17 ޑިސެންބަރު 2017 | އާދީއްތަ | 8 މުލަ

ގުދުސްގެ މައްސަލަ: އިސްތަންބޫލްގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ކުރިމަތީ މުޒާހަރާ ފަށައިފި

  • އޮރްދޮޣާން ވަނީ ގުދުސްއަކީ އިސްރާއީލުގެ ވެރިރަށަށް ހަދައިފި ނަމަ އިޒްރާއީލާ ގުޅުން ކަނޑާލާނެކަމުގެ އިންޒާރު ދެއްވާފައި
  • އުރުދުންގައި ވެސް ޓްރަމްޕްގެ ނިންމެވުމާ ދެކޮޅަށް ގެންދަނީ މުޒާހަރާ ކުރަމުން

| | | 8Abbo | |ތުރުކީގެ އިތުރުން މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ވެސް އަންނަނީ ޓްރަމްޕްގެ ނިންމެވުމާ ދެކޮޅަށް މުޒާހަރާ ކުރަމުން -- ފޮޓޯ:ޑެއިލީ އެކްސްޕްރެސް

ގުދުސްއަކީ އިޒްރާއީލްގެ ވެރިރަށް ކަމަށް ބަލައިގަންނަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ ގުޅިގެން، ތުރުކީގެ އިސްތަންބޫލްގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ކުރިމަތީގައި މުޒާހަރާކުރަން ފަށައިފިއެވެ.

ގުދުސްއަކީ އިޒްރާއީލްގެ ވެރިރަށް ކަމަށް ބަލައިގަންނަ ކަމަށް ރައީސް ޓްރަމްޕް ބުދަ ދުވަހު ވަނީ އިއުލާނުކުރައްވާފައެވެ. ރައީސް ޓްރަމްޕް ސިފަކުރެއްވި ގޮތުގައި މެދުއިރުމަތީގެ ސުލްހައިގެ މަސައްކަތް ކުރިޔަށް ގެންގޮސް، ދިގުދެމިގެންދާނެ އެއްބަސްވުމަކަށް ދިއުމަށް އެ ފިޔަވަޅަކީ "މާ ބޮޑަށް ވެސް ލަސްވެފައިވާ" ފިޔަވަޅެކެވެ. 

މި ނިންމެވުމުގެ ކުރިން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ތަރުޖަމާނު ވަނީ އެ ނިންމެވުމުގެ ސަބަބުން ސަރަހައްދަށް ނުބައި ނަތީޖާއެއް ނުކުމެދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

އައްބާސް ވިދާޅުވެފައި ވަނީ މެދުއިރުމައްޗަށް ސުލްހަ ގެނައުމަށް ބާއްވާ ސުލްހައިގެ ވާހަކަތަކުގައި މެދުވެރިއެއްގެ ރޯލު އެމެރިކާއަށް އަދާނުކުރެވޭނެ ކަމަށެވެ. އިޒްރާއީލާއި ފަލަސްތީނާ ދެމެދުވާ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އެންމެ ނާޒުކު މައްސަލައަކީ ގުދުސްގެ މައްސަލައެވެ.

ތުރުކީގެ އިތުރުން މި މައްސަލައިގައި އެމެރިކާއާ ދެކޮޅަށް އެންމެ ބޮޑަށް ނުރުހުން ފާޅުކުރަމުންދާ އުރުދުންގައި ވެސް ޓްރަމްޕްގެ ނިންމެވުމާ ދެކޮޅަށް ގެންދަނީ މުޒާހަރާ ކުރަމުންނެވެ.

ފަލަސްތީނަށް އެންމެ ގިނައިން އެހީ ފޯރުކޮށްދޭ އެއް ގައުމު ކަމަށްވާ ތުރުކީގައި އެމެރިކާއާ ދެކޮޅަށް މުޒާހަރާކުރަމުންދާއިރު އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އޮރްދޮޣާން ވަނީ ޓްރަމްޕްގެ މި ނިންމެވުން އިއުލާނުކުރެއްވުމުގެ ކުރިން އެކަމުގެ ނުރައްކާތެރިކަން ހާމަކުރައްވާފައެވެ. އޮރްދޮޣާން ވަނީ ގުދުސްއަކީ އިޒްރާއީލްގެ ވެރިރަށަށް ހަދައިފި ނަމަ އިޒްރާއީލާ ގުޅުން ކަނޑާލާނެކަމުގެ އިންޒާރު ދެއްވާފައެވެ.

 

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ