25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ޖިންސީ ގުޅުމުން ބަލިޖެހުން

ޖިންސީ ގުޅުން ހިންގުމުގެ ކުރިން އަންހެނުން ކުޑަކަމު ދިޔުމަކީ ނުރައްކަލެއް!

  • ޖިންސީ ގުޅުން ހިންގުމުގެ ކުރިން ކުޑަކަމު ދިޔުމަކީ ބެކްޓީރިއާ ރަހިމުގެ ތެރެއަށް ވާސިލް ވުމަށް މަގުފަހިވާ ކަމެއް

| 28 ޑިސެންބަރު 2017 | ބުރާސްފަތި 21:42 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  7. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


ޖިންސީ ގުޅުން ހިންގުމުގެ ކުރިން ކުޑަކަމު ދިއުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ޑޮކްޓަރުން ލަފާދޭ -- ޑޫބްޒަރ.އޯގް

ޖިންސީ ގުޅުން ހިންގުމުގެ ކުރިން އަންހެނުން ކުޑަކަމު ދިޔުމަކީ ބަލި ޖެހުމަށް މަގުފަހިވާ ކަމެއް ކަމަށް ކުޑަކަމުދާ ނިޒާމުގެ ތަޖުރިބާކާރެއް ކަމުގައިވާ ޑރ. ޑޭވިޑް ކައުފްމަން ހާމަކޮށްފިއެވެ.

ޑރ ކައުފްމަން ޔާހޫ އަށް ދިން ބަސްދީގަތުމެއްގައި ހާމަކޮށްފައިވާ ގޮތުގައި ޖިންސީ ގުޅުން ހިންގުމުގެ ކުރިން ކުޑަކަމު ދިޔުމަކީ ބެކްޓީރިއާ ރަހިމުގެ ތެރެއަށް ވާސިލް ވުމަށް މަގުފަހިވާ ކަމެކެވެ.

އޭގެ ބަދަލުގައި ސިއްހީ މާހިރުންގެ ބަހަކީ، ޖިންސީ ގުޅުން ހިންގުމަށް ފަހު ކުޑަކަމު ދިޔުމެވެ. އޭރުން ރަހިމުގެތެރެ ސާފުވެ، ރަހިމުގެ ތެރެއަށް ވާސިލްވެފައި ހުރި ބެކްޓީރިއާތައް ސާފުވުމަށް ފުރުސަތު ބޮޑުވެގެންދާ ކަމަށްވެސް ތަޖުރިބާކާރުން ބުނެފައިވެއެވެ. ޖިންސީ ގުޅުން ހިންގުމަށްފަހު ކުޑަކަމު ނުދާ ނަމަ ރަހިމުގެ ތެރެއަށް ވާސިލްވި ބެކްޓީރިއާ ގިނަވެ އިތުރުވެގެން ދާނެ ކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ.

ޑރ. ޑޭވިޑް ކައުފްމަން ބުނެފައިވަނީ ޖިންސީ ގުޅުމުގެ ސަބަބުން ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން (ޔޫ.ޓީ.އައި) ޖެހުމުގެ ފުރުސަތު އަންހެނުނަށް ބޮޑު ކަމަށެވެ. މި ގޮތުން ބައެއް އަންހެނުންނަށް ޖިންސީ ގުޅުން ހިންގާ ކޮންމެ ފަހަރަކު ކުޑަކަމުދާ ނިޒާމަށް ބަލި ޖެހޭ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ޔޫރިނަރީ ޓްރެކްޓް އިންފެކްޝަންގެ އަލާމާތްތަކުގެ ތެރޭގައި ކުޑަކަމުދާ އިރު އުނދަގޫވުން ނުވަތަ ތަދު އިހްސާސް ކުރެވުމާއި، ކުށްލިއަކަށް ކުޑަކަމުދާން ބޭނުންވުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން ދަށް ބަނޑަށް ތަދުވުމާއި، ކުޑަކަމު ގޮސް މުޅިން ނުނިމޭ ކަހަލަ އިހްސާސް ވުމާއި، ކުޑަކަމުދާ އެއްޗެހީގައި ކިލަނބު ކުލައެއް ހުރުންވެސް މިކަމުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގައި ތަޖުރިބާކާރުން ބުނެއެވެ.

ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް އާއްމު ގޮތެއްގައި ދޭ ފަރުވާ އަކީ އެންޓިބަޔޮޓިކް ކަމުގައި ވިޔަސް މިފަދަ އަލާމާތެއް ފެންނަ ނަމަ ކަމާބެހޭ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމު ކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް