17 ޑިސެންބަރު 2017 | އާދީއްތަ | 8 މުލަ

ސިޓީ ބަލިނުކުރެވޭ ނަމަ ކުޅުން ހުއްޓާލާނަން: ޕޮގްބާ

  • މެންޗެސްޓާ ޑާބީގައި ސަސްޕެންޝަނުގެ ސަބަބުން ޕޮގްބާއަށް ނުކުޅެވޭނެ
  • ނުކުޅެވުނު ކަމުގައި ވިޔަސް ޓީމުގެ އެހެން ކުޅުންތެރިންނަށް ހިތްވަރު ދިނުމުގައި އޭނާ ދެމިހުންނާނެ ކަމަށް ޕޮގްބާ ބުނި

| | | @Saaif80 | |



ޕައުލް ޕޮގްބާ: ސިޓީ އާއި ޔުނައިޓެޑް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެ -- ފޮޓޯ:ގޫގުލްސް

މެންޗެސްޓާ ސިޓީއަކީ ބަލިކުރެވޭނެ ޓީމެއް ކަމަށާއި އެ ޓީމު ބަލިނުކުރެވޭ ނަމަ ފުޓްބޯޅަ ކުޅުން ހުއްޓާލާނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑް ކުޅެމުން އަންނަ ފްރާންސްގެ ހުނަރުވެރި މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފިއެވެ.

އާދިއްތަ ދުވަހު ޔުނައިޓެޑާއި ސިޓީ ބައްދަލުކުރާ މެންޗެސްޓާ ޑާބީގައި ސަސްޕެންޝަނުގެ ސަބަބުން ޕޮގްބާއަށް ނުކުޅެވޭނެއެވެ. އޭނާ ސަސްޕެންޑްވީ މިދިޔަ ހަފްތާގައި އާސެނަލް އަތުން 3-1 ގެ ނަތީޖާއަކުން ޔުނައިޓެޑް މޮޅުވި މެޗުގައި އާސެނަލްގެ ހެކްޓާރ ބެލެރީންއަށް ކުރި ނުރައްކާތެރި ފައުލްއަކާ ގުޅިގެން ދެއްކި ރަތް ކާޑެއްގެ ސަބަބުންނެވެ.

މެންޗެސްޓާ ޑާބީ ސިޓީ އިން ކާމިޔާބު ކޮށްފި ނަމަ ޔުނައިޓެޑާއި އެ ޓީމާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގު 11 ޕޮއިންޓަށް ފުޅާވެގެންދާނެއެވެ.

ޔުނައިޓެޑްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ޕޮގްބާ ބުނީ ސިޓީ ކިތަންމެ ކުރީގައި އޮތް ނަމަވެސް އެ ޓީމު އަތުލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި ސިޓީ އަތުނުލެނޭކަން ގަބޫލް ކުރާ ނަމަ އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލާނެ ކަމަށެވެ.

މި ދެ ޓީމަކީ އެއް ސިޓީއަކަށް ނިސްބަތްވާ ދެ ޓީމަށްވާއިރު ޕޮގްބާ ބުނީ އެ މެޗުގައި އޭނާ ކުޅެން ބޭނުންވާ ކަމަށާއި ނުކުޅެވުނު ކަމުގައި ވިޔަސް ޓީމުގެ އެހެން ކުޅުންތެރިންނަށް ހިތްވަރު ދިނުމުގައި އޭނާ ދެމިހުންނާނެ ކަމަށެވެ. ހަމައެހެންމެ އެ މެޗަކީ ދުނިޔޭގެ ފުޓްބޯޅައިގައި ވެސް ކުޅެވޭ އެންމެ ބޮޑު މެޗުތަކުގެ ތެރޭގައި ހިމެނޭ މެޗެއް ކަމަށާއި އޭނާއަށް ނުކުޅެވުނު ނަމަވެސް ޓީމުގެ ކުޅުންތެރިން އެ މެޗުގައި ނަތީޖާ ނެރޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.  

ސިޓީއަކީ ކޮލިޓީ ޓީމެއް ކަން ފާހަގަކުރަމުން ޕޮގްބާ ބުނީ މިކަހަލަ މެޗުތަކުން މޮޅުވުމަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެންމެ އިސްކަމެއް ދޭންޖެހޭނީ އެޓޭކް ވަރުގަދަ ކުރަން ކަމަށެވެ. ޕޮގްބާ ބުނީ ސިޓީ އެއްވަނައިގައި އޮތީ ނަސީބަކުން ނޫން ކަމަށާއި ސިޓީއަށް އެއްވަނައިގައި ދެމި އޮވެވެނީ އެ ޓީމުގެ ކުޅުންތެރިން ދައްކާ ކުޅުމުގެ ސަބަބުން ކަމަށެވެ. އެގޮތުން ސިޓީގެ ކުޅުންތެރިންނާ އެއްވަރަށް ޔުނައިޓެޑްގެ ކުޅުންތެރިން ވެސް ނަފްސާނީ ގޮތުން ވަރުގަދަވާން ޖެހޭ ކަމަށް ޕޮގްބާ ފާހަގަކުރިއެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގައި އެންމެ ރަނގަޅު ނަތީޖާތަކެއް ހޯދަމުންދާ މި ދެ ޓީމުގެ ކުރިމަތިލުން ވެގެންދާނީ ޕްރިމިއާ ލީގުގައި ފެނިގެންދާނެ އެންމެ ވަރުގަދަ ކުރިމަތިލުމަށެވެ. ތާވަލުގެ ކުރީގައި ކުޅުނު 15 މެޗުން ލިބުނު 43 ޕޮއިންޓާއެކު ސިޓީ އޮތްއިރު ދެވަނައިގައި 35 ޕޮއިންޓާއެކު އޮތީ ޔުނައިޓެޑްއެވެ.

ލީގުގެ އެންމެ މޮޅު ޑިފެންސްއާއި އެންމެ މޮޅު އެޓޭކްގެ ކުރިމަތިލުން ފެށޭނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 9:30 ގައެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ