17 ޑިސެންބަރު 2017 | އާދީއްތަ | 8 މުލަ

އިއްތިޙާދުން ރާއްޖެއަށް ބާއްވާ ފްލައިޓްތައް އިތުރުކުރަނީ

  • މިހާރުވެ ސް ހަފްތާއަކު 7 ފްލައިޓް ރާއްޖެއަށް ބާއްވާ

| | | @Miuvaan | |އިއްތިޙާދު އެއަރވޭސްގެ ފްލައިޓެއް -- ފޮޓޯ:ގޫގުލްސް

އަބޫދާބީގެ ޤައުމީ އެއަރލައިން އިއްތިޙާދު އެއަރވޭސްއިން ރާއްޖެއަށް ބާއްވާ ފްލައިޓްތައް އިތުރުކުރުމަށް ނިންމައިފިއެވެ. އަންނަ އަހަރުގެ ހޫނު މޫސުމާއި ދިމާކޮށް އިތުރު ހަތަރު ފްލައިޓް މާލެއާއި އަބޫދާބީއާއި ދެމެދު އުދުހެން ފެށުމުން، ހަފްތާއަކު 11 ފްލައިޓް ރާއްޖެއަށް އޮންނާނެކަމަށް އެކުންފުނިން ބުނެއެވެ.

ފްލައިޓްތައް އިތުރުކުރުމަށް ނިންމާފައި ވަނީ އަންނަ އަހަރުގެ ޖޫން 15 ވަނަ ދުވަހުން ފެށިގެންނެވެ. މިހާރުވެސް ދުވާލަކު އެއް ފްލައިޓް އިއްތިޙާދުން ބާއްވާއިރު، އިތުރު ފްލައިޓްތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހޯމަ، ހުކުރު، ހޮނިހިރު އަދި އާދިއްތަ ދުވަހުއެވެ. މި ދަތުރުތަކުގައި ވެސް ބޭނުންކުރާނީ މިހާރު ވެސް ރާއްޖެއަށް އަންނަ އޭ-320 މަރުކާގެ މަތިންދާބޯޓެވެ. އަދި 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިއްތިޙާދުން ރާއްޖެއަށް ދަތުރުތައް ފެށިއިރު، މިހާތަނަށް ބައި މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އުފުލާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިދިޔަ 12 މަސްދުވަހުގެ ތެރޭގައި 35 އިންސައްތަ އިތުރުވެފައިވާއިރު، އާ ފްލައިޓްތަކާ އެކު މިއަދަދު އިތުރުވެގެންދާނެއެވެ. އަދި އިއްތިހާދުގެ ބޮޑު ނެޓްވޯކްގެ ސަބަބުން ޔޫރަޕްގެ ފަތުރުވެރިންނަށް ވެސް އިތުރު ފްލައިޓް އޮޕްޝަންތަކެއް ލިބިގެންދާނެއެވެ.

އިއްތިޙާދުގެ އިތުރުން ޔޫއޭއީގެ ޑުބާއީގެ ޤައުމީ އެއަރލައިން އެމިރޭޓްސް އާއި، ޑުބާއީގެ ބަޖެޓް އެއަރލައިން ފްލައި ޑުބާއީ އިން ރާއްޖެއަށް ދަތުރުކުރަމުންދެއެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ