17 ޑިސެންބަރު 2017 | އާދީއްތަ | 8 މުލަ

ޗެމްޕިއަންސް ލީގު: ޔުނައިޓެޑާ އެކު ބަސެލް ވެސް ދެވަނަ ބުރަށް

  • ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ ބަލިކޮށްފައި
  • އެފްސީ ބަސެލް ވަނީ ރަށުން ބޭރުގައި ޕޯޗުގަލްގެ ބެންފީކާ ބަލިކޮށްފައި

| | | @Saaif80 | |



މި މެޗުން މޮޅުވި ލަނޑު ޖެހުމަށް ފަހު ޓީމުގެ އެހެން ކުޅުންތެރިންނާ އެކު ރަޝްފޯޑް އުފާ ފާޅުކުރަނީ -- ފޮޓޯ:ގެޓީ އިމޭޖާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް 'އޭ' އިން ދެވަނަ ބުރުން އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި ސްވިޓްޒަލޭންޑުގެ އެފްސީ ބަސެލް ޖާގަ ހޯދައިފިއެވެ.   

ގްރޫޕް ސްޓޭޖުގައި ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ ބަލިކޮށްފައެވެ. މި މެޗުން މޮޅުވެގެން ސީއެސްކޭއޭ އަށް ދެވަނަ ބުރަށް ދަތުރުކުރެވެން އޮތް ނަމަވެސް މި މެޗުން ބަލިވުމާ އެކު އެ ޓީމު ވަނީ ޗެމްޕިއަންސް ލީގާ ވަކިވެފައެވެ.

ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ސީއެސްކޭއޭ އިންނެވެ. ޔުނައިޓެޑުގެ އަމިއްލަ ސްޓޭޑިއަމްގައި ތިބި ސަޕޯޓަރުންގެ އަޑު ކަޑުވާލުމަށް ފަހު ސީއެސްކޭއަށް ލީޑު ނަގައިދިނީ ވިޓީނިއޯއެވެ. އޭނާ މި ލަނޑު ޖަހައިދިނީ މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ސީއެސްކޭއޭ އިން ނިންމާލި އިރު ޔުނައިޓެޑުން ވަނީ ދެވަނަ ހާފުގައި އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. މި ހާފުގައި އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް ސީއެސްކޭއޭގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 64 ވަނަ މިނެޓުގައި ޕައުލް ޕޮގްބާގެ އެހީތެރިކަމާ އެކު ރޮމެލޫ ލުކާކޫ ވަނީ ލަނޑެއް ޖަހައި ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މި މެޗުން ޔުނައިޓަށް ތިން ޕޮއިންޓް ލިބުނީ 67 ވަނަ މިނެޓުގައި ހުއާން މަޓާ ތަނަވަސްކޮށްދިން ފުރުސަތަކުން މާކަސް ރަޝްފޯޑް ޖަހައިދިން ލަނޑުންނެވެ. ޔުނައިޓެޑުން ދެވަނަ ބުރުގެ ޖާގައެއް ހޯދުމާ އެކު މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ވާދަކުރާ ހުރިހާ އިނގިރޭސި ޓީމެއް ވަނީ ދެވަނަ ބުރަށް ކޮލިފައިވެފައެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި އެފްސީ ބަސެލް ވަނީ ރަށުން ބޭރުގައި ޕޯޗުގަލްގެ ބެންފީކާ 2-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބެންފީކާ މޮޅުވެފައެއް ނުވެއެވެ. މި މެޗުގައި ބެންފީކާ ކޮޅަށް ލަނޑުތައް ޖަހާފައި ވަނީ ބަސެލްގެ މުހައްމަދު އެލް ޔޫނުސީ އާއި ޑިމިޓްރީ އޮބާލިންއެވެ.

ކުޅުނު ހަ މެޗުން ލިބުނު 15 ޕޮއިންޓާ އެކު ޔުނައިޓެޑުން ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގެ ޖާގައެއް ހޯދިއިރު ބަސެލްއިން ދެވަނަ ބުރުގެ ޖާގައެއް ހޯދީ 12 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ތިންވަނަ ނުވަ ޕޮއިންޓާއެކު ލިބެނީ ސީއެސްކޭއޭ މޮސްކޯއަށެވެ. އެ ޓީމު ދެން ވާދަކުރާނީ ޔުއެފާ ޔުރޮޕާ ލީގުގެ ނޮކްއައުޓް ބުރުތަކުގައެވެ. މި ގްރޫޕުގެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ ބެންފީކާއެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ