ ބާރަށް ކުރިއަށްގެންދަމުން
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 9 ޖެނުއަރީ 2018 | އަންގާރަ 22:04 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  7. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  8. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ


މާމިގިލި ބަނދަރުމަތި - ޖަލްސާއަށް އެ ރަށް އަންނަނީ ވަރަށް ފުރިހަމައަށް ތައްޔާރުކުރަމުން -- ޓްވިޓަރ

މި އަހަރުގެ ފުރަތަމަ ޖަލްސާ، އދ. މާމިގިލީގައި ބޭއްވުމަށް އިދިކޮޅު އިއްތިހާދުން ވަރަށް ފުރިހަމައަށް ތައްޔާރުވާން ފަށައިފި އެވެ.

އިދިކޮޅު އިއްތިހާދުން މާމިގިލީގައި ބާއްވާ ޖަލްސާ، ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭގައެވެ. އެ ޖަލްސާގައި ޕާޓީތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

ޖަލްސާއަށް ގިނަ ތައްޔީރީތަކެއްވަމުން އަންނައިރު، ބަނދަރުގައި ޕާޓީތަކުގެ ފޮތިތައް ދެމުމާއި، ޖަލްސާ ބާއްވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެ ރަށު ރައްޔިތުން އަންނަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ. އަދި ޖަލްސާއަށް ގޮނޑި އެއްކުރުމުގެ މަސައްކަތްވެސްކުރާއި، މޭލެއިން ވެސް ގިނަ އަދަދެއްގެ ގޮނޑިތައް ވެސް ވަނީ މާމިގިލިއަށް ގެންގޮސްފަ އެވެ.

އޭގެއިތުރުން އިދިކޮޅު އިއްތިހާދުގެ އިސްވެރިންނަށް ހޫނު މަރުހަބާއެއް ކިޔުމަށް ވެސް އެ ރަށުން އަންނަނީ ތައްޔާރުވަމުންނެވެ.

 

 

މާމިގިލިއަކީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް ބޮޑު ތާއީދު އޮންނަ ރަށަކަށްވާއިރު، އެ ދާއިރާގެ މެމްބަރަކީ ވެސް ޤާސިމް އިބްރާހިމް އެވެ. ނަމަވެސް ބޭސްފަރުވާއަށް ޤައުމުން ބޭރުގައި ހުންނެވުމާއެކު ޤާސިމް އިބްރާހިމް ޖަލްސާގައި ބައިވެރިވެވަޑައެއް ނުގަންނަވާނެ އެވެ.

މާމިގިލި ޖަލްސާއަށް ފަހު އިދިކޮޅު އިއްތިހާދުގެ ހަރަކާތްތައް ފޯރިޔާއެކު އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް