18 ސެޕްޓެންބަރ 2018 | އަންގާރަ | 13 އުތުރަ
08 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

މޯބައިލް ފޯނުގެ ނުރައްކާ

ނިދާއިރު ކައިރީގައި މޯބައިލް ފޯން އޮވޭތަ؟ އެއީ ބޮޑު ނުރައްކަލެއް!

  • ސިއްހީ މައްސަލަތައް ކުރިމަތިވަނީ ފޯނުގެ ރޭޑިއޯފްރީކުއެންސީގެ ސަބަބުން
ރާއްޖެ އެމްވީ | raajje.mv

| 18 ޑިސެންބަރު 2017 | ހޯމަ 16:29 | |

މަގުބޫލް

  1. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  2. ރައީސް އެވެ، ގޭންގުތަކުގެ ސައިންޓިފިކް ދިރާސާ މިއޮތީ!
  3. އައު ރަންވޭގައި ހުސް ފްލައިޓް ނުޖައްސާ ޤައުމީ ޓީމް ގޮވައިގެން ފްލައިޓް ޖެއްސުމަށް މަހުލޫފް ގޮވާލައިފި
  4. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  5. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  6. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް


ނިދާއިރު ފޯނު ކައިރީގައި ބޭއްވުމަކީ އެތައް ބަޔަކު ކުރާ ކަމެއް -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

މޯބައިލް ފޯން ކައިރީގައި ބާއްވައިގެން ނިދުމަކީ ބައެއް މީހުންގެ ކަށީގައި ހިފާފައި ހުންނަ އާދައެކެވެ. އަތުޖެހޭ ހިސާބުގައި ފޯނު ނެތް ނަމަ ބައެއް މީހުންގެ ލޮލަށް ނިދިވެސް ނާންނަ ކަމަށް ވެއެވެ.

ފޯނު ކައިރިގައި ބާއްވައިގެން ނިދަން އާދަވެފައިވެފައި ތިބި މީހުންނަށް އޮތީ ރަނގަޅު ޚަބަރެއް ނޫނެވެ. ދިރާސާތަކުން ހާމަވާ ގޮތުގައި ފޯނު ކައިރީގައި ބާއްވައިގެން ނިދުމަކީ ރޭޑިއޭޝަންގެ އަސަރު ހަށިގަނޑަށް ފޯރާ ކަމެކެވެ. އަދި އެކަމުގެ ސަބަބުން ސިއްހީ ގޮތުން ނުރައްކާތެރި އެތައް މައްސަލަތަކެއް ކުރިމަތިވެދާނެއެވެ.

އެމެރިކާގެ ކެލިފޯނިއާގެ ޑިޕާޓްމަންޓް އޮފް ހެލްތުން ދާދި ފަހުން ނެރެފައިވާ އިންޒާރުގައި ބުނެފައިވަނީ، މޯބައިލް ފޯނު ގާތުގައި ބާއްވައިގެން ނިދުމުން ހަށިގަނޑަށް ފޯނުގެ ޒަރީއާއިން ރޭޑިއޭޝަންގެ އަސަރު ކުރާ ކަމަށާއި އޭގެ ސަބަބުން ނުރައްކާތެރި ސިއްހީ އެތައް މައްސަލައެއް ކުރިމަތިވެދާނެ ކަމަށެވެ. މީގެ ތެރޭގައި ކެންސަރު ބައްޔާއި، ސިކުނޑީގެ ބަލިތަކާއި، ދަރިން ނުލިބުމުގެ މައްސަލަތައް ކުރިމަތިވުން އެކަށީގެންވާ ކަމަށް ބުނެފައިވެއެވެ.

ކެލިފޯނިއާގެ މި އިންޒާރުގެ ކުރިން އެމެރިކާގެ އެހެން ބައެއް ސިޓީތައް ކަމަށްވާ ބާރކްލޭ އާއި ސެން ފްރެންސިސްކޯ އިން ވަނީ މިފަދަ އިންޒާރުތައް އާއްމުކޮށްފައެވެ. އަދި ނިދާއިރު ހަށިގަނޑާ އެކަށީގެންވާ ދުރުމިނެއްގައި ފޯނު ބޭއްވުމަށް ލަފާ ދީފައި ވެއެވެ.

ދިރާސާތައް ބުނާ ގޮތުގައި މޯބައިލް ފޯނުގެ މުއާމަލާތްތަކަށް ބޭނުން ކުރާ ރޭޑިއޯފްރީކުއެންސީގައި ސިއްހަތައް ނުރައްކާ ވެދާނެ މިންވަރަކަށް ރޭޑިއޭޝަން އެކުލެވެއެވެ.

މިއީ މޯބައިލް ފޯނު އުފައްދާ ބޮޑެތި ކުންފުނިތައް ކަމުގައިވާ އެޕަލް ކުންފުނި ފަދަ ކުންފުނި ތަކުންވެސް ގަބޫލު ކުރާ ހަގީގަތެކެވެ. އޭގެ ހެއްކަކީ އައިފޯން ސެޓިންގ ގައި ރޭޑިއޯފްރީކުއެންސީ އެކްސްޕޯޝަރ ނޯޓިސް ހިމަނާފައި ވުމެވެ.

ކެލިފޯނިއާ އިން އާއްމު ކުރި ގައިޑްލައިންގައި ބުނެފައިވަނީ، ރޭޑިއޯފްރީކުއެންސީ ސިކުނޑިއާ ހަމައަށް ވާސިލްވާ ކަމަށާއި، އަދި މިގޮތުން ވާސިލްވާ ރޭޑިއޭޝަންގެ ސަބަބުން ހެދި ބޮޑުވަމުން އަންނަ ސިކުނޑިއަށް ލިބޭ ގެއްލުން ވަކިން ބޮޑު ކަމަށެވެ. މާނައަކީ ފޯނުގެ ރޭޑިއޭޝަންގެ ސަބަބުން ތުއްތު ކުދިންގެ ސިކުނޑިއަށް ލިބޭ ގެއްލުން ބޮޑެތި މީހުންނަށް ވުރެ ބޮޑުވާނެއެވެ.

ކަމާބެހޭ ގޮތުން އާއްމު ކޮށްފައިވާ ކުރީގެ ބައެއް ދިރާސާތަކުން މޯބައިލް ފޯނުގެ ސަބަބުން ސިކުނޑި އާއި ކަންފަތުގައި ޓިއުމަރ އުފެދޭކަން ހާމަކޮށްފައި ވެއެވެ. އަނެއް ކޮޅުން ނަފްސާނީ އިލްމްވެރިން ބުނަނީ ފުރާ އުމުރުގެ ކުދިންނަށް މޯބައިލް ފޯނުގެ ސަބަބުން ނިދުމުގެ މައްސަލަތަކާއި، ނަފްސާނީ މައްސަލަތައް ކުރިމަތިވާ ކަމަށެވެ.

އެހެން ދިރާސާއަކަށް ބަލާއިރު ފޯނުގެ ރޭޑިއޯފްރީކުއެންސީގެ ސަބަބުން ފިރިހެނުންގެ ދަރިފަނި މަދުވުމާއި ދަރިފަނީގެ ކޮލިޓީ ދައްވާކަމަށް ފާހަގަ ކޮށްފައިވެއެވެ.

ކެލިފޯނިއާގެ ގައިޑްލައިންގައި ބުނެފައިވަނީ، ފޯނު ކަންފަތުގައި ޖެހުމަށްވުރެ ހެޑްސެޓް ބޭނުން ކުރުން ރަނގަޅު ކަމަށާއި، އަދި ޖީބުގައި ފޯނު ގެންގުޅުމަށްވުރެ ދަބަހުގައި ފޯނު ބޭއްވުން ރަނގަޅު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް