19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ހަލާލު މުދާ ހޯދުން

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

  • އަމިއްލަ މަސައްކަތުން ހޯދާ މުދަލީ އެންމެ ހަލާލުކަން ބޮޑު މުދާ
އަހްމަދުﷲ ޖަމީލް | adjameel

| 7 ޖެނުއަރީ 2018 | އާދީއްތަ 14:44 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި
  8. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!


އަމިއްލަ މަސައްކަތުން ހޯދާ މުދަލީ އެންމެ ހަލާލުކަން ބޮޑު މުދާ -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

އެންމެހައި އިންސާނުން، ވަކިން ޚާއްޞަކޮށް މުސްލިމުން ޙަލާލު ގޮތުގައި މުދާ ހޯދައި ކާންޖެހޭ ވަރަށްގިނަ ސަބަބުތައް ވެއެވެ. އެ ސަބަބުތަކަށްޓަކައި އިންސާނުން ޙަލާލު ގޮތުގައި ރިޒުޤް ހޯދުމަށް މަސައްކަތްކުރުމަކީ ވަރަށް މުހިއްމުކަމެކެވެ.

ފުރަތަމަ ސަބަބަކީ: މުސްލިމުންނަށް ޙަލާލު ގޮތުގައި ރިޒުޤް ހޯދައި ޙަލާލު ރަނަގަޅު ތަކެތި ކެއުމަށް الله سبحاىه وتعالى އާއި އެކަލާނގެ ނަބިއްޔާ މުޙައްމަދު z އަށް އަންގަވާފައި ވާ ކަމެވެ. އަދި ހަމަ އެފަދައިން އެމީހެއްގެ އަނބިދަރިނަށް ވެސް ޙަލާލު ތަކެތި ކާންދިނުމަށް އަންގަވައި އިރުޝާދު ދެއްވާފައި ވާތީއެވެ. އެންމެހައި މަޚުލޫޤާތެއް ނެތުމުގެ ތެރެއިން ވުޖޫދަށް خلق ކުރައްވައި އެ މަޚުލޫޤާތްތަކަށް ރިޒުޤް ދެއްވައި ހުރިހާކަމެއް ބައްލަވައި ވޮޑިގެންވާ ربّ العزّة والجلال މީސްތަކުންނާއި މުޚާޠަބްކުރައްވައި ސޫރަތުލްބަޤަރާގެ 168 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ އާޔަތުގެ މާނައަކީ: "އޭ މީސްތަކުންނޭވެ! ބިމުގައިވާ ތަކެތީގެ ތެރެއިން ޙަލާލު ރަނގަޅު ތަކެތި ތިޔަބައި މީހުން ކައިއުޅޭށެވެ. އަދި ޝައިޠާނަގެ ފިޔަވަޅުތަކަށް ތިޔަބައި މީހުން ތަބަޢަ ނުވާށެވެ! އެހެނީ ހަމަކަށަވަރުން ޝައިޠާނާއަކީ ތިޔަބައިމީހުންނަށް ކަނޑައެޅި ބަޔާންވެގެންވާ ޢަދާވާތްތެރިއެކެވެ." އަދި ވެސް الله وتعالى ވަނީ މިއަމުރުފުޅު ވަކިން ޚާއްޞަކޮށް މުއުމިނުންނަށް އަންގަވާފައެވެ. ބަޤަރާ ސޫރަތުގެ 173 އާޔަތުގައި ވަނީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައި މީހުންނަށް ދެއްވި ރަނގަޅު ތަކެތީން ތިޔަބައި މީހުން ކައި އުޅޭށެވެ! އަދި ތިޔަބައި މީހުން ހަމައެކަނި الله އަށް އަޅުކަން ކުރާކަމުގައި ވާނަމަ އެކަލާނގެއަށް ޝުކުރުވެރިވާށެވެ!"

ދެވަނަ ސަބަބަކީ: އިންސާނުން ދުނިޔޭގައި އުޅޭއިރު މުޞީބާތްތަކާއި ބަލިމަޑުކަމާއި އެނޫން ވެސް ތަފާތު އެތައް ކަމެއް ދިމާވުމުން އެކަންތަކުން ސަލާމަތް ވުމަށާއި ރަނގަޅު ކަންކަން ލިބިގަތުމަށް الله سبحاىه وتعالى އާއި ކުއްތަންވެ ދުޢާ ދަންނަވަން ޖެހެއެވެ. އަދި ކޮންމެ މުސްލިމަކީ ވެސް އެމީހެއްގެ އާޚިރަތް ބައްޖަވެރި ކުރުމަށް، الله ގެ ޙަޟްރަތުގައި ދުޢާ ދަންނަވަންޖެހޭ މީހެކެވެ. އެހެންކަމުން ކީރިތި މާތް ނަބިއްޔާ އެކަލޭގެ ފާނުގެ އުއްމަތަށް އަންގަވައި ދެއްވާފައި ވަނީ ޙަލާލު ނޫން އެބަހީ ޙަރާމް ގޮތުގައި ރިޒުޤް ހޯދައިގެން ކައި އުޅޭ މީހުންގެ ދުޢާ الله سبحاىه وتعالى އިޖާބަ ނުކުރައްވާނެ ކަމުގައެވެ. އަލްއިމާމު މުސްލިމު އެކަލޭގެފާނުންގެ ޞަޙީޙުގައި ރިވާކުރައްވާފައި ޙަދީޘުގެ މާނާގައި ވެއެވެ. " މާތްﷲ އެކަލޭގެފާނަށް ރުއްސުންލެއްވި އަބޫ ހުރައިރާ ވިދާޅުވެފައިވެއެވެ. ރަސޫލާހަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން الله އީ އެކަލާނގެއަށް ހުރިހާ ހެޔޮ ރަނގަޅު ކަމެއް ނިސްބަތްވެ ވޮޑިގެންވާ ކަލާނގެއެވެ. އެކަލާނގެ ހެޔޮ އެއްޗެއް މެނުވީ ޤަބޫލުފުޅު ނުކުރައްވައެވެ. ހަމަކަށަވަރުން الله ވަނީ އެކަލާނގެ ރަސޫލު ބޭކަލުންނަށް ޙަލާލު ރަނގަޅު ތަކެތިން ފަރީކުޅުއްވާ އުޅުއްވުމަށް އެންގެވި ފަދައިން މުއުމިނުންނަށް ވެސް ޙަލާލު ރަނގަޅު ތަކެތިން ކައިއުޅުމަށް އަންގަވާފައެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. "އޭ ރަސޫލުންނޭވެ! ޙަލާލު ރަނގަޅު ތަކެތީން ތިޔަބޭކަލުން ފަރީކުޅުއްވައި އުޅުއްވާށެވެ!" އަދި ވެސް އެހެން އާޔަތެއްގައި ވަޙީކުރައްވާފައި ވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަން ރަސްކަލާނގެ ތިޔަބައި މީހުންނަށް ދެއްވި ރަނގަޅު ތަކެތީން ތިޔަބައި މީހުން ކައި އުޅޭށެވެ! އެއަށްފަހު ޙަދީޘްކުރެއްވިއެވެ. ދަތުރުވެރިޔާ ދަތުރުމަތީގައި ގިނައިރުވެ ވަރުބަލިވެ ބޯހޭވިފައި ހުންނަ ޙާލުގައި އޭނާގެ ދެއަތް މައްޗަށް އުފުލައި ދުޢާދަންނަވާނެތެވެ. އޭ ހައްދަވާ ބޮޑުކުރައްވާ އިލާހެވެ! އޭ ހައްދަވާ ބޮޑުކުރައްވާ އިލާހެވެ! ދުޢާ ދަންނަވާ އެ މީހާ ކައި އުޅޭ ކާތަކެއްޗަކީ ޙަރާމްތަކެއްޗެވެ. އަދި އޭނާ ބޮއި އުޅޭ ބުއިމަކީ ވެސް ހަރާމް ތަކެއްޗެވެ. އަދި އޭނާ ލައިއުޅޭ ތަކެއްޗަކީ ވެސް ޙަރާމް ތަކެއްޗެވެ. އޭނައަށް ކުޑައިރު ކާންދެވިފައި ވަނީ ޙަރާމް ތަކެއްޗެވެ. އެހެންކަމުން އޭނާގެ ދުޢާ އިޖާބަ ކުރެއްވޭނީ ކޮންގޮތަކުން ހެއްޔެވެ!"

ތިންވަނަ ސަބަބު: ޢިލްމުވެރިން ވިދާޅުވާގޮތުގައި މުސްލިމު އަޅާ އެއްމެބޮޑު އަހުމިއްޔަތެއް ދޭންޖެހޭ އެއް ކަމަކީ، އެނާގެ ހިތަކީ އެއްމެހައި ނުރައްކާތެރި ބަލިތަކުން ސަލާމަތް ވެފައިވާ، ތެދުވެރި ހިތެއްކަމަށް ހެދުމެވެ. އެހެނީ އެމީހެއްގެ ހިތަށް ކުރާ ނުބައި އަސަރަކީ ވެސް އަދި ރަނގަޅު އަސަރަކީ ވެސް އޭގެ ސަބަބުން އެމީހެއްގެ އެއްމެހައި ގުނަވަންތަކަށް އެ އަސަރު ކުރުވާނެ ކަމެކެވެ. އެމީހެއްގެ ހިތަކީ ޙަރާމް ތަކެތި ކައިގެން އުފެދިފައިވާ ލޭ ދައުރުކުރާ ހިތެއް ކަމުގައި ވާނަމަ އެމީހަކު ތަޤުވާވެރި ވަރަޢުވެރި ރަނގަޅު މީހަކަށް ނުވާނެއެވެ.

އެއްދުވަހަކު އަލްއިމާމު އަޙުމަދު ބުނު ޙަންބަލް ރަޙިމަހު الله އަށް ދެންނެވުނެވެ. އޭ އަބޫ ޢަބުދު الله އެވެ. ހިތްތަކަށް ޖެހޭ ނުބައި ބަލިތަކުގެ ޝިފާއަކީ ކޮބައިތޯއެވެ؟ އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ޙަލާލު ގޮތުގައި މުދާހޯދުމެވެ. މުސްލިމު ޢިލްމުވެރިއަކަށް ދެންނެވުނެވެ. އަޅުގަނޑުމެންނަށް ތަޤުވާވެރިވުމަށާއި، ޒުހުދުވެރި ވުމަށާއި، ވަރަޢަ ވެރިވުމަށް ބޭނުންވާ ކަންތައް ލިޔެ ދެއްވަފާނަން ތޯއެވެ؟ އޭގެ ޖަވާބުގައި އެމީހުންނަށް ލިޔެދެއްވީ "كتاب البيوع" (ވިޔަފާރީގެ މުޢާމަލާތު ކުރާނެގޮތުގެ ބާބު) އެވެ. އެކަލޭގެފާނަށް އެމީހުން ދެއްނެވިއެވެ. މާތް الله ކަލޭގެފާނަށް ރަޙުމަތް ލައްވާށިއެވެ! އަޅުގަނޑުމެން ކަލޭގެފާނުގެ އަރިހުން އެދުނީ ތަޤުވާވެރި ވުމަށާއި ޒުހުދުވެރި ވުމަށާއި ވަރަޢު ވެރިވުމަށް ބޭނޫންވާ ކަންތައްތަކާއި ބެހޭގޮތުންނެވެ. ނަމަވެސް ކަލޭގެފާނު އަޅުގަނޑުމެންނަށް ތިޔަ ދެއްވެވީ ރިޒުޤު ހޯދުމާއި ވިޔަފާރީގެ މުޢާމަލާތު ކުރާނެ ކަންތަކާއި ބެހޭގޮތުންނެވެ. ދެން އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. އެމީހަކު ހޯދާ ރިޒުޤަކީ ޙަލާލު އެއްޗެއްކަމުގައި ވެފައި އެމީހަކު ކައި އުޅޭ ތަކެއްޗަކީ ރަނގަޅު ޙަލާލު ތަކެތި ކަމުގައި ވެއްޖެ މީހާ އަކީ ހަޤީޤީ ތަޤުވާވެރި ވަރަޢުވެރިއާއެވެ.

މާތް ނަބިއްޔާގެ އަޞްޙާބުންނާއި، ތާބިޢީ ބޭކަލުން ދިރި އުޅުއްވީ ޙަލާލު ނޫން އެއްޗެއް ފަރީއްކުޅުއްވިދާނެތީ ވަރަށްބޮޑަށް ރައްކާތެރިވެ ވަޑައިގެންނެއެވެ. އެބޭކަލުން އަބަދުމެ ތިއްބަވަނީ އެފަދަކަމެއް އެނގިވަޑައި ނުގެއްނެވުގެ ތެރޭގައި ވެސް ފަރިއްކުޅެއްވިދާނެތީ ބިރުފުޅުންނެވެ. އެހެނީ މާތް ނަބިއްޔާ ަނީ ކޮންމެ ވެސް ދުވަހަކުން ދުނިޔޭގައި އުޅޭނެ ބަޔަކު އެފަދަ ކަންކަމަށް ފަރުވާލެއް ނުބަހައްޓާނެ ކަމުގެ ޚަބަރު ދެއްވާފައެވެ. އަލްއިމާމުލް ބުޚާރީ ރަޙިމަހުﷲ ތަޢާލާ ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. "މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ ވިދާޅުވިއެވެ. ނަބިއްޔާ ޙަދީޘްކުރެއްވި އެވެ. މީސްތަކުންގެ މައްޗަށް ޒަމާނެއް އަންނާނެއެވެ. އެދުވަސްވަރު ދުނިޔޭގައި އުޅޭ މީހުން ކެއުމަށާއި، ބުއިމަށް ހޯދާ ތަކެއްޗަކީ ޙަލާލު ގޮތުގައި ހޯދި ތަކެތިތޯ؟ ނުވަތަ ޙަރާމް ގޮތުގައި ހޯދި ތަކެތިތޯ ބެލުމެއް ނެތި އެ ކައިބޮއި ހަދާނެއެވެ.

އަޞްހާބުބޭކަލުން މިފަދަ ކަންތައްތަކަށް ރައްކާތެރިވެ ވަޑައިގަތް މިންވަރު އަންނަނިވި ޙާދިޘުން އެނގިގެން ދެއެވެ. އަލްއިމާމުލް ބުޚާރީ ރިވާކުރައްވާފައިވެއެވެ. ހަމަކަށަވަރުން އަބޫ ބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހުގެ އަރިހުގައި ގެންގުޅުއްވި އަޅަކު އެއްދުވަހަކު އެކަލޭގެފާނަށް ކާއެއްޗެއް ފަރީއްކޮޅުއެރުވުނެވެ. އެހިނދު އެކަލޭގެފާނު އެ އެއްޗެއް ފަރީއްކުޅުއްވިއެވެ. އެކަލޭގެފާނު ފަރީއްކުޅުއްވައި ނިމިވަޑައިގަތުމުން އެ އަޅުމީހާ ދަންނަވައިފިއެވެ. އޭ އަބޫބަކުރުގެފާނެއެވެ. ދެންމެ ތިޔަ ފަރީއްކުޅުއްވި އެއްޗާއި ބެހޭގޮތުން (އެބަހީ އެއީ ކޮންގޮތަކަށް ކިހިނެއް ހޯދި އެއްޗެއްތޯ) ކަލޭގެފާނު ސުވާލު ނުކުރައްވަމެއް ނޫންތޯއެވެ؟ ދެން އަބޫބަކުރުގެފާނު އެ އަޅުމީހާ އާއި އެ ފަރިއްކުޅުއްވި ތަކެތި ލިބުނުގޮތާ މެދު ސުވާލުކުރެއްވިއެވެ. އޭނާ ދެންނެވިއެވެ. ތިމަންނާ އަކީ ޖާހިލިއްޔަ ޒަމާނުގައި ކަހީނުކަން ކޮށް އުޅުނު މީހަކީމެވެ. އެ ދުވަސްވަރު އެ ކަހަލަ ކަމެއް ކޮށްދިން މީހަކާއި ދިމާވުމުން އެމީހާ ތިމަންނާއަށް ދިން ކާ އެއްޗެކެވެ. ދެން އަބޫބަކުރުގެފާނު އެކަލޭގެފާނުންގެ ކަރފުޅުގެ ުތެރެއަށް އިނގިލިފުޅު ބޭނުއްވުމަށް ފަހު އެ ކެއި އެއްޗެތި ހޮޑަށް ބޭރުކޮށް ލެއްވިއެވެ. އަދި ވިދާޅުވިއެވެ. މާތް الله ގަންދެއްވައި ވިދާޅުވަމެވެ. ތިމަންކަލޭގެފާނު ފަރީކުޅުއްވި ތަކެތި ނެރުމަށްޓަކައި ތިމަންކަލޭގެފާނުގެ ފުރާނަފުޅު ގޮސްގެން ނެރެންޖެހުނު ކަމުގައި ވީނަމަ ވެސް ތިމަންކަލޭގެފާނު އެކަން ކުރެއްވީމުހެވެ. އެހެނީ ތިމަންކަލޭގެފާނުގެ މިތުރު ރަސޫލާ ޙަދީޘްކުރެއްވި އަޑު އެއްސެވީމެއެވެ. އެޙަދީޘުފުޅުގެ މާނާގައި ވެއެވެ. "ޙަރާމްތަކެތި ކައިގެން ބޮޑުވެފައިވާ ކޮންމެ ހަށިގަނޑަކަށް އެއްމެ އައުލާކަން ބޮޑީ ނަރަކައެވެ. މާތްﷲ އަށް ބިރުވެތިވެ އެކަލާނގެ އެންގެވިފަދައިން ޙަލާލު ތަކެތި ކައިބޮއި ހަދާނަމަ އެމީހަކަށް ރިޒުޤް ތަނަވަސް ކޮށްދެއްވާނެކަމަށް މާތް الله ވަނީ ވަޢުދުވެ ވޮޑިގެންފައެވެ. އެކަލާނގެ ވަޙީ ބަސްފުޅުގެ މާނާގައި ވެއެވެ. "ފަހެ الله އަށް ތަޤްވާ ވެރިވާ މީހާ ދަންނާށެވެ! އެކަލާނގެ އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ."

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް