25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ފަލަ މީހާ

ދުނިޔޭގެ އެންމެ ފަލަ މީހާ ޑައިޓް ކުރަން ފަށައިފި

  • ފްރޭންކޯ ބަރުދަނުގައި 595 ކިލޯ ގްރާމް ހުރި އިރު އޭނާގެ އުމުރަކީ 33 އަހަރު
ރާއްޖެ އެމްވީ | raajje.mv

| 6 ޖެނުއަރީ 2018 | ހޮނިހިރު 18:47 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  3. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  4. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  5. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


ފްޜޭންކޯ ސިއްހީ ފަރުވާ ހޯދުމަށް ގިނަ ދުވަސް ތަކަކަށް ފަހު ގެއިން ބޭރަށް ނުކުންނަނީ -- ބީބީސީ

ދުނިޔޭގެ އެންމެ ފަލަ މީހާގެ ގޮތުގައި ބެލެވޭ ބަރުދަނުގައި ގާތްގަނޑަކަށް ބައި ޓަނު ހުރި މެކްސިކޯގެ ރައްޔިތެއް ކަމުގައިވާ ހުއާން ޕޭޑްރޯ ފްރޭންކޯ އޭނާގެ ބަރުދަން ލުއި ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އުމުރުން 33 އަހަރުގެ ފްރޭންކޯ ބަރުދަނުގައި 595 ކިލޯ ގްރާމް ހުރި އިރު އޭނާގެ އުމުރަކީ 33 އަހަރެވެ.

ފްރޭންކޯ ވަނީ ދުނިޔޭގައި ހުރި އެންމެ ފަލަ މީހާގެ ގޮތުގައި ގިނިސް ބުކް އޮފް ވާރލްޑް ރެކޯޑްސް އިން 2017 ވަނަ އަހަރު ޖާގަ ހޯދާފައެވެ.

އެނދުމަތީގައި ފާއިތުވި އެތައް އަހަރެއް ހޭދަ ކުރަންޖެހިފައިވާ ފްރޭންކޯ ބީބީސީ އަށް ކިޔައި ދިން ގޮތުގައި އުމުރުން 17 އަހަރުގައި އޭނާ އަށް ކުރިމަތިވި ކާރު އެކްސިޑެންޓެއްގެ ސަބަބުން އޭނާގެ ހަށިގަނޑުގެ ދެ ބައިކުޅަ އެއްބައި މުޅިން ހަލާކު ވެގެން ދިޔައެވެ. އެހެން ނަމަވެސް ޑޮކްޓަރުން ބުނަނީ ފްރޭންކޯގެ ހަށިގަނޑު އެހާ ބޮޑަށް ފަލަވެގެން ދިޔަ ސަބަބު އެމީހުންނަށް ވިސްނައި ގަންނަން ވެސް ނޭނގޭ ކަމަށެވެ.

ފްރޭންކޯގެ ހަށިގަނޑު އާދަޔާ ޚިލާފަށް ފަލަވުމުގެ ސަބަބުން ހަކުރު ބައްޔާއި، ލޭމައްޗަށް ދިއުމާއި، ތައިރޮއިޑް ބަލި ހުންނަ ކަމަށް ރިޕޯޓު ތަކުގައި ވެއެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ފްރޭންކޯ ވަނީ ޑޮކްޓަރުންނާ ގާތުގައި ދިރި އުޅުމަށް އޭނާ ދިރިއުޅޭ ގެ ވެސް ބަދަލު ކޮށްފައެވެ. އަދި ޑޮކްޓަރުންގެ އެހީއާ އެކު ހަށިގަނޑުން އޭނާގެ ބަރުދަނުގެ ތިން ބައިކުޅަ އެއްބައި ލުއި ކުރެވުނު ކަމަށް ވެއެވެ.

ފްރޭންކޯ އަށް މިހާރު ފަރުވާ ދެމުންދަނީ 30 ޑޮކްޓަރުން ހިމެނޭ ޓީމަކުންނެވެ.

މީގެ ކުރިން ފްރޭންކޯ އަށް ފަރުވާ ދިނުމަށް އެތައް ޑޮކްޓަރުންނެއް އިންކާރު ކުރި ކަން ވެސް އޭނާ ފާހަގަ ކުރެއެވެ.

އާދަޔާ ޚިލާފަށް ފަލަ މީހުންނަށް ފަރުވާ ދިނުމަށް ބައެއް ޑޮކްޓަރުން ދެކޮޅު ހަދަނީ އެމީހުންގެ ފަރުވާ އަށް ބައެއް ޚާއްސަ އާލާތްތައް ބޭނުން ވުމާއި، ބާއްވާނެ އެނދުގެ މައްސަލަ ކުރިމަތި ވުމާއި، އޮޕަރޭޝަން ރޫމްގެ ދަތިކަމުގެ އިތުރުން، ބައެއް ޑޮކްޓަރުންގެ ނަޒަރުގައި އިންތިހާ އަށް ފަލަވަމުގެ މައްސަލައަކީ އެމީހެއްގެ ކުށުން ކުރިމަތިވި ކަމެއް ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް