25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

އިދިކޮޅު އިއްތިހާދު

އިއްތިހާދު އޮތީ ބަދަހިކޮށް، އުމަރު ޖޭޕީއާއި ގުޅުމަކީ ހަރަކާތްތަކަށް ހުރަސްއެޅޭކަމެއް ނޫން: އިއްތިހާދު

  • ޤާސިމް ވާދަނުކުރައްވާނަމަ ރިޔާސީ ރޭހުގައި ވާދަކުރައްވާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފައި
  • ކުރިންވެސް އުމަރު ވަނީ ޖޭޕީ އާއިއެކު މަސައްކަތް ކުރައްވާފަ
  • އުމަރު ސޮއިކުރައްވާނީ އަންނަ ހަފްތާގައި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 8 ޑިސެންބަރު 2017 | ހުކުރު 11:17 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  3. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


އިދިކޮޅު އިއްތިހާދުން ބުރާސްފަތި ދުވަހުގައި ބޭއްވި ޖަލްސާ -- އާކައިވް

އިދިކޮޅު އިއްތިހާދު އޮތީ ވަރަށް ބަދަހިކޮށް ކަމަށާއި އުމަރު ނަސީރު ޖުމްހޫރީ ޕާޓީއާއި ގުޅުން އެއީ އިދިކޮޅު އިއްތިހާދުން ކުރަމުންގެންދާ މަސައްކަތްތަކަށް ހުރަސް އެޅޭކަމެއް ނޫންކަމަށް އިދިކޮޅު އިއްތިހާދުން ބުނެފިއެވެ.

އިދިކޮޅު އިއްތިހާދުގައި ހިމެނޭ ހަތަރު ޕާޓީން ބުރާސްފަތި ދުވަހު ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން  އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ކުރާ މަސައްކަތަކީ ހަތަރު ޕާޓީއިން ކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ކުރާ މަސައްކަތެއްކަމަށެވެ. އެހެން ކަމުން ވަކި މީހަކު ހަތަރު ޕާޓީން ކުރެ ޕާޓީއަކަށް ސޮއި ކުރިކަމުގައިވިއަސް އެ އެއްބަސްވުމަށް އިހުތިރާމް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ބަލަނީ ވަކި މީހަކު މިތަނުން ޕާޓީއަކާ ގުޅުނަސް މި އެއްބަސްވުމަށް އިހުތިރާމް ކޮށްގެންނޭ ކުރިއަށް ދާނީ. އެހެންވެ، މިހާތަނަށް ވެސް މި އިއްތިހާދު ބަދަހިކޮށް މި އޮތީ،" އަނަސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު  ވިދާޅުވީ އަބަދުވެސް އުއްމީދު ކުރަންވާނީ ކޮންމެ މީހަކުވެސް އެޕާޓީތަކާއި ގުޅޭނީ ކުރިއަށް ދިއުމުގެ އުއްމީދުގައިކަމަށެވެ. މާޒީގައި ކަންތައްތައް ގޮސްފައިވާ މިންވަރަށް ވުރެ ބޮޑަށް މުސްތަގުބަލަށް ވިސްނުން މުހިއްމު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އުމަރު ނަސީރުވެސް އެހެން ފަރާތެއްވެސް ޖުމްހޫރީ ޕާޓީއަށް ވަދެވަޑައިގަންނަވާއިރު އެޕާޓީއާއި ގުޅިފައިވާ އިއްތިހާދުތަކުން ކުރާ މަސައްކަތަކަށް ހީނަރުކަމެއް އަތުވެދާނެކަމަށް ގަބޫލު ނުކުރައްވާކަމަށް ސަމީރު ވިދާޅުވިއެވެ.

"އެއްވެސް ބަދަލެއް އަތުވެދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑުމެން އުންމީދު ކުރަންވާނީ ކޮންމެ ބޭފުޅަކު ވެސް އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަވާނީ އަޅުގަނޑުމެންނާ އެކު ކުރިއަށް ދިޔުމުގެ އުންމީދުގައޭ. މާޒީގެ ކަންކަން ހުންނަ ގޮތަށް ވުރެ ބޮޑަށް މުސްތަގުބަލަށް ކަންކަން ވިސްނާފައޭ އެންމެ ރަނގަޅަށޭ ކަންކަން ނިންމާނީ." ސަމީރު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީއާއި ގުޅެން ނިންމައި އުމަރު ވިދާޅުވެފައިވަނީ އޭނާ އެ ޕާޓީއާއި ގުޅެން ނިންމީ ރިޔާސީ އިންތިޚާބަށް އެޕާޓީއަށް އެހީތެރިވެދިނުމަށް ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި އެ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހިމް ވާދަ ނުކުރައްވާނަމަ، އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އުމަރު ނަސީރު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމަށް ނިންމެވިއިރު، މީގެ ކުރިންވެސް އުމަރު ވަނީ އެ ޕާޓީއާއިއެކު މަސައްކަތް ކުރައްވާފައެވެ. އެގޮތުން 2013 ވަނަ އަހަރު ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޢަބްދުﷲ ޔާމިން އާއި ވާދަކުރައްވައި ނާކާމިޔާބު ވެވަޑައިގަތުމުން އުމަރު ވަނީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީއާއި އެކު ޤާސިމް އިބްރާހިމް އިންތިޚާބު ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އިޤްބާލް

1 އަހަރު ކުރި

ބޮޑު ފަނި އަޅައިފި

0
0