17 ޑިސެންބަރު 2017 | އާދީއްތަ | 8 މުލަ

"ބަޖްރަންގީ ބައިޖާން" ވެސް އެންމެ ފަހުން ޗައިނާއަށް

  • މިހާތަނަށް މި ފިލްމަށް ލިބިފައި ވަނީ 630.86 ކުރޯޑް އިންޑިއަން ރުޕީސް
  • މި ފިލްމު ޗައިނާގައި އެޅުވުމުން އާމްދަނީ ދެގުނަ ބޮޑުވާން

| | | thahavahyd | |"ބަޖްރަންގީ ބައިޖާން" ގެ މަންޒަރެއް -- ފޮޓޯ:ގެޓީ އިމޭޖާސް

އާމިރު ޚާންގެ "ޑަންގަލް" ޗައިނާގައި އަޅުވައި ރަނގަޅު އާމްދަނީއެއް ވަނީ ލިބިފައެވެ. ޗައިނާ ވެފައި ވަނީ ބޮލީވުޑްގެ ފިލްމު ހަދާ ފަރާތްތަކަށް ރަނގަޅު މާކެޓަކަށެވެ. އަދި 2015 ވަނަ އަހަރު ނިކުތް ސަލްމާން ޚާންގެ ކާމިޔާބު ފިލްމު "ބަޖްރަންގީ ބައިޖާން" ވެފައި ވަނީ އެއަހަރު ނިކުތް އެންމެ ރަނގަޅު އާމްދަނީ ލިބުނު ހިންދީ ފިލްމަށެވެ.

"ބަޖްރަންގީ ބައިޖާން" ޗައިނާގައި އެޅުވުމުގެ އެންމެ ފަހުގެ މަސައްކަތް ސަލްމާން ޚާން މިހާރު ދަނީ ކުރަމުންނެވެ. ޗައިނާގައި އެ ފިލްމު އަޅުވަން މަސައްކަތް ކުރުމާއެކީ އެ ފިލްމަށް ޗައިނާގެ މީހުން މިވަނީ އާ ނަމެއްވެސް ހަދާފައެވެ. ޗައިނާ މީހުން "ބަޖިރަންގީ ބައިޖާން" އަށް ކިޔާފައިވާ ނަމަކީ "ލިޓްލް ލޮލިތާ މަންކީ ގޯޑް އަންކަލް" އެވެ.

"ލިޓްލް ލޮލިތާ މަންކީ ގޯޑް އަންކަލް" އަކީ "ބަޖްރަންގީ ބައިޖާން" ނަމުގެ ތަރުޖަމާއެއް ކަމަށް ބެލެވެއެވެ. "މަންކީ ގޯޑް އަންކަލް" އަކީ ޗައިނާ މީހުން ތަރުޖަމާއިން "ބަޖްރަންގީ" އެވެ. "ބައިޖާން" ގެ މާނައަކީ ބޭބެއެވެ. މި ފިލްމުގައި މުންނީގެ ރޯލު އަދާކުރަނީ ހަރްޝާލީއެވެ. މިފިލްމުގައި ސަލްމާން އަދާކުރަނީ ބަޖްރަންގީގެ ރޯލެވެ. އެހެން ނަމަވެސް މުންނީގެ ބައި ކުޅޭ ހަރްޝާލީ ސަލްމާނަށް ކިޔަނީ މާމާ (އަންކަލް) އެވެ. އަދި ލިޓްލް ލޮލީތާއަކީ ޗައިނާ މީހުން ކުޑަ ކުޑަ އަންހެން ކުދިންނަށް ލޯބިން ކިޔާ އުޅޭ ނަމެކެވެ.

މި ފިލްމު އުފައްދާފައި ވަނީ 80 ކްރޯޑް އިންޑިއަން ރުޕީސްގެ ބަޖެޓަކުންނެވެ. އމްދަނީގެ ގޮތުގައި މިހާތަނަށް މި ފިލްމަށް ލިބިފައި ވަނީ 630.86 ކްރޯޑް އިންޑިއަން ރުޕީސްއެވެ. އަދި 159 މިނިޓްގެ މި ފިލްމު ޗައިނާގައި އެޅުވުމުން މިހާރު މިފިލްމަށް ލިބިފައިވާ އަދަދަށްވުރެ ދެގުނަ ފައިދާގެ ގޮތުގައި ލިބިގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.

"ބަޖްރަންގީ ބައިޖާން" ޑައިރެކްޓް ކޮށްފައި ވަނީ ކަބީރު ޚާންއެވެ. ފިލްމުގެ ލީޑް ކާސްޓުންގެ ތެރޭގައި ސަލްމާން ޚާނާއި ހަރްޝާލީގެ އިތުރުން ފެނިގެންދަނީ ކަރީނާ ކަޕޫރާއި ނަވާޒުއްދީން ސިއްދީގީއެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ