
| 23 ޑިސެންބަރު 2017 | ހޮނިހިރު 01:12 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
4 މަސް ކުރިން |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
4 މަސް ކުރިން |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
4 މަސް ކުރިން |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
4 މަސް ކުރިން |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
1 އަހަރު ކުރި |
ޗާންދަލިޔާއަކީ 1980 ގެ އަހަރުތަކުގެ ކުރީކޮޅު ވަކި ޚާއްސަ އައިޓަމަކަށް ނުބަލާ މާރކެޓަށް ބޭނުންވާ ހުރިހާ ސާމާނެއް އިމްޕޯރޓްކޮށް ވިއްކާ ތަނެއްގެ ގޮތުގައި ހުޅުވި ފިހާރައެކެވެ.
މިއީ ޗާންދަލިޔާ ހަސަން ހުސެއިންގެ ބުރަ މަސައްކަތުން އާއިލީ މެމްބަރުންނާއެކު ފެށި ވިޔަފާރިއެކެވެ. ނަމަވެސް އަހަރުތަކެއް ފަހުން ޗާންދަލިޔާ މަޑުމަޑުން ބަދަލުވަމުން ދިޔައީ އޮފީސްތަކަށާއި ސްކޫލްކުދިންނަށް ބޭނުންވާ ސްޓޭޝަނަރީސް ވިއްކާ ފިހާރައަކަށެވެ.
މިގޮތުން ޗާންދަލިޔާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވުޖޫދަށްއައީ މީގެ 10 ވަރަކަށް އަހަރު ކުރިންނެވެ. މާތް ރަސްކަލާނގެ އިރާދަފުޅާއެކު މިހާރު އެކުންފުނީގައި 60 ސްޓާފުން މަސައްކަތް ކުރެއެވެ. ބުރަ މަސައްކަތުން ފެއްޓި ވިޔަފާރި ފުޅާކޮށް ޗާންދަލިޔާއިން ވަނީ ބުކްޝޮޕްތައް މާލޭގެ އެކި ހިސާބުތަކުގައި އާއި އައްޑޫ ސިޓީގައި ހުޅުވާފައެވެ.
ކުންފުނީގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްސްތައް ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދިނުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޗާންދަލިޔާގެ ވިޔަފާރި ފުޅާކުރުމެވެ.
ކެމްޕެޕް ބްރޭންޑްގެ ޕްރޮޑަކްޓްސްތައް ރާއްޖޭގައި ވިއްކުމުގެ ހަމައެކަނި ހުއްދަ އޮންނަ ކުންފުންޏަކީ ޗާންދަލިޔާ ކަމަށްވާއިރު ކެމްޕެޕް އަކީ މެލޭޝިޔާގެ ސުޕަރ އެވޯޑް ލިބިފައިވާ އިންޓަރނޭޝަނަލް ސްޓޭންޑަޑްއަށް ފެތޭ މޮޅު ޕްރޮޑަކްސްތަކެއް ވިއްކާ ކުންފުންޏެކެވެ. މިއީ ޗާންދަލިޔާ އަށް ލިބޭ ފަޚްރެއް ކަމަށް އެކުންފުނިން ދެކެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް