17 ޑިސެންބަރު 2017 | އާދީއްތަ | 8 މުލަ

އެއް ކެންޑިޑޭޓް އަރުވާލެވިފައި، އަނެއް ކެންޑިޑޭޓް ޖަލުގައި: މިއީ އާދައިގެ އިންތިޚާބެއް ނޫން

  • މިނިވަންކަން އިއުލާންކުރަން ފެނޭތޯ ބެލުމަށް ވޯޓު ނެގީ އޮކްޓޯބަރު 1 ގައި
  • ޕުއިޖެމޮންޓާއި އަރިސް ވަޒީރުން ހައްޔަރު ކުރަން ސްޕެއިނުން އަމުރު ނެރުނު

| | | @Miuvaan | |ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރުގެ ކުރީގެ ރައީސް އަދި އެސަރަހައްދުގެ މިނިވަންކަމަށް މަސައްކަތްކުރައްވާ ލީޑަރު ކާލްސް ޕުއިޖެމޮންޓް -- ފޮޓޯ:ރޮއިޓާސް

އަމިއްލަފުޅަށް އަރުވާލެވިގެން މިވަގުތު ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނެވި ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުއިޖެމޮންޓް ހައްޔަރުކުރުމަށް ނެރުނު ކޯޓު އަމުރު ސްޕެއިނުން ބާޠިލްކޮށްފިއެވެ.

ޕުއިޖެމޮންޓާއި ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރުގެ ކުރީގެ ހަތަރު ވަޒީރަކު ހައްޔަރުކުރުމަށް ސްޕެއިނުން ނެރުނު ޔޫރަޕިއަން އެރެސްޓް ވޮރަންޓް އަންގާރަ ދުވަހު ބާތިލްކުރުމުން ޕުއިޖެމޮންޓަށް އަރުވާލެއްވިގެން ބެލްޖިއަމްގައި ހުންނެވުމަށް ނުވަތަ އަނބުރާ ސްޕެއިނަށް ވަޑައިގެން ފުލުހުންގެ ހައްޔަރަށް ދިޔުމަށް ޗޮއިސް ލިބިގެންދާނެއެވެ. ޕުއިޖެމޮންޓް ވިދާޅުވީ އަނބުރާ ޤައުމަށް ވަޑައިގަންނަވާނީ ކެޓަލޯނިއާގެ ސަރހައްދީ ސަރުކާރަށް އޮންނަން ޖެހޭ ސަރަހައްދީ ބާރުތަކަށް ސްޕެއިންގެ މައި ސަރުކާރުން އިހްތިރާމް ކުރާނެކަމުގެ ޔަޤީންކަން ލިބުމުން ކަމަށެވެ.

މިދިޔަ އޮކްޓޫބަރު މަހު ސްޕެއިންގެ ކެޓަލޯނިއާ ސަރަހައްދު ސްޕެއިންގެ މައި ސަރުކާރާއި ވަކިވެ، މިނިވަންކަން އިއުލާންކުރުމަށް ނިންމުމާ ގުޅިގެން ސްޕެއިންގެ މައި ސަރުކާރުން ވަނީ ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރު އުވާލައި، މިނިވަންކަމުގެ ވޯޓު ނެގުމުގައި ބައިވެރިވި ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރުގެ އިސް އޮފިޝަލުން ހައްޔަރުކޮށްފައެވެ.

ޕުއިޖެމޮންޓް ވިދާޅުވީ އަލުން ބާއްވާ ސަރަހައްދީ ސަރުކާރުގެ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށާއި، އެހެން ނަމަވެސް އެއް ކެންޑިޑޭޓަކު ޖަލުގައި ހުންނެވިއިރު، އަނެއް ކެންޑިޑޭޓަކު ހުންނެވީ އަރުވާލެއްވިފައި ކަމަށާއި، އެހެންކަމުން މިއީ އާދައިގެ އިންތިޚާބަކަށް ނުވާނެ ކަމަށެވެ. އަދި އިންތިޚާބު ބާއްވަން ޖެހޭނީ އާއްމު ޙާލަތުގައި ކަމަށާއި، މިވަގުތު އޮތީކީ އާއްމު ހާލަތެއް ނޫން ކަމަށް ވެސް ޕުއިޖެމޮންޓް ވިދާޅުވިއެވެ.

ކެޓަލޯނިއާގެ މިނިވަންކަމުގެ ވޯޓަށް ފަހު އެޤައުމުގެ ރައްޔިތުންނަށް ޔޫރަޕިއަން ޔޫނިއަން އިން ލިބުނު އެއްބާރުލުން ކުޑަ ކަމަށް ބުނެ ކެޓަލޯނިއާގެ 50 ހާހެއްހާ މީހުން ބުރާސްފަތި ދުވަހު ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނަ ވިލާތުގެ އިއްތިޙާދުގެ މައި އޮފީސްތައް ކައިރީގައި މުޒާހަރާކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ