16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

ނަޝީދުގެ ގަލަމުން: މާލީ ނިޒާމްގެ އިތުބާރު ގެއްލި، ބިކަވަނީ ކަޅު ފައިސާއާހުރެ!

  • މާލީ މައުލޫމާތު އެއްކުރައްވައި، ފާޑު ވިދާޅުވި
  • އިޤްތިޞާދު ވަނީ ހަ ޕަސެންޓަށް ދަށްވެފައި
  • އިގްތިސާދު ކުރިއަރަނީ ދެކުނު އޭޝިޔާގެ ޤައުމުތަކަށް ވުރެ ދަށްކޮށް

| | 9 ޖެނުއަރީ 2018 | އަންގާރަ 10:55 | hucenhassan | |ކުރީގެ ރައީސް ނަޝީދު: އިގްތިސާދީ ނަޒަރަކުން ފާޑުވިދާޅުވި-- ފޮޓޯ/ ރައީސް އޮފީސް -- ފޮޓޯ:އާކައިވް

ރާއްޖެ ފާހަގަވަމުން އަންނަނީ ކަޅު ފައިސާ ދައުރުކުރާ މަރުކަޒެއްގެ ގޮތުގައި ކަމަށާއި ރާއްޖޭގެ މާލީ ނިޒާމުގެ އިތުބާރު ގެއްލި، ދިވެހި އިޤްތިޞާދު ބިކަ ހާލުގައި ޖެހުމަށް މަގުފަހި ވަނީ އެ ސަބަބާ ހުރެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވެފައި ވަނީ "މިހާރު ނޫހުގައި" އެމަނިކުފާނު ލިޔުއްވާފައިވާ މަޒުމޫނެއްގައެވެ. އެކި އިދާރާތަކުން އާންމުކޮށްފައިވާ މައުލުމާތުތަކުގެ މައްޗަށް ބުރަވެ، ނަޝީދު ލިޔުއްވާފައި ވަނީ ދިވެހި ރާއްޖޭގެ އިޤްތިޞާދުގެ ކުރިއަރަމުން އަންނަ މިންވަރު ހަ ޕަސެންޓަށް ދަށްވެފައިވާ ކަމަށެވެ. ރާއްޖޭގެ އިގްތިސާދު ކުރިއަރަމުން ދަނީ ދެކުނު އޭޝިޔާގެ އެހެން ޤައުމުތަކުގެ އިޤްތިޞާދުތައް ކުރިއަރުމުންދާ މިންވަރާ އަޅާބަލާބަލާއިރު "މާ ދަށް" މިންވަރެއްގައި ކަމަށް ވެސް އެމަނިކުފާނު ލިޔުއްވާފައިވެއެވެ.

"ދިވެހި ރާއްޖޭގެ އިޤްތިޞާދުގެ ކުރިއަރަމުން އަންނަ މިންވަރު ހަ ޕަސެންޓަށް ދަށްވެއްޖެއެވެ. މިއީ ދެކުނު އޭޝިޔާގެ އެހެން ޤައުމުތަކުގެ އިޤްތިޞާދުތައް ކުރިއަރުމުންދާ މިންވަރާ އަޅާބަލާ ނަމަ އަމްދުން އަދި މާ ދަށް މިންވަރެކެވެ،" ނަޝީދު ލިޔުއްވާފައިވެއެވެ.

އަލްޖަޒީރާގެ "ސްޓީލިން ޕެރެޑައިޒް" ޑޮކިއުމެންޓްރީ އާއި އާންމުކޮށްފައިވާ ބައެއް މައުލޫމާތުތަކާ ހަވާލާ ދެއްވައި ނަޝީދު ވިދާޅުވެފައި ވަނީ މެލޭޝިޔާ ރައްޔިތަކު ދިވެހި ސަރުކާރުގެ ބައެއް އޮފިޝަލުން ހިމެނޭ ގޮތަށް ޓްރަސްޓް ކުންފުންޏެއް އުފައްދައި ކަޅުފައިދާ ދައުރުކުރުމަށް ކުރި މުއާމަލާތްތައް ފެންނަ އެބަ ހުރި ކަމަށެވެ. އަދި އެ މުއާމަލާތުގެ ތަފްސީލުތައް ނަޝީދުގެ މަޒުމޫނުގައި ލިޔުއްވާފައިވެއެވެ.

"ތަން ކުއަން ޔޫ [މެލޭޝިއާގެ ރައްޔިތެއް] ސާފުކޮށްދޭ ގޮތުގައި، 500 މިލިއަން ޔޫރޯ ނުވަތަ އެ އަދަދުގެ އެމެރިކާ ޑޮލަރު ރާއްޖެ އެތެރެކުރުމުގެ ކަންކަމާ ގުޅިގެން، ފަންޑު ބަދަލުކުރުމަށް އެ މީހުންގެ ބައިވެރިވުން އޮވެ އެވެ،" ނަޝީދު ލިޔުއްވާފައިވެއެވެ.

ކަޅު ފައިސާ ދައުރު ކުރުމަށް މެލޭޝިއާގެ މީހާގެ ކުރި މުއާމަލާތްތައް ހިމެނޭ އީމޭލްތަކަކީ އަލްޖަޒީރާ ޑޮކިއުމަންޓްރީން ލިބެން ހުރި މަޢުލޫމާތުތަކެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ފުލުސް އޮފީހުންނާއި ކަމާ ގުޅޭ އެހެން ފަރާތްތަކުން މި މައްސަލަ ބަލާ ތަހުޤީގު ކުރުން މުހިންމުވަނީ، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުމަށް، ދިވެހިރާއްޖޭގެ މާލީ ނިޒާމުގެ މައްޗަށް އިތުބާރު ހިފެން ޖެހޭ ކަމުންނެވެ،" މިހާރު ނޫހުގައި ނަޝީދު ލިޔުއްވާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް