17 ޑިސެންބަރު 2017 | އާދީއްތަ | 8 މުލަ

އަނުޝްކާ އާއި ވިރާތުގެ ކައިވެނި އަންނަ ހަފްތާގައި

  • އެ ދެ މީހުން ކައިވެނި ކުރާނީ އިޓަލީގައި ކަމަށް އަޑުތައް ވަނީ ފެތުރިފައި

| | | thahavahyd | |އަނުޝްކާ އާއި ވިރާތު -- ފޮޓޯ:އަޒުމޫން އަހުމަދު

އިންޑިޔާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޯލީ އާއި ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަނުޝްކާ ޝަރުމާގެ ކައިވެނި އަންނަ ހަފްތާގައި ބާއްވަން ނިންމައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އަނުޝްކާ އާއި ވިރާތު ކައިވެނިކުރަން ނިންމިކަން ރަސްމީކޮށް ބުނެފައި ނުވި ނަމަވެސް އިންޑިއާގެ ނޫސްތަކުގައި އެކަން ވަނީ ކަށަވަރުކޮށްދީފައެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން އަނުޝްކާ އާއި ވިރާތު ކައިވެނި ކުރާނީ އިޓަލީގެ މިލާންގައެވެ. ކައިވެނީގެ ހަފްލާގައި ބައިވެރި ވާނީ އެ ދެ މީހުންގެ އާއިލާގެ މީހުންނާއި އެންމެ ގާތް ރައްޓެހިން އެކަނި ކަމަށް ވެސް ވަނީ ރިޕޯޓްކޮށްފައެވެ.

އަނުޝްކާ އާއި ވިރާތު އަންނަ ހަފްތާގައި ކައިވެނި ކުރާއިރު އެ ދެ މީހުން މިހަފްތާ ތެރޭގައި އިޓަލީއަށް ފުރާނެ ކަމަށް ވެސް ވަނީ އަޑު ފެތުރިފައެވެ.

ވިރާތާއި އަނުޝްކާ ލޯބީގެ ގޮތުން ރައްޓެހިވެގެން އުޅޭތާ މިހާރު ހަތަރު އަހަރު ވަނީ ވެފައެވެ. އެ ދެ މީހުން އެކުގައި ދިމާވީ މީގެ ހަތަރު އަހަރު އެކީގައި ކުޅުނު އިސްތިހާރަކުންނެވެ. ނަމަވެސް ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެ ދެ މީހުންގެ ގުޅުން ކެނޑިފައި ވެސް ވެއެވެ. 

އަނުޝްކާ އާއި ވިރާތުގެ ކައިވެނީގެ ވާހަކަ ވިރާތުގެ ސްޕޯކްސްޕާސަން ވަނީ ދޮގުކޮށްފައެވެ. އެހެން ނަމަވެސް އޭނާ ބުނީ ވިރާތު ވަނީ މިހާރު ކުރިން ބިޒީކޮށް އުޅުމަށް ފަހު ބޮޑު ބްރޭކެއްގައި ކަމަށެވެ.

އެ ދެ މީހުން އެންގޭޖްވި ވާހަކަ މީޑިއާގައި މީގެ ކުރިން ދެކެވުމުން ވެސް އަނުޝްކާ އާއި ވިރާތު ވަނީ އެކަން ދޮގުކޮށްފައެވެ. އެހެން ނަމަވެސް ފަހުން އެ ދެ މީހުން ވަނީ އެއީ ތެދެއް ކަމަށް އެއްބަސްވެފައެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ