17 ޑިސެންބަރު 2017 | އާދީއްތަ | 8 މުލަ

ޕްރިޔަންކާ އޭނާއަށް ލިބޭ މެއިލެއް ނުކިޔާ

  • ޕްރިޔަންކާގެ ފޯނުން 2 ލައްކަ އަށް ވުރެ ގިނަ މެސެޖް ނުކިޔާ ކަން އެނގިގެން ދޭ

| | | thahavahyd | |



ބޮލީވޫޑް އަދި ހޮލީވޫޑްގައި ވެސް ވިދަމުން އަންނަ ޕްރިޔަންކާގެ ފޯނުގައި ނުބަލައި ހުރި މެސެޖްތައް ދައްކުވައިދޭ ފޮޓޯއެއް -- ފޮޓޯ:ގެޓީ އިމޭޖާސް

ފިލްމީތަރި ޕްރިޔަންކާ ޗޮޕްޅާއަކީ އަބަދުވެސް ވަރަށް ބުރަކޮށް މަސައްކަތްކުރާ އެކްޓްރެސްއެކެވެ.

އޭނާއަކީ ދުނިޔޭގެ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް އެކްޓެރެސްއެވެ. ޕްރިޔަންކާ ކުރާ ކޮންމެ ކަމަކީ ވެސް އޭނާއަށް ސަޕޯޓުކުރާ ފަރާތްތަކުން އަބަދު ވެސް ވަރަށް ކައިރިން ބަލާ ކަންތައްތަކެވެ.

ޕްރިޔަންކާގެ ހޮލީވުޑް ސީރީޒް "ކުއެންޓިކޯ"ގެ ކޯސްޓާރެއް ކަމަށްވާ އެލެން ޕަވެލް މިވަނީ ޕްރިޔަންކާގެ ހުރި އާދައެއް ހާމަކޮށްފައެވެ. އެލެން ވަނީ ޕްރިޔަންކާގެ މޫނު އަރާގޮތަށް އޭނާގެ ފޯނުގެ ސްކްރީން ފެންނަ ފޮޓޯއެއް އިންސްޓަގްރާމް ކޮށްފައެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި 2،57،623 މެއިލް ޕްރިޔަންކާ ނުކިޔާ ހުރިކަން ހާމަވެއެވެ. އެލެން އެ ފޮޓޯގެ ކެޕްޝަނުގައި ބުނެފައި ވަނީ ޕްރިޔަންކާއަށް މެއިލް ކުރިކަމުގައި ވިއަސް މެއިލް ނުކިޔާ ކަމަށާއި އެއީ ދުނިޔޭގެ ރެކޯޑެއް ކަމަށެވެ. އަދި އޭނާއަށް އެކަން  ގަބޫލުކުރަން ދަތިކަމަށް އެލެން ބުނެފައި ވެއެވެ.

 

A post shared by Alan Powell (@alanpowell10) on

ކުރީގެ މިސްވޯލްޑް އަދި މޮޑެލް އެއްގެ އިތުރުން ޕްރިޔަންކާއަކީ ކުޅަދާނަ ލަވަކިޔުންތެރިއެކެވެ. ޕްރިޔަންކާގެ އެންމެ ފުރަތަމަ ފިލްމަކީ ތަމަޅަ ފިލްމެއް ކަމަށްވާ "ތައިޒާން" އެވެ. އެއީ 2002 ވަނަ އަހަރު ރިލީޒްކުރި ފިލްމެކެވެ. 

ޕްރިޔަންކާ ފޯންގެ އެޕުން މެއިލް ނުބެލި ނަމަވެސް ބެލެވޭ ގޮތުގައި ކޮމްޕިއުޓަރު ނުވަތަ އެފަދަ އެހެން އާލާތެއް މެދުވެރިކޮށް އޭނާގެ ސެކްރެޓަރީ އެ މެސެޖްތައް ބަލައި ޖަވާބު ދެމުން ގެންދެއެވެ. 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ